Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްއެންޕީ އިފްތިތާހު ކުރުން

އެމްއެންޕީގެ އަންހެނުންގެ ގޮފީގެ ރައީސަކަށް ދުންޔާ

ޒުވާނުންގެ ވިންގުގެ ލީޑަރަކީ އުމެއިރު އަހުމަދު

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 8 އޮކްޓޯބަރު 2021 | ހުކުރު 18:29
ދުންޔާ މައުމޫން - އެމްއެންޕީގެ އަންހެނުންގެ ގޮފީގެ ރައީސް

ދުންޔާ މައުމޫން - އެމްއެންޕީގެ އަންހެނުންގެ ގޮފީގެ ރައީސް

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވަގުތީ އެގްޒެކްޓިވް ކައުންސިލަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގައި އެޕާޓީގެ އަންހެނުންގެ ގޮފީގެ ރައީސަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން އިންތިޚާބް ކޮށްފިއެވެ.

އެމްއެންޕީ އުފެއްދުމަށްޓަކައި ވަގުތީ ގޮތުން އިންތިޚާބު ކުރަންޖެހޭ މަގާމުތަކަށް ހުކުރު ދުވަހު ވަނީ މެމްބަރުން އިންތިޚާބު ކޮށްފައެވެ. އަންހެން ވިންގުގެ ލީޑަރަށް ތިން ބޭފުޅަކު ވަދާކުރެއްވިއިރު، ދުންޔާ އެ މަގާމަށް އިންތިޚާބުކުރީ 207 މީހުންގެ ވޯޓުންނެވެ. އެ މަގާމަށް ދެން ވާދަކުރި އައިޝަތު އަބްދުﷲ އަށް 43 ވޯޓު އަދި އައިޝަތު ހުސެއިން މަނިކަށް 11 ވޯޓު ލިބުނެވެ.

Advertisement - newsAdvertisement

ނާއިބުރައީސުންގެ ތެރެއިން ޝިދާތާ ޝަރީފް ވަނީ މަތި އުތުރު ރީޖަންގެ ނާއިބުރައީސްކަން ކާމިޔާބު ކުރައްވާފަވެ. އެ ރީޖަންގެ ނާއިބުރައީސް ކަމަށް އޭނާއާ އެކު ކުރިމަތިލެއްވީ އަހުމަދު އަނޫޝާއި މުހައްމަދު ސައީދެވެ. ޖުމުލަ 276 މީހުން ވޯޓުލިއިރު، ޝިދާތާ ކާމިޔާބުކުރެއްވީ 137 މީހުންގެ ވޯޓުންނެވެ. އަނޫޝަށް 118 ވޯޓު ލިބުނުއިރު، ސައީދަށް ހޯއްދެވުނީ 21 ވޯޓެވެ.

އެމްއެންޕީގެ އެކި މަގާމުތަކަށް އިންތިޚާބު ވެފައިވާ މީހުން:

– އަންހެނުންނަށް ޚާއްސަ ކޮށްފައިވާ ރައީސް - މިރުފަތު އިސްމާއީލް ޝަފީގް

– ޒުވާނުންގެ ވިންގު ލީޑަރު - އުމެއިރު އަހުމަދު

– ކައުންސިލްގެ 14 މެމްބަރުންގެ ގޮނޑި، ކާމިޔާބު ކުރެއްވީ، އަސްރާ އަހްމަދު، މުހައްމަދު މަނިކު، މުހައްމަދު ހާނިމް، ހުސެއިން ފަޔާޒް، އިބްރާހިމް ޝަބާހު، އަހްމަދު ރިޔާޒް، އަހަމްދު ސާލިމް ސައީދު، މުހައްމަދު ނިޒާމް، އަހްމަދު އަމްޖަދު، އިބްރާހިމް މުހައްމަދު، އަބްދުﷲ ޝުހޫދު، އަޝްރަފު މުހައްމަދު އަލީ އަދި އަލީ އަބްދުލް ލަތީފެެވެ

– ކައުންސިލްގެ އަންހެނުންނަށް ޚާއްސަކުރި ހަތް ގޮނޑި އަށް ހޮވުނީ، އައިމިނަތު ޝާއިދާ، އިފާ ޝަރީފް، އައިމިނަތު އަޒީމާ، އައިޝަތު ޝައްމާ، ޝިޔާމާ އަލީ، ފާތިމަތު ނާޒީން އަދި ފާތިމަތު ރިފާއެވެ.

އެމްއެންޕީގައި ހަ ނާއިބުރައީސުން ތިއްބަވާނެއެވެ. ވަދާކުރާނެ އިތުރު މީހަކު ނެތިގެން، އިންތިޚަބަކާ ނުލައި ހަތަރު ނާއިބުރައީސުން މިހާރު ވަނީ ހޮވިފައެވެ. އެއީ އުތުރު ރީޖަންގެ ނާއިބުރައީސަކަށް ހުސައިން އިސްމާއީލާއި މެދު ރީޖަންގެ ނާއިބުރައީސަކަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމާއި މެދުދެކެނު ރީޖަންގެ ނާއިބުރައީސަކަށް ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ދެކުނު ރީޖަނަށް ސައިރިކްސްގެ ޗެއާމަން އަހުމަދު ޝަރީފެވެ.

އެޕާޓީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 10،000 މެމްބަރުން ހަމަކުރުމެވެ.

އެމްއެންޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް ފިޔަވަޅު އަޅާނަން - މަޖިލިސް

މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް ފިޔަވަޅު އަޅާނަން - މަޖިލިސް

04 ސެޕްޓެމްބަރު 2025
މަޖިލީހުގައި ޕާޓީ ތަމްސީލްކުރުމުގެ ހައިސިއްޔަތު އެމްއެންޕީއަށް ގެއްލިއްޖެ

މަޖިލީހުގައި ޕާޓީ ތަމްސީލްކުރުމުގެ ހައިސިއްޔަތު އެމްއެންޕީއަށް ގެއްލިއްޖެ

21 ނޮވެމްބަރު 2023
ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުން މެންދުރު

ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުން މެންދުރު

04 އޮކްޓޯބަރު 2023
ނާޒިމްގެ ކެންޑިޑެސީ ފޯމް ހުށަހަޅުއްވައިފި

ނާޒިމްގެ ކެންޑިޑެސީ ފޯމް ހުށަހަޅުއްވައިފި

06 އޯގަސްޓު 2023
އެއް ކެންޑިޑޭޓަކު ނެރެވިދާނެތަ؟

އެއް ކެންޑިޑޭޓަކު ނެރެވިދާނެތަ؟

20 ޖުލައި 2023

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު