Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއުރީދޫ ސާފް ޗެމްޕިއަންޝިޕް

އިތުރު 1،000 ޓިކެޓު ސަޕޯޓަރުންނަށް ވިއްކަނީ

9 އޮކްޓޯބަރު 2021 | ހޮނިހިރު 09:56

ޓިކެޓު ވިއްކާނީ މިރޭ 20:00 ގައި ޒުވާނުންގެ މަރުކަޒުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 9 އޮކްޓޯބަރު 2021 | ހޮނިހިރު 09:56
ޓިކެޓު ނުލިބިގެން އާންމުން ގައުމީ ފުޓްބޯޅަ ދަނޑު ކައިރީގައި ކުރި މުޒާހަރާގެ ތެރެއިން

ޓިކެޓު ނުލިބިގެން އާންމުން ގައުމީ ފުޓްބޯޅަ ދަނޑު ކައިރީގައި ކުރި މުޒާހަރާގެ ތެރެއިން

ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި އާދިއްތަ ދުވަހުގެ ހަވީރު ދިވެހިރާއްޖެ އާއި ސްރީ ލަންކާ ބައްދަލުކުރާ މެޗުގެ އިތުރު 1،000 ޓިކެޓު ސަޕޯޓަރުންނަށް ވިއްކުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

ރާއްޖެ އާއި ލަންކާ ބައްދަލުކުރާ މެޗުގެ ޓިކެޓު ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ޖެހިއިރު ވިއްކަން ފެށިއިރު، އެތައް ސަތޭކަ ބަޔަކު ވަނީ ފަތިހުން ފެށިގެން ކިޔޫ ހަދާފައެވެ. ޖުމްލަ 4،800 ސަޕޯޓަރުންނަށް ދަނޑަށް ވަދެވޭއިރު، ރާއްޖެ އާއި ލަންކާ މެޗުގައި ވިއްކުމަށް މީގެ ކުރިން ނެރެފައިވަނީ ސިޑިބަރިން 1،200 ޓިކެޓެވެ. އެކަމަކު ގޮނޑި ބަރީގެ ޓިކެޓު ވިއްކަން ނެރިފައި ނުވަނީ ގައުމީ ޓީމުގެ ކުޅުންތެރިންގެ އާއިލާ އާއި، އެފްއޭއެމުގެ ސްޕޮންސަރުންނާއި އަދި ފުޓްބޯޅަ ކުލަބުތަކަށް ޓިކެޓު ވިއްކަން ޖެހޭތީ ކަމަަށް އެފްއޭއެމުން ވަނީ ބުނެފައެވެ.

މި މެޗުގެ ޓިކެޓު ލިބުން މަދުވުމާއެކު، ދިވެހި ސަޕޯޓަރުން ވަނީ ގައުމީ ފުޓްބޯޅަ ދަނޑު ކައިރީގައި މުޒާހަރާ ކޮށްފައެވެ. އެއާއެކު އެފްއޭއެމުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އާއި ލަންކާ ބައްދަލުކުރާ މެޗުގެ ކުޅިބެލުމަށް ގައުމީ ޓީމުގެ ކުޅުންތެރިންގެ އާއިލާ އާއި، އެފްއޭއެމުގެ ސްޕޮންސަރުންނާއި އަދި ފުޓްބޯޅަ ކުލަބުތަކަށް ވިއްކުމަށް ހަމަޖައްސާފައިވާ 2،500 ޓިކެޓުގެ އިތުރުން ކުޅި ބެލުންތެރިންނަށް ވިއްކުމަށް ހަމަޖައްސާފައިވާ ހުރިހާ ޓިކެޓެއް މިހާރު ވިކި ހުސްވެފައިވާ ކަމަށެވެ. އެކަމަކު ރާއްޖެ ކުޅޭ މެޗުގެ ކުޅިބަލަން ދަނޑަށް ވަނުމަށް ގިނަ އަދަދެއްގެ ބަޔަކު އެދެމުންދާތީވެ އެކަމަށް ހައްލެއް ހޯދައިދިނުމަށް އެފްއޭއެމުން ނިންމާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

އެ ގޮތުން ސްޕޮންސަރުންނާއި، ކުލަބުތަކަށް އަދި ކުޅުންތެރިންގެ އާއިލާތަކަށް ވިއްކުމަށް ހަޖެހިފައިވާ ޓިކެޓުތަކުގެ ތެރެއިން އިތުރު 1،000 ޓިކެޓު ސަޕޯޓަރުންނަށް ވިއްކުމަށް ނިންމާފައިވާ ކަމަށާއި، މި 1،000 ޓިކެޓު ވިއްކަން ފަށާނީ މީހަކަށް ޓިކެޓެއްގެ މަގުން ހޮނިހިރު ދުވަހުގެރޭ 20:00 ގައި ޒުވާނުންގެ މަރުކަޒުން ކަމަށްވެސް ވަނީ ބުނެފައެވެ.

ޓިކެޓު މައްސަލައިގައި ދިވެހި ސަޕޯޓަރުން މުޒާހަރާކުރިއިރު، ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނީ ދިވެހި ގައުމުގައި ފުޓްބޯޅައަށް އޮންނަ ލޯތްބަށް ބަލާއިރު 5،000 ޓިކެޓަކީ މަދު އަދަދެއް ކަމަށެވެ. އެކަމަކި މި ދަނޑިވަޅުގައި ހުރިހާ ސަޕޯޓަރުންވެސް ގައުމީ ޓީމުގެ ފަހަތުގައި ތިބެން ސުޒޭން ވަނީ އެދިފައެވެ.

ސާފް ޗެމްޕިއަންޝިޕަށް ގޮނޑި ބަރީގެ ޓިކެޓެއް އެފްއޭއެމުން ވިއްކާފައިވަނީ 100 ރުފިޔާއަށެވެ. އަދި ސިޑިބަރީގެ ޓިކެޓުގެ އަގަކީ 75 ރުފިޔާއެވެ. އެކަމަކު ރާއްޖޭގައި އަބަދުވެސް ގައުމީ ޓީމު ކުޅޭ މެޗުތަކަށް ޓިކެޓުގެ ޑިމާންޑް ބޮޑުވާއިރު، ކަޅު ބާޒާރުގައި އެތައް ބަޔަކު އަގު ބޮޑުކޮން ޓިކެޓު ވިއްކާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އެގޮތުން 1،000 ރުފިޔާއަށް ސިޑިބަރީގެ ޓިކެޓު ވިއްކާފައިވާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ޓިކެޓު މައްސަލައިގައި ދިވެހި ސަޕޯޓަރުން ގައުމީ ފުޓްބޯޅަ ދަނޑު ކައިރީގައި މުޒާހަރާކުރިއިރު، މި މުބާރާތުގެ އިތުރުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕާއި، 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް ބޭއްވިއިރު ޓިކެޓުތަކުގެ ޑިމާންޑް ބޮޑުވެ، އެތައް ބަޔެއްގެ ނުރުހުން އެފްއޭއެމަށް އަމާޒުވެ، އެފްއޭއެމް ދޮށުގައި އެ ފަހަރުވެސް ވަނީ މުޒާހަރާ ކޮށްފައެވެ.

ސާފް ޗެމްޕިއަންޝިޕް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2025

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2025
ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ
26 އޯގަސްޓު 2024

ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

26 އޯގަސްޓު 2024
ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!
11 ޖޫން 2024

ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

11 ޖޫން 2024
ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ
01 ޖުލައި 2023

ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް

01 ޖުލައި 2023
ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް
01 ޖުލައި 2023

އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް

01 ޖުލައި 2023
އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް
01 ޖުލައި 2023

އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ

01 ޖުލައި 2023
އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ
01 ޖުލައި 2023

އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި

01 ޖުލައި 2023
އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި
30 ޖޫން 2023

ގައުމީ ޓީމު މާލެ އަންނާނީ ސެމީ ފައިނަލް މެޗުތައް ބަލާފައި!

30 ޖޫން 2023
ގައުމީ ޓީމު މާލެ އަންނާނީ ސެމީ ފައިނަލް މެޗުތައް ބަލާފައި!
28 ޖޫން 2023

ރާއްޖެ ކަޓައިފި، ތާރީޚީ ނާކާމިޔާބީއެއް

28 ޖޫން 2023
ރާއްޖެ ކަޓައިފި، ތާރީޚީ ނާކާމިޔާބީއެއް
28 ޖޫން 2023

ލެބަނަން ސެމީއަށް، ރާއްޖޭގެ އުއްމީދު ބޫޓާންގެ އަތްމައްޗަށް!

28 ޖޫން 2023
ލެބަނަން ސެމީއަށް، ރާއްޖޭގެ އުއްމީދު ބޫޓާންގެ އަތްމައްޗަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް