Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފޯ ނޭޝަންސް ކަޕް

ޑިފެންޑިން ޗެމްޕިއަނުންގެ ހައިސިއްޔަތުން އަމާޒަކީ ތަށި ދިފާއުކުރުން: ޖަވާ

އެ ފަހަރު އެ މުބާރާތުގައި ވާދަކޮށްފައިވަނީ 23 އަހަރުން ދަށުގެ ޓީމު

އަތޫފް އާތިފް
އަތޫފް އާތިފް | 3 ނޮވެމްބަރު 2021 | ބުދަ 13:11
ޖެންގައި ބޭއްވި އިވެންޓުގެ ތެރެއިން ޖަވާޒް ވާހަކަ ދައްކަވަނީ

ޖެންގައި ބޭއްވި އިވެންޓުގެ ތެރެއިން ޖަވާޒް ވާހަކަ ދައްކަވަނީ

ސްރީ ލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ "މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް)" ގައި ރާއްޖޭގެ އަމާޒަކީ ޑިފެންޑިން ޗެމްޕިއަނުންގެ ހައިސިއްޔަތުން ތަށި ދިފާއުކުރުން ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވެއްޖެއެވެ.

ލަންކާ މުބާރާތުގައި ވާދަކުރުމަށް ފުރުމުގެ ކުރިން ގައުމީ ޓީމަށް ހިތްވަރުދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ އަންގާރަ ދުވަހު ހޮޓެލް ޖެންގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަވާ ވިދާޅުވީ ނިމިދިޔަ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ރާއްޖޭން ދެ އަމާޒެއް ކަނޑައެޅި ކަމަށާއި، އޭގެ ތެރެއިން ފުރަތަމަ އަމާޒަކީ ތަށި ދިފާއުކުރުން ކަމަށެވެ. އަދި ދެވަނަ އަމާޒަކީ ގެއްލެމުންދާ ފުޓްބޯޅައިގެ ފޯރި އަލުން ނަގައި ގައުމު އެއްބައިވަންތަ ކުރުން ކަމަށްވެސް ވިދާޅުވިއެވެ.

އެ މުބާރާތުގެ ތަށި ރާއްޖެއަށް ދިފާއު ނުކުރެވުނު ނަމަވެސް، އެ މުބާރާތުގައި ކަނޑައެޅި ދެވަނަ އަމާޒު ރާއްޖެއަށް ހާސިލުވި ކަމަށާއި، އެގޮތުން ސާފް ޗެމްޕިއަންޝިޕުގައި ދަނޑު ތެރެއިން ފެނެގެންދިޔަ މަންޒަރު ފެނި އުފަލުން ރޮވޭވަރުވި ކަމަށްވެސް ވިދާޅުވިއެވެ.

ސާފް ޗެމްޕިއަންޝިޕަށްފަހު ރާއްޖެއިން ލަންކާގައި ބާއްވާ މަހިންދަ ރާޖަޕަކްސަ ޓްރޮފީއަށް ނުކުންނައިރު، މީގެ ކުރިން 2012 ވަނަ އަހަރު ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭން ވަނީ ހޯދާފައެވެ. އެކަމަކު އެ ފަހަރު އެ މުބާރާތް ކުރިއަށްގެންދިޔައީ 23 އަހަރުން ދަށުގެ މުބާރާތެއްގެ ގޮތުގައެވެ.

ޖަވާ ވިދާޅުވީ މި މުބާރާތަށް ރާއްޖެ ނުކުންނަނީ ޑިފެންޑިން ޗެމްޕިއަނުންގެ ހައިސިއްޔަތުން، މުބާރާތް ކާމިޔާބުކުރުމުގެ އަމާޒުގައި ކަމަށެވެ. އަދި ގައުމީ ޓީމުގެ ކުޅުންތެރިން މި މުބާރާތް ކާމިޔާބުކޮށް ދިވެހިން އުފާ ކޮށްދިނުމަށް ފެން ބޮވައިގެންފަ ކަމަށާއި، ގައުމީ ޓީމުގެ ރޫހަށް އެއްވެސް ބަދަލެއް ނާންނަ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ޖަވާ ވިދާޅުވީ ސާފް ޗެމްޕިއަންޝިޕުގެ އިތުރުން ލަންކާގެ މުބާރާތަށް ދާއިރު އެންމެ ބޮޑު އެއްބާރުލުމެއް ލިބިގެންދަނީ ސަރުކާރުގެ ފަރާތުން ކަމަށާއި، ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ނައިބު ރައީސްގެ އިތުރުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދާ ކަމަށެވެ.

ލަންކާގައި ބާއްވާ ފޯ ނޭޝަންސް ކަޕާ ރާއްޖެ ކުރިމަތިލާއިރު، އޭޝިއަން ކަޕުގެ ކޮލިފައިންގެ ފައިނަލް ބުރުގެ މެޗުތައް މިހާރު ވަނީ އަންނަ އަހަރުގެ ޖޫން މަހަށް ތާވަލުކޮށްފައެވެ. އޭޝިއަން ކަޕުގެ ކޮލިފައިންގެ ފައިނަލް ބުރުގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުރިއަށް ގެންދަން އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ، އޭއެފްސީން ނިންމާފައިވާއިރު، ރާއްޖޭގެ އެންމެ ބޮޑު އަމާޒަކީ މުޅިން އަލަށް އެ މުބާރާތަށް ކޮލިފައިވުމެވެ.

ގައުމީ ފުޓްބޯޅަ ޓީމުހުސައިން ޖަވާޒް (ޖަވާ)ފޯ ނޭޝަންސް ކަޕް

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2025

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި
27 ސެޕްޓެމްބަރު 2025

ނޯޓް ކޮސްމެޓިކްސްގެ ޓްރެއިނިންގ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

27 ސެޕްޓެމްބަރު 2025
ނޯޓް ކޮސްމެޓިކްސްގެ ޓްރެއިނިންގ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި
04 ފެބުރުއަރީ 2024

ޔޫތު މިނިސްޓްރީގެ ނައިބަކަށް ޖަވާ!

04 ފެބުރުއަރީ 2024
ޔޫތު މިނިސްޓްރީގެ ނައިބަކަށް ޖަވާ!
11 އޮކްޓޯބަރު 2023

ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

11 އޮކްޓޯބަރު 2023
ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!
31 އޯގަސްޓު 2023

ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ

31 އޯގަސްޓު 2023
ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު