Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެންޕީ ޕީޖީ ގްރޫޕް

އެމްއެންޕީގެ ޕީޖީ ގްރޫޕްގެ ލީޑަރަކަށް އަބްދުﷲ ރިޔާޒް

28 އޮކްޓޯބަރު 2021 | ބުރާސްފަތި 05:40

މަޖިލީހުގެ ދަފްތަރުގައި އެމްއެންޕީ ހިމަނާފައި ވަނީ މިމަހުގެ 27 ވަނަ ދުވަހު

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 28 އޮކްޓޯބަރު 2021 | ބުރާސްފަތި 05:40
އެމްއެންޕީ ރަޖިސްޓްރީ ކުރުމަށް ފޯމް ހުށަހެޅުން

އެމްއެންޕީ ރަޖިސްޓްރީ ކުރުމަށް ފޯމް ހުށަހެޅުން

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރަކަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އައްޔަނުކޮށްފިއެވެ.

ޕީޖީ ގްރޫޕުގެ ލީޑަރަކަށް ރިޔާޒު އައްޔަނު ކުރިއިރު، ޑެޕިއުޓީ ލީޑަރަކަށް އައްޔަނު ކޮށްފައި ވަނީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްއެވެ. ރައްޔިތުންގެ މަޖިލީހުގެ ދަފްތަރުގައި އެމްއެންޕީ ހިމަނާފައި ވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

މިއާއެކު މިހާރު މަޖިލީހުގައި ޕާޓީތައް ބެހިފައިވާ ގޮތަކީ، އެމްޑީޕީގެ 65 މެމްބަރުން، ޕީޕީއެމްގެ 7 މެމްބަރުން، ޖުމްހުރީ ޕާޓީގެ 3 މެމްބަރުން، ޕީއެންސީ 3 މެމްބަރުން، އެމްއެންޕީގެ 3 މެމްބަރުން، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލައަންސްގެ 2 މެމްބަރުން، ވަކި ޕާޓީއަކަށް ނިސްބަތް ނުވާ 5 މެމްބަރުންނެވެ. މަޖިލީހުގެ ޕާޓީތަކަށް އައި ބަދަލާ ގުޅިގެން ކޮމިޓީތަކަށް އަންނަ ބަދަލު ފާސްކުރުމަށް ހުށަހަޅުއްވާނެ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދެވުނުތާ 2 މަހާއި 12 ދުވަހުގެ ތެރޭގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓްރީކުރުމަށް ބޭނުންވާ ހުރިހާ ގާނޫނީ އިޖުރާއަތްތަކެއް ފުރިހަމަކުރުމަށްފަހު ރަޖިސްޓްރީ ކުރީ މި މަހުގެ 25 ވަނަ ދުވަހުއެވެ.

އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވީ، ޕާޓީގެ ރަޖިސްޓްރޭޝަންގެ ކަންތައް ބާރު ސްޕީޑުގައި ކުރިޔަށްދިޔައީ ދިވެހި ރައްޔިތުން ދިން އެއްބާރުލުމުގެ ސަބަބުން ކަމަށާއި، ޕާޓީ ރަޖިސްޓްރީ ކުރެވުމާއެކު، މަސައްކަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ. އަދި ޕާޓީން މިހާރު އަމާޒު ކަނޑައަޅާފައިވަނީ 10،000 މެމްބަރުން ހަމަކުރުމަށް ކަމަށާއި، އެކަމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ.

އެމްއެންޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށް ހުށަހަޅާފައިވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުން 5000 މެންބަރުންނަށް ވުރެ ގިނަ ފޯމާއެކުއެވެ. އިލެކްޝަންސް ކޮމިޝަނުން, މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވަނީ 15 ޖުލައި 2021 ގައެވެ. އެގޮތުން މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި އެމްއެންޕީއާ ގިނަ އަދަދެއްގެ މެންބަރުން ދިޔައީ ގުޅެމުންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު

15 ފެބުރުއަރީ 2017
ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު
10 ފެބުރުއަރީ 2017

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ
06 ފެބުރުއަރީ 2017

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި
03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
10 ޖެނުއަރީ 2017

ނައިބު ލީޑަރަކަށް ޝިފާ

10 ޖެނުއަރީ 2017
ނައިބު ލީޑަރަކަށް ޝިފާ
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް