Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަރިދަފުސް ރޯގާ

ރޯގާގެ އަލާމާތްތައް ހުރެގެން ސްކޫލް ކުދިން ޑޮކްޓަރަށް ދައްކާ މިންވަރު އިތުރު

އަލާމާތްތައް ފެނިގެން ދުވާލެއްގެ މައްޗަށް 15 ކުދިން ޑޮކްޓަރަށް ދައްކަންދާ ކަމަށް ވިދާޅުވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 6 އޮކްޓޯބަރު 2021 | ބުދަ 11:27
ސްކޫލް ދަރިވަރުންނަށް ވެކްސިން ދޭން ފެށުން

ސްކޫލް ދަރިވަރުންނަށް ވެކްސިން ދޭން ފެށުން

ރޯގާގެ އަލާމާތްތައް ހުރެގެން ސްކޫލް ކުދިން ޑޮކްޓަރަށް ދައްކާ މިންވަރު އިތުރުވެފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

ރާއްޖެޓީވީގެ 5ކާފު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޑރ. އައިމިނަތު ޝަނާޒް ވިދާޅުވީ ހުން އައިސް ކެއްސާނަމަ ނުވަތަ ރޯގާގެ އަލާމާތްތައް ހުންނަ މީހުންނަށް ފަސޭހަކަމާއެކު ޑޮކްޓަރަށް ދެއްކުމަށް އޭޑީކޭ އިން ގާއިމުކުރި ޑިޕާޓްމަންޓަށް ދުވާލެއްގެ މައްޗަށް 100 އާއި 150އާ ދެމެދުގެ މީހުން އަންނަ ކަމަށެވެ. އަދި ވަރަށް ގިނައިން ސްކޫލަށްދާ ކުދިން ރޯގާގެ އަލާމަތްތައް ފެނިގެން ޑޮކްޓަރަށް ދައްކަން އަންނަ ކަމަށާއި ދުވާލެއްގެ މައްޗަށް 15 ވަރަކަށް ކުދިން އަންނަ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެއިތުރުން ޑރ. ޝަނާޒް ވިދާޅުވީ އެކުދިންނަކީ އުމުރުން 12 އަހަރުން ދަށުގެ ކުދިން ކަމަށެވެ. ހުން އައިސް ކެއްސާނަމަ ނުވަތަ ރޯގާގެ އަލާމާތްތައް ހުންނަ މީހުންނަށް ފަސޭހަކަމާއެކު ޑޮކްޓަރަށް ދެއްކުމަށް ޚާއްސަ ޑިޕާޓްމެންޓެއް އޭޑީކޭއިން ގާއިމުކުރީ މި މަހުގެ 2 ވަނަ ދުވަހުއެވެ. އޭޑީކޭއިން ބުނީ މި ދުވަސްވަރު ރޯގާ ވަރަށް ބޮޑަށް ފެތުރެމުންދާ ކަމަށާއި، އާންމު ރައްޔިތުންނަށް ފަސޭހަ, ރަނގަޅު ޚިދުމަތެއް ދިނުމުގެ ގޮތުން ޚާއްސަ ޑިޕާޓްމެންޓެއް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ހުމުގެ ޖެނެރަލް ހޯޕީޑީ ހުންނާނީ އެ ހޮސްޕިޓަލުގެ އެތެރޭގައި ކަމަށް އޭޑީކޭއިން ބުނެއެވެ.

އޭޑީކޭއިން ބުނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00ން ރޭގަނޑު 10:00ށް ފްލޫ ކްލިނިކްގެ ޚިދުމަތް ލިބޭނެ ކަމަށެވެ. އެހެންކަމުން ހުންއައިސް ރޯގާގެ އެއްވެސް އަލާމާތެއް ފެންނަ ކަމުގައި ވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އޭޑީކޭއިން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން ޚާއްސަ ފްލޫ ކްލިނިކެއް ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ގާއިމުކޮށްފައިވެއެވެ.

މި ކްލިނިކް ހުންނާނީ އެކުވެނި ސަރަހައްދުގައި ހުންނަ ކުރީގެ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިމާރާތުގައެވެ. އަދި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 8:30ން ރޭގަނޑު 10:00ށެވެ.

އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ މަހުގެ 28 ވަނަ ދުވަހާ ހަމައަށް 3720 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ ހާމަކޮށްފައެވެ. އެޗްޕީއޭ އިން ބުނީ މިއީ ފާއިތުވި އޮގަސްޓް މަހާ އަޅާބަލާއިރު 60 އިންސައްތައިގެ އިތުރު އަދަދެއް ކަމަށެވެ. އަރިދަފުސް ރޯގާގެ އިތުރުން ފާއިތުވެދިޔަ މަސްތަކުގައި ރިޕޯޓުކޮށްފައިވާ އަދަދުތަކާއި އަޅާބަލާއިރު އިންފްލުއެންޒާއަށް ޕޮޒިޓިވްވާ އަދަދުވެސް ގިނަކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން ސެޕްޓެމްބަރު މަހުގެ ތެރޭގައި އިންފްލުއެންޒާއަށް ޓެސްޓް ކުރި 209 ސާމްޕަލްގެ ތެރެއިން 68 ސާމްޕަލް އިންފުލުއެންޒާ A އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މާލެ ސަރަހައްދުގައި އިންފްލުއެންޒާ އަދި އަރިދަފުސް ރޯގާ އިތުރުވަމުންދާތީ މިފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި މި ދުވަސްވަރު ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ކޮވިޑް-19 އެކޭ އެއްފަދައިން އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާ އަކީ ވެސް ނޭވާލާ ނިޒާމުގެ ތެރެއިން ފެތުރޭ ބަލިތައް ކަމުން ކޮވިޑުން ރައްކާތެރިވުމަށް އެޅި ކަހަލަ ފިޔަވަޅުތައް އެޅުން މުހިންމު ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

މި ދުވަސްވަރު އަރިދަފުސް ރޯގާ ޖެހޭ މީހުންގެ ނިސްބަތް އިތުރުވެފައިވާއިރު ޢާއްމު އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތަކެއް ވެއެވެ. އޭގެތެރޭގައި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކެއްސާއިރު އަނގަމަތީގައާއި ނޭފަތުގައި ކުޑަރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް އެޅުން އަދި ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުމާއި އާއްމު ސާފުތާހިރުކަމަށް، ޚާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުންފަދަ ކަންކަމަށް ސަމާލުކަން ދިނުން ހިމެނެއެވެ.

ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން، ޚާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުމާއި ރޯގާޖެހިފައިވާނަމަ ކުޑަކުދިންނާ ދުރުހެލިވުން ވެސް ހިމެނެއެވެ. ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރިކުރުމަށް ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި ބަލި ޖެހުމުން، ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުން އިންފުލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިންޖެހުމާއި އަދި މި ފަރާތްތައް ރޯގާ ޖެހި ހުން އަންނަނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން ހިމެނެއެވެ.

އޭޑީކޭ ހޮސްޕިޓަލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2025
ތައިރޮއިޑަށް ބޭނުންކުރާ ބޭހެއް އާސަންދައިން ނުލިބުނު، ގަންނަން ލިބުނީ ބޮޑު އަގުގައި

ތައިރޮއިޑަށް ބޭނުންކުރާ ބޭހެއް އާސަންދައިން ނުލިބުނު، ގަންނަން ލިބުނީ ބޮޑު އަގުގައި

22 ސެޕްޓެމްބަރު 2025
ފީނަންގޮސް އުޅުނު މީހެއްގެ ގަޔަށް ލޯންޗެއް އަރައި އަތް ބުރިވެއްޖެ

ފީނަންގޮސް އުޅުނު މީހެއްގެ ގަޔަށް ލޯންޗެއް އަރައި އަތް ބުރިވެއްޖެ

14 މެއި 2025
ބަދިގެ ތެރެއަށް ދުން ލީކުވެ އަނބުރައިގަތް 7 މީހަކަށް ފަރުވާދެނީ

ބަދިގެ ތެރެއަށް ދުން ލީކުވެ އަނބުރައިގަތް 7 މީހަކަށް ފަރުވާދެނީ

13 މެއި 2024
"މޯލްޑިވްސް ބްރެއިން ސްޕައިން ކޮންފަރެންސް 2023" ފަށައިފި

"މޯލްޑިވްސް ބްރެއިން ސްޕައިން ކޮންފަރެންސް 2023" ފަށައިފި

25 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު