Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޑިއަން ޕްރިމިއާ ލީގު

އައިޕީއެލްގެ ޗެމްޕިއަންކަން ޗެންނާއި ސުޕަ ކިންގްސްއަށް

16 އޮކްޓޯބަރު 2021 | ހޮނިހިރު 07:20

މިއީ ޗެންނާއި ސުޕަ ކިންގްސްއިން މި މުބާރާތް ކާމިޔާބުކުރި ހަތަރުވަނަ ފަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 16 އޮކްޓޯބަރު 2021 | ހޮނިހިރު 07:20
އައިޕީއެލްގެ ޓްރޮފީއާއެކު ޗެންނާއި ސުޕަ ކިންގްސްގެ ކުޅުންތެރިން

އައިޕީއެލްގެ ޓްރޮފީއާއެކު ޗެންނާއި ސުޕަ ކިންގްސްގެ ކުޅުންތެރިން

މަޝްހޫރު ކްރިކެޓް ލީގު ކަމަށްވާ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގެ މި އަހަރުގެ ޗެމްޕިއަންކަން ޗެންނާއި ސުޕަ ކިންގްސްއިން ހޯދައިފިއެވެ.

މި އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ޗެންނާއި ސުޕަ ކިންގްސްއިން ހޯދީ ހުކުރު ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައި ކަލްކަތާ ނައިޓް ރައިޑާސް (ކޭކޭއާރް) އަތުން 27 ލަނޑުން މޮޅުވެގެންނެވެ. މި މެޗުގައި އެންމެ ފުރަތަމަ ޗެންނާއި ސުޕަ ކިންގްސް ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ވަނީ 192 ލަނޑު ހަދާފައެވެ. ޖަވާބުގައި ކޭކޭއާރް ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު ނުވަ ކުޅުންތެރިއަކު ނުބައިވެގެން ހެދުނީ 165 ލަނޑެވެ.

އެއާއެކު މި އަހަރުގެ އައިޕީއެލްގެ ޗެމްޕިއަންކަން ޗެންނާއި ސުޕަ ކިންގްސްއިން ހޯދިއިރު، މިއީ އެ ޓީމުން މި މުބާރާތް ކާމިޔާބުކުރި ހަތަރުވަނަ ފަހަރެވެ. އެގޮތުން މީގެ ކުރިން 2010، 2011 އަދި 2018 ވަނަ އަހަރުވެސް ޗެންނާއި ސުޕަ ކިންގްސްއިން ވަނީ މި މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި މި ހަތަރު ފަހަރުވެސް ޗެންނާއި ސުޕަ ކިންގްސްއިން އައިޕީއެލް ކާމިޔާބުކޮށްފައިވަނީ އިންޑިއާގެ މަޝްހޫރު ކްރިކެޓް ތަރި އެމްއެސް ދޯނީގެ ކެޕްޓަންކަމުގެ ދަށުންނެވެ.

މި އަހަރުގެ އައިޕީއެލްގެ ކުޅުން ނިންމާލިއިރު، މި އަހަރުގެ އޭޕްރީލް މަހު ފެށި މި މުބާރާތް މެއި މަހުގެ ކުރީކޮޅު މެދުކަނޑާލަން ޖެހުނެވެ. އެ ފަހަރު މުބާރާތް މެދުކަނޑާލަން އައިޕީއެލްގެ ގަވާނިން ކައުންސިލާއި ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް އިން އިންޑިއާ (ބީސީސީއައި) އިން ނިންމީ ބައެއް ޓީމުތަކުގެ ކުޅުންތެރިން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

އެއާއެކު އައިޕީއެލްގެ ބާކީ ހުރި މެޗުތައް މިދިޔަ ސެޕްޓެމްބަރު މަހު ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ވަނީ ކުޅެން ފަށާފައެވެ. މި އަހަރުގެ އައިޕީއެލްގެ ބާކީ ހުރި މެޗުތައް ޔޫއޭއީގައި ކުޅުނުއިރު، ކޮވިޑާ ގުޅިގެން މިދިޔަ އަހަރުގެ މުބާރާތްވެސް ކުޅެފައިވަނީ ޔޫއޭއީގައެވެ. އަދި މީގެ ކުރިން 2014 ވަނަ އަހަރުގެ މުބާރާތުގެ އެއްބައިވެސް ވަނީ ޔޫއޭއީގައި ކުޅެފައެވެ. 

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ޅ.އަތޮޅުގެ ޗެމްޕިއަންކަން އޮޅުވެލިފުއްޓަށް

07 އެޕްރީލު 2017
ޅ.އަތޮޅުގެ ޗެމްޕިއަންކަން އޮޅުވެލިފުއްޓަށް
26 މާރިޗު 2017

އައިއެފްސީގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ދަ ގޭންގުން ހޯދައިފި

26 މާރިޗު 2017
އައިއެފްސީގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ދަ ގޭންގުން ހޯދައިފި
14 މާރިޗު 2017

މާފުށީ ސްކޫލް ބަލިކޮށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި

14 މާރިޗު 2017
މާފުށީ ސްކޫލް ބަލިކޮށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި
14 މާރިޗު 2017

ވިދިވިދިގެން ދެވަނަ ފަހަރަށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި

14 މާރިޗު 2017
ވިދިވިދިގެން ދެވަނަ ފަހަރަށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި
13 މާރިޗު 2017

ސާދަ އަހަރުންދަށާއި ނަވާރަ އަހަރުންދަށުގެ ޗެމްޕިއަންކަން އަހުމަދިއްޔާ އަދި ތާޖުއްދީނަށް

13 މާރިޗު 2017
ސާދަ އަހަރުންދަށާއި ނަވާރަ އަހަރުންދަށުގެ ޗެމްޕިއަންކަން އަހުމަދިއްޔާ އަދި ތާޖުއްދީނަށް
28 ފެބުރުއަރީ 2017

އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި

28 ފެބުރުއަރީ 2017
އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި
25 ފެބުރުއަރީ 2017

ސްޓްރީޓް ސޮކާ 2017: ޕެނަލްޓީ ޖަހައިގެން ފެލްކަން ބަލިކޮށް ޑީސީ ޗެމްޕިއަންކަން ހޯދައިފި

25 ފެބުރުއަރީ 2017
ސްޓްރީޓް ސޮކާ 2017: ޕެނަލްޓީ ޖަހައިގެން ފެލްކަން ބަލިކޮށް ޑީސީ ޗެމްޕިއަންކަން ހޯދައިފި
25 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި

25 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި
18 ފެބުރުއަރީ 2017

ފުޓްބޯލް ފިއެސްޓާ 2017: ގްރޭޑް 2 ގެ ޗެމްޕިއަންކަން ކަލާފާނަށް، ގްރޭޑް 3 ބިލަބޮންގަށް

18 ފެބުރުއަރީ 2017
ފުޓްބޯލް ފިއެސްޓާ 2017: ގްރޭޑް 2 ގެ ޗެމްޕިއަންކަން ކަލާފާނަށް، ގްރޭޑް 3 ބިލަބޮންގަށް
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް