Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުނޯޓްސް ކޮސްމެޓިކްސް

ނޯޓް ކޮސްމެޓިކްސްގެ ޓްރެއިނިންގ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

ޔޫތު މިނިސްޓްރީއާއި ނިއުއެޑިޝަން ގުޅިގެން ނޯޓް ކޮސްމެޓިކްސްގެ ސްކިންކެއަރ އަދި ބިއުޓީކެއަރ އާ ގުޅޭ މުހިންމު މަޢުލޫމާތު ހިއްސާކުރުމުގެ ޓްރެއިނިންގ ޕްރޮގްރާމެއް ބާއްވައިފިއެވެ. 30 ބައިވެރިންނަށް ފުރުޞަތު ދެވުނު މި ޓްރެއިނިންގ އަކީ ޒުވާނުންނަށް މަސައްކަތް ދަސްކޮށްދިނުމަށް ބޭއްވުނު ކާމިޔާބު ޕްރޮގްރާމެކެވެ.

ނިއުއެޑިޝަންގެ ފަރާތުން ޔޫތު މިނިސްޓްރީއާ ގުޅިގެން ނޯޓް ކޮސްމެޓިކްސްގެ ޓްރެއިނިން ޕްރޮގްރާމެއް ބާއްވައިފި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 27 ސެޕްޓެމްބަރު 2025 | ހޮނިހިރު 14:16
ނޯޓް ޓްރެއިނިންގެ ޕްރޮގްރާމްގެ ބައިވެރިން

ނޯޓް ޓްރެއިނިންގެ ޕްރޮގްރާމްގެ ބައިވެރިން

ދިވެހިރާއްޖޭގައި މަގުބޫލު ކޮސްމެޓިކްސް ބްރޭންޑެއް ކަމުގައިވާ "ނޯޓް ކޮސްމެޓިކްސް" ގެ ޓްރެއިނިން ޕްރޮގްރާމެއް ބާއްވައިފި އެވެ.

ނިއުއެޑިޝަންގެ ފަރާތުން ޔޫތު މިނިސްޓްރީއާ ގުޅިގެން ކުރިޔަށް ގެންދިޔަ މި ޓްރެއިނިންގައި ޖުމްލަ 30 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މި ޓްރެއިނިންގް ގައި ސްކިންކެއަރ އަދި ބިއުޓީކެއަރ އާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ބައިވެރިންނާ ހިއްސާކޮށްފައެވެ. ވަކިން ހާއްސަކޮށް ނޯޓްގެ އުފެއްދުންތަކާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހިއްސާކޮށްފައިވެ އެވެ.

މި ޓްރެއިނިންގ ފުރިހަމަކުރި ފަރާތްތަކަށް ލިޔުން ހަވާލުކޮށްދީފައިވަނީ ޔޫތު މިނިސްޓްރީގެ ނައިބު ޙުސެއިން ޖަވާޒް (ޖަވާ) އަދި ނޯޓްގެ ޓްރެއިނިންގ މެނޭޖަރ ސާފިޔޭ އައިޓެކް އެވެ.

މި ޓްރެއިނިން ޕްރޮގްރާމް މިހާފުރިހަމަކޮށް ކުރިޔަށް ގެންގޮސްފައިވާތީ ޖަވާ ވަނީ ނިއުއެޑިޝަން އަށް ޝުކުރު އަދާކުރަށްވާފައެެވެ. އަދި މި ފަދަ ޓްރެއިނިންތަކުގެ މަގްސަދަކީ ޒުވާނުންނަށް މަސައްކަތް ދަސްކޮށްދިނުންކަމުގައި ޖަވާ ފާހަގަކުރަށްވާފައިވެއެވެ.

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޖަވާޒް ބައިވެރިންނަށް ސެޓްފިކެޓް ހަވާލު ކޮށްދެއްވަނީ
ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޖަވާޒް ބައިވެރިންނަށް ސެޓްފިކެޓް ހަވާލު ކޮށްދެއްވަނީ

ނޯޓުގެ އުފެއްދުންތައް ބޭނުންކުރާ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަށްޓަކާ މިފަދަަ ޓްރެއިނިންތައް ބޭއްވުމަކީ ނޯޓުގެ ފަރާތުން ވަރަށް ބޮޑު އިސްކަމެއް ދޭކަމެއްކަމުގައި، ނޯޓުގެ ޓްރެއިނިންގ މެނޭޖަރު ވިދާޅުވެފައިވެ އެވެ. އަދި މޭކަޕްކުރުމަށް ލޯބިކުރާ ފަރާތްތަކަށް އެންމެ ފުރިހަމަ އުފެއްދުންތައް ފޯރުކޮސްދިނުމަށް ނޯޓުން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ނޯޓުގެ މި ޓްރެއިނިން ޕްރޮގްރާގައި ވަޒީފާގެ މާހައުލުގައިވެސް ބޭނުންކުރެވޭނެ މުހިންމު މައުލޫމާތުތަކެއް ލިބިފައިވާކަމަށް ޓްރެއިނިންގ ގެ ބައެއް ބައިވެރިން ފާހަގަކޮށްފައިވެ އެވެ. އަދި މޫނުގެ ހަންގަނޑުގެ ދުޅަހެޔޮކަމާ ގުޅޭ ކަންކަން ދަސްވެފައިވާކަމަށް ބައިވެރިން ފާހަގަކޮށްފައިވެއެވެ.

ނޯޓަކީ ދުނިޔޭގެ މާކެޓުގައި ވެސް އެންމެ ކުރީގައި އުޅޭ 10 މޭކަޕް ބްރޭންޑުގެ ތެރެއިން އެއް ބްރޭންޑެވެ. އަދި ދިވެހީންގެ މެދުގައިވެސް މިހާރު އެންމެ މަގުބޫލު އެއް މޭކްއަޕް ބްރޭންޑަކީ ނޯޓެވެ. ނޯޓުގެ އޮރިޖިނަލް އުފެއްދުންތައް މާލެ އަދި ހުޅުމާޅެގައި ހުންނަ ނޯޓުގެ ފިހާރަތަކުން ލިބޭނެއެވެ.

ނޯޓްސް ކޮސްމެޓިކްސްނިއު އެޑިޝަންޔޫތު މިނިސްޓްރީހުސައިން ޖަވާޒް (ޖަވާ)ސާފިޔޭ އައިޓެކްސްކިންކެއަރ

އިތުރަށް ކިޔާލަން

19 އޯގަސްޓު 2025

ތި ބޭނުން ކުރަނީ އަސްލު "ނޯޓް"ތަ؟

19 އޯގަސްޓު 2025
ތި ބޭނުން ކުރަނީ އަސްލު "ނޯޓް"ތަ؟
04 ފެބުރުއަރީ 2024

ޔޫތު މިނިސްޓްރީގެ ނައިބަކަށް ޖަވާ!

04 ފެބުރުއަރީ 2024
ޔޫތު މިނިސްޓްރީގެ ނައިބަކަށް ޖަވާ!
06 އެޕްރީލު 2023

އޭއެފްސީގެ ޑިވެލޮޕްމަންޓް ކޮމިޓީއަށް ޖަވާ، ރާއްޖެއަށް ޝަފަރެއް!

06 އެޕްރީލު 2023
އޭއެފްސީގެ ޑިވެލޮޕްމަންޓް ކޮމިޓީއަށް ޖަވާ، ރާއްޖެއަށް ޝަފަރެއް!
04 އޮކްޓޯބަރު 2022

ކުރެއަދޫގައި ކުޅުނު މެޗުގެ ފައިސާ ބަހާފައި ނުވަނީ ވިލާއިން ދޭން ނިންމި ފައިސާ ނުދޭތީ: އެފްއޭއެމް

04 އޮކްޓޯބަރު 2022
ކުރެއަދޫގައި ކުޅުނު މެޗުގެ ފައިސާ ބަހާފައި ނުވަނީ ވިލާއިން ދޭން ނިންމި ފައިސާ ނުދޭތީ: އެފްއޭއެމް
15 ސެޕްޓެމްބަރު 2022

ބާބާއަށް ބަދަލުދޭން އެފްއޭއެމަށް އެންގި، މުއްދަތަށް ފައިސާ ދައްކާނަން: ޖަވާ

15 ސެޕްޓެމްބަރު 2022
ބާބާއަށް ބަދަލުދޭން އެފްއޭއެމަށް އެންގި، މުއްދަތަށް ފައިސާ ދައްކާނަން: ޖަވާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު