Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދެ ޖިންސުގެ ހަމަހަމަކަން

ދެ ޖިންސުގެ ހަމަހަމަކަމާ ގުޅޭ ގާނޫނާ ގުޅިގެން ހަދަންޖެހޭ އުސޫލުތައް އެކުލަވާލެވިފައިވޭ: ޖެންޑާ މިނިސްޓަރު

މުޖުތަމައެއްގައި އުޅޭ ރައްޔިތުން ކަންކަމާމެދު ދެކޭ ގޮތް ބައްޓަންކުރުމުގައި މީޑިއާއިން މުހިއްމު ދައުރެއް އަދާކުރޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 3 ނޮވެމްބަރު 2021 | ބުދަ 02:40
މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާވިސަސް އާއިޝަތު މުހައްމަދު ދީދީ،

މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާވިސަސް އާއިޝަތު މުހައްމަދު ދީދީ،

ދެ ޖިންސުގެ ހަމަހަމަކަމާ ގުޅޭ ގާނޫނެއް ރާއްޖޭގައި އެކުލަވާލާފައިވާ ކަމަށާއި އޭގެ ދަށުން ހަދަންޖެހޭ އުސޫލުތައް މިހާރު އެކުލަވާލާފައިވާ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް، އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޖެންޑާ މިނިސްޓަރު މިހެން ވިދާޅުވީ ދެ ޖިންސުގެ ހަމަހަމަކަމާއި ބައިވެރިވުން އިތުރުކޮށް، ވަރުގަދަކުރުމަށް މީޑިއާގެ ދައުރު ފުޅާކުރުމަށް ރާއްޖެއަށް އަމާޒުކޮށްގެން ހިންގި ޚާއްސަ ވޯރކްޝޮޕްގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން، މިނިސްޓަރު ވިދާޅުވީ، މުޖުތަމައެއްގައި އުޅޭ ރައްޔިތުން ކަންކަމާމެދު ދެކޭ ގޮތް ބައްޓަންކުރުމުގައި މީޑިއާއިން މުހިއްމު ދައުރެއް އަދާކުރާކަމަށެވެ. ޚާއްސަކޮށް  އަންހެނުންނާއި ފިރިހެނުންގެ ދައުރާއި އެކަންކަމާމެދު ދެކޭގޮތް ބައްޓަންކުރުމުގައި މީޑިއާގެ ދައުރު ބޮޑުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މިނިސްޓަރު ވިދާޅުވީ ޖިންސީ ތަފާތުކުރުންތަކާއި، ދެ ޖިންސުގެ ތަޖުރިބާތައް ހަމަހަމަކަމާއެކު ރިޕޯޓްކުރަން މީޑިއާތަކަށް ވިސްނައި ދިނުމަކީ މުހިއްމު ކަމެއް ކަަމަށެވެ.

Advertisement - newsAdvertisement

ސަރުކާރުން އަންހެނުން ބާރުވެރިކުރުމަށް ދޭ އަހައްމިއްޔަތުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ދެ ޖިންސުގެ ހަމަހަމަކަމާ ގުޅޭ ގާނޫނެއް ވެސް ރާއްޖޭގައި އެކުލަވާލާފައިވާ ކަމަށާއި، އޭގެ ދަށުން ހަދަންޖެހޭ އުސޫލުތައް ވެސް މިހާރު އެކުލަވާލާފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އެކްޝަން ޕްލޭންގައި ވެސް މިކަންކަން ފާހަގަކޮށްފައިވާ ކަމަށާއި، އަންނަ މަހުން ފެށިގެން އެ އެކްޝަން ޕްލޭންގެ ޓާގެޓުތަކަށް މަސައްކަތް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ޖިންސީ ހަމަހަމަކަމާ ގުޅޭ ގާނޫނުގައި މީޑިއާގެ ޚިދުމަތް ފޯރުކޮށްދޭ މީހުންގެ ޒިންމާތައް ފާހަގަކޮށްފައިވާނެ ކަމަށާއި، ދެ ޖިންސުގެ ހަމަހަމަކަން ޕްރޮމޯޓްކުރާނެ އަސާސްތައް ވެސް މި ގާނޫނުން އެނގިގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ގާނޫނާއި، ހެދިފައިވާ އުސޫލުތަކާއި، ސަރުކާރުގެ އެކްޝަން ޕްލޭންގައިވާ ޓާގެޓްތަކަށް ވާސިލްވުމަށް ދެ ޖިންސުގެ ހަމަހަމަކަން، ޖިންސީ ގޮތުން ގެންގުޅޭ ތަފާތު ކުރުންތަކާއި، މީޑިއާގައި އަންހެނުންނަށް ގަދަރުކުޑަކުރާ މައްސަލަތަކަށް އެޑްރެސްކުރުމަށް މީޑިއާތައް ރެގިއުލޭޓް ކުރާ އިދާރާތަކާއި މީޑިއާ އޭޖެންސީތަކާއެކު ގުޅިގެން މަސައްކަތްކުރާނެ މެކޭނިޒަމްތަކެއް ގާއިމްކުރުމަށް މިނިސްޓްރީން ރާވާފައިވާ ކަމަށެވެ.

މީޑިއާތައް މޮނިޓަރ ކުރާނެ ރަނގަޅު މެކޭނިޒަމެއް ވެސް ބޭނުންވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޖެންޑަރ މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

21 އަހަރުގެ ފިރިހެން ކުއްޖަކު ކިޑްނެޕް ކޮށް ކޮޓަރިއެއް ގައި ބަންދު ކުރި މައްސަލައެއް، ދޮޅުމަސް ވީއިރު ވެސް މައްސަލަ ނުބެލޭ!

21 އަހަރުގެ ފިރިހެން ކުއްޖަކު ކިޑްނެޕް ކޮށް ކޮޓަރިއެއް ގައި ބަންދު ކުރި މައްސަލައެއް، ދޮޅުމަސް ވީއިރު ވެސް މައްސަލަ ނުބެލޭ!

18 ޑިސެމްބަރު 2025
''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''

''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''

24 ނޮވެމްބަރު 2025
މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ

މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ

28 ސެޕްޓެމްބަރު 2025
ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި

ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި

18 މާރިޗު 2025
ސިޔާސީ ނިންމުންތަކަށް އެއްބަސްނުވާ ސިވިލް މުވައްޒަފުންނަށް އުދަނގޫތައް ކުރިމަތިކުރުވާ: ސޮބްރީ

ސިޔާސީ ނިންމުންތަކަށް އެއްބަސްނުވާ ސިވިލް މުވައްޒަފުންނަށް އުދަނގޫތައް ކުރިމަތިކުރުވާ: ސޮބްރީ

09 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު