Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއުރީދޫ ސާފް ޗެމްޕިއަންޝިޕް

ލަންކާ މެޗަކީ ޗެލެންޖެއް، ފަސޭހައެއް ނުވާނެ: ސުޒޭން

9 އޮކްޓޯބަރު 2021 | ހޮނިހިރު 13:37

ލަންކާ ވަނީ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކަޓާފައި

އަތޫފް އާތިފް
އަތޫފް އާތިފް | 9 އޮކްޓޯބަރު 2021 | ހޮނިހިރު 13:37
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން

މި ފަހަރުގެ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ސްރީ ލަންކާއާ ދެކޮޅަށް ރާއްޖޭން ކުޅޭ މެޗު ފަސޭހައެއް ނުވާނެ ކަމަށާއި، އެ މެޗަކީ ޗެލެންޖެއް ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

ލަންކާއާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، މުބާރާތުގައި އެންމެ ފަހު ކުޅުނު މެޗުގައި ބަންގްލަދޭޝް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެ، ރާއްޖެ ވަނީ ފައިނަލުގެ އުއްމީދު އާކޮށްފައެވެ. މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ބަލިވީ ނޭޕާލް އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

އާދީއްތަ ދުވަހުގެ ހަވީރު ލަންކާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސުޒޭން ބުނީ އެންމެ ފަހުން ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ބޮޑަށް ކުރިއަށް ދިޔައީ ރިކަވަރީ ބައި ކަމަށެވެ. އަދި ބަންގްލަދޭޝް މެޗުގައި ކަންތައްތައް ރަނގަޅަށް ދިޔުމުން ކުޅުންތެރިން ތިބީ އިތުރު މޯޓިވޭޝަނެއްގައި ކަމަށެވެ.

މިހާތަނަށް މި މުބާރާތުގައި ރާއްޖޭން ދެ މެޗުވެސް ކުޅެފައިވަނީ ރޭގަނޑެވެ. އަދި ރާއްޖެ އެންމެ ފަހުން ކުޅުނު މެޗުގައި އަނިޔާގެ މައްސަލަތަކެއް ދިމާވެ، ދެ މިޑްފީލްޑަރުން ކަމަށްވާ އައްސަދު އަލީ (އަޑުބަރޭ) އާއި ހުސެއިން ނިހާން (ނިހާޓް) ވަނީ ބަދަލުކޮށްފަ އެވެ. ސުޒޭން ބުނީ ކުރިއަށް އޮތް ލަންކާ މެޗަކީ ހަވީރު ކުޅޭ މެޗެއް ކަމުން ޓީމުން ކޮންމެސް ވަރެއްގެ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެކަމަކު އަނިޔާގެ މައްސަލައަކާ ގުޅިގެން މި މެޗުގައި ބޭނުން ނުކުރެވޭނެ އެއްވެސް ކުޅުންތެރިއެއް ނެތް ކަމަށްވެސް ވަނީ ބުނެފައެވެ.

ރާއްޖެއާ ދެކޮޅަށް ލަންކާއިން ނުކުންނައިރު، އެ ޓީމު މިހާރު ވަނީ މި މުބާރާތުން ކަޓާފައެވެ. އެގޮތުން މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވިއިރު، އެ ޓީމަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އެއާއެކު މި މުބާރާތުން ކެޓި ނަމަވެސް، އެންމެ ފަހުން ކުޅުނު މެޗުގައި ލަންކާއިން ވަނީ އިންޑިއާއާ އެއްވަރުކޮށްފައެވެ.

ސުޒޭން ބުނީ ލަންކާއާ ދެކޮޅަށް ކުޅުމަކީ އުނދަގޫ ޗެލެންޖެއް ކަމަށާއި، މި މުބާރާތުގައި ލަންކާ ޓީމުގެ ފަރާތުން ފެނިގެންދިޔައީ މަސައްކަތުގެ ރޭޓު ވަރަށް މަތިކޮށް ކަމަށެވެ. އަދި އެ ޓީމުގެ ޑިފެންސް ވަރަށް އޯގަނައިޒް ކަމަށްވެސް ސުޒޭން ވަނީ ބުނެފައެވެ.

މި ފަހަރުގެ މުބާރާތުގައި ރާއްޖެ އާއި ލަންކާ ބައްދަލުކުރާއިރު، މީގެ ކުރިން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އާއި ލަންކާ ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އާއި ލަންކާ ބައްދަލުކުރާ މެޗު ފަށާނީ އާދީއްތަ ދުވަހުގެ ހަވީރު 16:00 ގައެވެ.

ސާފް ޗެމްޕިއަންޝިޕްގައުމީ ފުޓްބޯޅަ ޓީމު

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2025

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި
25 ސެޕްޓެމްބަރު 2025

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2025
ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ
26 އޯގަސްޓު 2024

ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

26 އޯގަސްޓު 2024
ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!
11 ޖޫން 2024

ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

11 ޖޫން 2024
ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ
11 އޮކްޓޯބަރު 2023

ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

11 އޮކްޓޯބަރު 2023
ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!
31 އޯގަސްޓު 2023

ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ

31 އޯގަސްޓު 2023
ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ
01 ޖުލައި 2023

ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް

01 ޖުލައި 2023
ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް
01 ޖުލައި 2023

އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް

01 ޖުލައި 2023
އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް
01 ޖުލައި 2023

އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ

01 ޖުލައި 2023
އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ
01 ޖުލައި 2023

އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި

01 ޖުލައި 2023
އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް