Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއުރީދޫ ސާފް ޗެމްޕިއަންޝިޕް

ނޭޕާލް މެޗުގައި ހެދުނު ގޯސްތައް ރަނގަޅުކުރެވިއްޖެ: ސުޒޭން

6 އޮކްޓޯބަރު 2021 | ބުދަ 12:15

ބަންގްލަދޭޝް ވަނީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 6 އޮކްޓޯބަރު 2021 | ބުދަ 12:15
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން

މި ފަހަރުގެ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ކުޅުނު ފުރަތަމަ މެޗުން ނޭޕާލް އަތުން ރާއްޖެ ބަލިވިއިރު، އެ މެޗުގައި ހެދުނު ގޯސްތައް މިދިޔަ ފަރިތަކުރުންތަކުގައި ރަނގަޅުކުރެވިފައިވާ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ބަލިވީ ނޭޕާލް އަތުން 1-0 ގެ ނަތީޖާއަކުންނެވެ. މިއީ ސާފް ޗެމްޕިއަންޝިޕުގެ ތާރީޚުގައި ނޭޕާލް އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހަރެވެ.

މި މުބާރާތުގެ ދެވަނަ މެޗުގައި ބުރާސްފަތި ދުވަހުގެރޭ ބަންގްލަދޭޝްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސުޒޭން ބުނީ ނޭޕާލް މެޗުގައި ބޭނުންވި ކާމިޔާބު ނުލިބުނު ކަމުގައިވިއަސް، އެ މެޗުގައި ދެއްކި ކުޅުމާާ ދޭތެރޭ ހިތްހަމަޖަހޭ ކަމަށެވެ. އެގޮތުން ނޭޕާލް މެޗުގައި ރާއްޖޭގެ ޓީމުން ވަރަށް ގިނަ ކަންތައްތަކެއް ރަނގަޅަށް ކުރި ކަމަށާއި، އެ މެޗުގައި ހަމައެކަނި މަދުވީ ނަތީޖާ ނެރުން ކަމަށްވެސް ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ ނޭޕާލް މެޗުން ބަލިވި ނަމަވެސް، އެ މެޗުގައި ހެދުނު ގޯސްތައް މިހާރު ދެނެގަނެ، އޭގެއިން ރަނގަޅު ކުރެވެން ހުރި ބައިވަރު ކަންކަން މިދިޔަ ފަރިތަކުރުންތަކުގައި ރަނގަޅުކުރެވިފައިވާ ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕުގެ ދެވަނަ މެޗުގައި ރާއްޖޭން ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމު ވަނީ މިހާތަނަށް ދެ މެޗެއް ކުޅެފައެވެ. އެގޮތުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސްރީ ލަންކާ އަތުން 1-0 ގެ ނަތީޖާއަކުން ބަންގްލަދޭޝް މޮޅުވިއިރު، ދެވަނަ މެޗުގައި ވަނީ އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ އިންޑިއާއާ 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށްފައެވެ.

ސުޒޭން ބުނީ ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމަކީ ވަރަށް ވަރުގަދަ ޓީމެއްކަން އެނގޭ ކަމަށާއި، އައެގޮތުން މި މުބާރާތުގައި އެ މީހުންގެ ފޯމް ވަރަށް ރަނގަޅު ކަމަށެވެ. އެކަމަކު މި މެޗަށް ރާއްޖެ އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށްވެސް ސުޒޭން ވަނީ ބުނެފައެވެ.

މީގެ ކުރިން ނޭޕާލާ ދެކޮޅަށް ކުޅުނު މެޗަށްފަހު ސުޒޭން ވަނީ  ފުރަތަމަ މެޗުން ބަލިވުމަކީ ރާއްޖެއަށް ކުރިމަތިވި ޕްރެޝަރެއް ކަމަށް ބުނެފައެވެ. ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުނީ އެ ފަހަރު އޭނާ ފާހަގަކުރި ޕްރެޝަރު މިހާރު ފެންނަން އެބައޮތް ކަމަށާއި، އެގޮތުން ނޭޕާލާއި ބަންގްލަދޭޝް ކުޅުނު ދެ މެޗުން އެ ދެ ޓީމު ތާވަލުގެ ކުރިއަށް ޖެހިލުމަކީ، ޕޮއިންޓެއް ނެތް ރާއްޖެއަށް އޮތް ޕްރެޝަރެއް ކަމަށެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އާއި ބަންގްލަަދޭޝް ބައްދަލުކުރާއިރު، ބަންގްލަދޭޝް އޮތީ ތާވަލުގެ ދެވަނައިގައި ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. އަދި ރާއްޖެ ބަލިކުރި ނޭޕާލް އޮތީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކު އެއްވަނައިގައެެވެ. ލީގު އުސޫލުން ކުޅުމަށްފަހު އެންމެ ގަދަ ދެ ޓީމު ފައިނަލަށް ދާއިރު، ރާއްޖެއަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އާއި ބަންގްލަަދޭޝް ބައްދަލުކުރާ މެޗު ފަށާނީ ބުރާސްފަތި ދުވަހުގެރޭ 21:00 ގައެވެ.

ސާފް ޗެމްޕިއަންޝިޕްގައުމީ ފުޓްބޯޅަ ޓީމު

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2025

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި
25 ސެޕްޓެމްބަރު 2025

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2025
ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ
26 އޯގަސްޓު 2024

ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

26 އޯގަސްޓު 2024
ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!
11 ޖޫން 2024

ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

11 ޖޫން 2024
ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ
11 އޮކްޓޯބަރު 2023

ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

11 އޮކްޓޯބަރު 2023
ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!
31 އޯގަސްޓު 2023

ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ

31 އޯގަސްޓު 2023
ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ
01 ޖުލައި 2023

ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް

01 ޖުލައި 2023
ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް
01 ޖުލައި 2023

އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް

01 ޖުލައި 2023
އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް
01 ޖުލައި 2023

އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ

01 ޖުލައި 2023
އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ
01 ޖުލައި 2023

އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި

01 ޖުލައި 2023
އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް