Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެންޕީ އުފެއްދުމުގެ ޖަލްސާ

އެމްއެންޕީ: އިންޓަރިމް އެގްޒެކެޓިވް ކައުންސިލްގެ މަގާމުތަކަށް 54 ފޯމް

ސުންގަޑި އާދިއްތަ ދުވަހުގެ މެންދުރުފަހު 2:00ށް

އަމްނާ އިމާދު
އަމްނާ އިމާދު | 5 އޮކްޓޯބަރު 2021 | އަންގާރަ 02:34
އެމްއެންޕީގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އެމްއެންޕީގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމަށް ބާއްވާ ބައްދަލުވުމުގައި އިންތިޚާބުުކުރުމަށް، ޕާޓީގެ އިންޓަރިމް އެގްޒެކެޓިވް ކައުންސިލްގެ މަގާމުތަކަށް 54 ފޯމް ހުށަހަޅައިފިއެވެ.

އެމްއެންޕީން ބުނީ 08 އޮކްޓޫބަރ ވާ ހުކުރު ދުވަހު އެމްއެންޕީ އުފެއްދުމަށް ބާއްވާ ބައްދަލުވުމުގައި އިންތިޚާބުުކުރުމަށް، ޕާޓީގެ އިންޓަރިމް އެގްޒެކެޓިވް ކައުންސިލްގެ މަޤާމުތަކަށް ކުރިމަތިލުމުގެ ސުންގަޑި އާދިއްތަ ދުވަހުގެ މެންދުރުފަހު 2:00ށް ހަމަވެފައިވާ ކަމަށެވެ. މިއާ ގުޅިގެން އިންތިޚާބުގައި ބައިވެރިވުމަށް މުޅި ޖުމްލަ 54 ފޯމް ހުށަހަޅާފައިވާ ކަމަށް އެމްއެންޕީން ބުނެއެވެ.

Advertisement - newsAdvertisement

އިންޓަރިމް އެގްޒެކެޓިވް ކައުންސިލަށް ކުރިމަތިލުމަށް ހުޅުވާލެވިފައިވާ މަގާމުތަކަކީ ޕާޓީގެ ރައީސް، 6 ނާއިބު ރައީސުން (އޭގެ 1 މަގާމަކީ އަންހެން މެންބަރަކަށް ޚާއްސަ މަގާމު)، އަންހެނުންގެ ވިންގ ލީޑަރ، ޒުވާނުންގެ ވިންގ ލީޑަރު އަދި ކައުންސިލް މެންބަރުންގެ ގޮތުގައި 21 މެންބަރުން (އޭގެ ތެރެއިން 7 މަގާމަކީ އަންހެނުންނަށް ޚާއްސަ މަގާމު) އެވެ.

އެގޮތުން ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ ކާނަލް (ރޓޑ) މުޙައްމަދު ނާޒިމް ކަމަށް އެމްއެންޕީން ބުނެއެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 08 އޮކްޓޫބަރ ވާ ހުކުރު ދުވަހު ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ހޯލުގައެވެ. 2 ދަންފަޅިއަށް ކުރިޔަށްގެން ދިއުމަށް ރޭވިފައިވާ މި ބައްދަލުވުމުގެ ފުރަތަމަ ދަންފަޅި އެދުވަހުގެ މެންދުރުފަހު 2ން 6ށް، އަދި ދެވަނަ ދަންފަޅި ރޭގަނޑު 9ން ފެށިގެން ކުރިޔަށްދާނެއެވެ. ފުރަތަމަ ދަންފަޅީގައި ކުރިޔަށް ދާނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުން ލާޒިމުކުރާ ކަންކަމުގެ ތެރެއިން ޕާޓީގެ ނަން، ލޯގޯ، ކުލަ، ދިދަ އަދި އަސާސީ ގަވާއިދު ފާސްކުރުމާއި އިންޓަރިމް އެގްޒެކެޓިވް ކައުންސިލްގެ މަގާމުތަކަށް މެންބަރުން އިންތިޚާބު ކުރުމެވެ.

މިބައްދަލުވުމުގައި މަގާމުތަކަށް މެންބަރުން އިންތިޚާބުކުރުމަށް ކުރިޔަށްދާ ވޯޓުލުމުގެ މަރުހަލާގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކިއޮސްކް އިލެކްޓްރޯނިކް ވޯޓިންގ ސިސްޓަމެކެވެ. އަދި ބައްދަލުވުމުގެ އެހެނިހެން ކަންކަމާއި އިސް މަގާމުތަކަށް އިންތިޚާބުވި ފަރާތްތަކުގެ ވާހަކަފުޅު ދެއްކެވުން ކުރިޔަށްދާނީ ދެވަނަ ދަނފަޅީގައެވެ.

އެމްއެންޕީ

އިތުރަށް ކިޔާލަން

04 ސެޕްޓެމްބަރު 2025

މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް ފިޔަވަޅު އަޅާނަން - މަޖިލިސް

04 ސެޕްޓެމްބަރު 2025
މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް ފިޔަވަޅު އަޅާނަން - މަޖިލިސް
21 ނޮވެމްބަރު 2023

މަޖިލީހުގައި ޕާޓީ ތަމްސީލްކުރުމުގެ ހައިސިއްޔަތު އެމްއެންޕީއަށް ގެއްލިއްޖެ

21 ނޮވެމްބަރު 2023
މަޖިލީހުގައި ޕާޓީ ތަމްސީލްކުރުމުގެ ހައިސިއްޔަތު އެމްއެންޕީއަށް ގެއްލިއްޖެ
04 އޮކްޓޯބަރު 2023

ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުން މެންދުރު

04 އޮކްޓޯބަރު 2023
ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުން މެންދުރު
06 އޯގަސްޓު 2023

ނާޒިމްގެ ކެންޑިޑެސީ ފޯމް ހުށަހަޅުއްވައިފި

06 އޯގަސްޓު 2023
ނާޒިމްގެ ކެންޑިޑެސީ ފޯމް ހުށަހަޅުއްވައިފި
20 ޖުލައި 2023

އެއް ކެންޑިޑޭޓަކު ނެރެވިދާނެތަ؟

20 ޖުލައި 2023
އެއް ކެންޑިޑޭޓަކު ނެރެވިދާނެތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު