Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއުރީދޫ ސާފް ޗެމްޕިއަންޝިޕް

ތަފާތު ފެނުނީ ހުރިހާ ކުޅުންތެރިންގެ މަސައްކަތުން: ސުޒޭން

7 އޮކްޓޯބަރު 2021 | ބުރާސްފަތި 22:17

ސުޒޭން ވަނީ މެޗަށްފަހު ކުޅުންތެރިންނަށް ތައުރީފުކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 7 އޮކްޓޯބަރު 2021 | ބުރާސްފަތި 22:17
ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން

ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން

މި ފަހަރުގެ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ބުރާސްފަތި ދުވަހުގެރޭ ބަންގްލަދޭޝް އަތުން މޮޅުވި މެޗުގައި ތަފާތު ފެނުނީ ގެނައި ބަދަލުތަކަކުން ނޫން ކަމަށާއި، އޭގެ ބަދަލުގައި ތަފާތު ފެނުނީ ހުރިހާ ކުޅުންތެރިން ކުރި މަސައްކަތުން ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

މި ފަހަރުގެ މުބާރާތުގައި ކުޅުނު ދެވަނަ މެޗުން ބަންގްލަދޭޝް އަތުން ރާއްޖެ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ އެގާރައިގައި ސުޒޭން ވަނީ ނޭޕާލް މެޗުގައި ފުރުސަތު ދީފައިނުވާ މިޑްފީލްޑަރު ހުސެއިން ނިހާން (ނިހާޓް) ހިމަނާފައެވެ. އަދި ނޭޕާލް މެޗުގައި ފުރަތަމަ އެގާރައިގައި ހިމަނައިގެން ފާޑުކިއުން އަމާޒުވި މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނި ނަމަވެސް، މެޗުގެ 27 ވަނަ މިނެޓުގައި ލިބުނު އަނިޔާއެއްގެ ސަބަބުން ރާއްޖޭގެ އަސްހަދު އަލީ (އަޑުބަރޭ) ބަދަލުކުރަން ޖެހުނެވެ. އޭނާގެ ބަދަލުގައި ކުޅެން އަރާފައިވަނީ އިބްރާހީމް އައިސަމެވެ.

މި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސުޒޭން ބުނީ މި މެޗުގައި ތަފާތު ފެނުނީ ގެނައި ބަދަލުތަކަކުން ނޫން ކަމަށާއި، އޭގެ ބަދަލުގައި ތަފާތު ފެނުނީ ހުރިހާ ކުޅުންތެރިން ކުރި ބުރަ މަސައްކަތުން ކަމަށެވެ. އެގޮތުން ބަދަލުތެއް ގެނައި ކުޅުންތެރިންނަށް އަނިޔާވުމުން، މަޖުބޫރުވެގެން ކަމަށްވެސް ވަނީ ބުނެފައެވެ.

މި މެޗަށްފަހު ސުޒޭން ވަނީ މި މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމަށް ތައުރީފުކޮށްފައެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކުރި އެއް ކުޅުންތެރިޔަކީ މި މެޗުގައި އަލަށް ކުޅުނު ނިހާޓުގެ ކުޅުމެވެ. ސުޒޭން ބުނީ ނިހާނުގެ ފަރާތުން ފެނުނު ތަފާތު މޮޅު ކުޅުން ފާހަގަކުރަންޖެހޭ ކަމަށާއި، އެގޮތުން އޭނާގެ ފަރާތުން އެ ކުޅުން ބޭނުންވެގެން ފަރިތަކުރުންތަކުގައި އެކަމަށް ތަމްރީނުކުރި ކަމަށެވެ.

މި މެޗުން މޮޅުވެ ރާއްޖެ ވަނީ ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. ރާއްޖެއަށް މުބާރާތުގައި ބާކީ ދެ މެޗު އޮތްއިރު، އާދިއްތަ ދުވަހު ހަވީރު ރާއްޖެ ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. އަދި އޭގެ ފަހުން ބުދަ ދުވަހުގެރޭ އިންޑިއާއާ ދެކޮޅަށް ރާއްޖެ ނުކުންނާނެއެވެ.

ސާފް ޗެމްޕިއަންޝިޕްގައުމީ ފުޓްބޯޅަ ޓީމު

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2025

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި
25 ސެޕްޓެމްބަރު 2025

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2025
ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ
26 އޯގަސްޓު 2024

ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

26 އޯގަސްޓު 2024
ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!
11 ޖޫން 2024

ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

11 ޖޫން 2024
ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ
11 އޮކްޓޯބަރު 2023

ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

11 އޮކްޓޯބަރު 2023
ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!
31 އޯގަސްޓު 2023

ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ

31 އޯގަސްޓު 2023
ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ
01 ޖުލައި 2023

ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް

01 ޖުލައި 2023
ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް
01 ޖުލައި 2023

އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް

01 ޖުލައި 2023
އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް
01 ޖުލައި 2023

އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ

01 ޖުލައި 2023
އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ
01 ޖުލައި 2023

އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި

01 ޖުލައި 2023
އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް