Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން

ޔޫތު މިނިސްޓްރީގެ ނައިބަކަށް ޖަވާ!

ޖަވާ ވަނީ، 24 އަހަރާއި ތިން މަސް ދުވަސް ވަންދެން އެފްއޭއެމްގައި މަސައްކަތް ކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ފެބުރުއަރީ 2024 | އާދީއްތަ 01:49
އެފްއޭއެމްގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ ޙުސެއިން ޖަވާޒް (ޖަވާ)

އެފްއޭއެމްގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ ޙުސެއިން ޖަވާޒް (ޖަވާ)

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ނައިބަކަށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ ޙުސެއިން ޖަވާޒް (ޖަވާ) ޢައްޔަން ކޮށްފި އެވެ.

ގިނަ ދުވަސްތަކެއް ވަންދެން އެފްއޭއެމްގައި މަސައްކަތް ކުރުމަށްފަހު، އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީގެ މަގާމުން ޖަވާ އިސްތިއުފާ ދިނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. ފުޓުބޯޅަ އަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކޮށްފައިވާ ޖަވާ ވަނީ، 24 އަހަރާއި ތިން މަސް ދުވަސް ވަންދެން އެފްއޭއެމްގައި މަސައްކަތް ކޮށްފަ އެވެ. ޖަވާ އަކީ ކުޅިވަރުގެ މެނޭޖުމަންޓުގެ ދާއިރާ އިން މާސްޓަސް ޑިގްރީ ހާސިލުކޮށްފައިވާ ފަރާތެކެވެ.

Advertisement - newsAdvertisement

އެންމެ ފުރަތަމަ އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީގެ މަގާމަށް ޖަވާ ވަޑައިގެންނެވީ ކުރީގެ ރައީސް އިލްހާމް އަޙުމަދުގެ ދައުރުގެ ފަހު ބައިގަ އެވެ. އޭގެ ފަހުން މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ފުރަތަމަ ދައުރުގައި އެ މަޤާމަށް ވަޑައިގެންނެވި އެވެ. އެފްއޭއެމްގެ ރައީސްކަމުގެ ދެ ވަނަ ދައުރަށް ބައްސާމް ވަޑައިގެންނެވުމުން ވެސް، އެ މަގާމުގައި ހުންނެވީ ޖަވާ އެވެ.

ޔޫތު މިނިސްޓްރީގެ ނައިބުގެ މަޤާމަށް ޖަވާ ޢައްޔަން ކޮށްފައި ވަނީ މިދިޔަ ހަފުތާގަ އެވެ. އެ މަގާމަށް ޖަވާ އައްޔަން ކުރުމާއެކު، އެ މިނިސްޓްރީގެ ނައިބުންގެ އަދަދު ވަނީ 10 އަށް އަރައިފަ އެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުގައި މިހާތަނަށް ޖަވާގެ މައުލޫމާތު ހިމަނައިފައެއް ނުވެ އެވެ.

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްހުސައިން ޖަވާޒް (ޖަވާ)

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2025

ނޯޓް ކޮސްމެޓިކްސްގެ ޓްރެއިނިންގ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

27 ސެޕްޓެމްބަރު 2025
ނޯޓް ކޮސްމެޓިކްސްގެ ޓްރެއިނިންގ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި
06 އެޕްރީލު 2023

އޭއެފްސީގެ ޑިވެލޮޕްމަންޓް ކޮމިޓީއަށް ޖަވާ، ރާއްޖެއަށް ޝަފަރެއް!

06 އެޕްރީލު 2023
އޭއެފްސީގެ ޑިވެލޮޕްމަންޓް ކޮމިޓީއަށް ޖަވާ، ރާއްޖެއަށް ޝަފަރެއް!
04 އޮކްޓޯބަރު 2022

ކުރެއަދޫގައި ކުޅުނު މެޗުގެ ފައިސާ ބަހާފައި ނުވަނީ ވިލާއިން ދޭން ނިންމި ފައިސާ ނުދޭތީ: އެފްއޭއެމް

04 އޮކްޓޯބަރު 2022
ކުރެއަދޫގައި ކުޅުނު މެޗުގެ ފައިސާ ބަހާފައި ނުވަނީ ވިލާއިން ދޭން ނިންމި ފައިސާ ނުދޭތީ: އެފްއޭއެމް
15 ސެޕްޓެމްބަރު 2022

ބާބާއަށް ބަދަލުދޭން އެފްއޭއެމަށް އެންގި، މުއްދަތަށް ފައިސާ ދައްކާނަން: ޖަވާ

15 ސެޕްޓެމްބަރު 2022
ބާބާއަށް ބަދަލުދޭން އެފްއޭއެމަށް އެންގި، މުއްދަތަށް ފައިސާ ދައްކާނަން: ޖަވާ
31 މެއި 2022

މާލީ ދަތިކަމުގެ ތެރޭގައި އޮތް އެފްއޭއެމްގެ ހިންގުން ގަލޮޅު ރަސްމީ ސްޓޭޑިއަމްއަށް ބަދަލުކޮށްފި

31 މެއި 2022
މާލީ ދަތިކަމުގެ ތެރޭގައި އޮތް އެފްއޭއެމްގެ ހިންގުން ގަލޮޅު ރަސްމީ ސްޓޭޑިއަމްއަށް ބަދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު