Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއުރީދޫ ސާފް ޗެމްޕިއަންޝިޕް

ލަންކާ ބަލިކޮށް ނޭޕާލް އެއްވަނައަށް

4 އޮކްޓޯބަރު 2021 | ހޯމަ 18:07

ތާވަލުގެ އެއްވަނައަށް ނޭޕާލް ޖެހިލީ ހަ ޕޮއިންޓާއެކު

އަތޫފް އާތިފް
އަތޫފް އާތިފް | 4 އޮކްޓޯބަރު 2021 | ހޯމަ 18:07
ލަންކާ އާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން

ލަންކާ އާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން

ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ސްރީ ލަންކާ ބަލިކޮށް ތާވަލުގެ އެއްވަނައަށް ނޭޕާލް ޖެހިލައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން ނޭޕާލް މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 20 ވަނަ މިނެޓުގައި ލަންކާގެ ޑިޔޮން ޑި ސިލްވާއަށް އޭރިއާ ތެރެއިން ވަނީ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ނޭޕާލުންނެވެ. ލަންކާގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މެޗުގެ 31 ވަނަ މިނެޓުގައި މި ލަނޑު ނޭޕާލަށް ކާމިޔާބުކޮށްދިނީ ސުމަން ލަމާއެވެ. އަދި މެޗުގެ ދެވަނަ ހާފު ފަށައިގެން ނޭޕާލުން އެ ޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، މި ހާފުގެ ވަރަށް ކުރީކޮޅު ނޭޕާލުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނަވަން ޝެރެސްތާއެވެ.

އޭގެ ފަހުން މެޗުގެ 57 ވަނަ މިނެޓުގައި ލަންކާގެ މާހިން ހަމިލްޓަން އޮމެލޭ ވަނީ އޭރިއާ ބޭރުން ހިތްގައިމު ލަނޑެއް ކާމިޔާބުކޮށްދީ، ލަންކާއަށް ފަރަގު ކުޑަކޮށްފައެވެ. އެކަމަކު މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ނޭޕާލުން ވަނީ އިތުރު ލަނޑެއް ޖަހައި އަލުން ލީޑު ފުޅާކޮށްފައެވެ. ލަންކާގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަޔުޝް ގަހުލަންއެވެ.

ނަމަވެސް މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ލަންކާގެ ޑިލޮން ސެނަން ޑި ސިލްވާ ވަނީ އަނެއްކާވެސް އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން ނޭޕާލުގެ ޑިފެންޑަރެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައަށް ނޭޕާލް ޖެހިލީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދާފައިވާ ބަންގްލަދޭޝްއެވެ. އަދި ޕޮއިންޓަކާއެކު ތާވަލުގެ ތިންވަނައިގައި އިންޑިއާ އޮތްއިރު، ހަތަރުވަނައިގައި އޮތް ރާއްޖެ އާއި ފަސްވަނައިގައި އޮތް ސްރީ ލަންކާއަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ސާފް ޗެމްޕިއަންޝިޕް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2025

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2025
ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ
26 އޯގަސްޓު 2024

ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

26 އޯގަސްޓު 2024
ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!
11 ޖޫން 2024

ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

11 ޖޫން 2024
ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ
01 ޖުލައި 2023

ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް

01 ޖުލައި 2023
ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް
01 ޖުލައި 2023

އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް

01 ޖުލައި 2023
އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް
01 ޖުލައި 2023

އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ

01 ޖުލައި 2023
އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ
01 ޖުލައި 2023

އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި

01 ޖުލައި 2023
އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި
30 ޖޫން 2023

ގައުމީ ޓީމު މާލެ އަންނާނީ ސެމީ ފައިނަލް މެޗުތައް ބަލާފައި!

30 ޖޫން 2023
ގައުމީ ޓީމު މާލެ އަންނާނީ ސެމީ ފައިނަލް މެޗުތައް ބަލާފައި!
28 ޖޫން 2023

ރާއްޖެ ކަޓައިފި، ތާރީޚީ ނާކާމިޔާބީއެއް

28 ޖޫން 2023
ރާއްޖެ ކަޓައިފި، ތާރީޚީ ނާކާމިޔާބީއެއް
28 ޖޫން 2023

ލެބަނަން ސެމީއަށް، ރާއްޖޭގެ އުއްމީދު ބޫޓާންގެ އަތްމައްޗަށް!

28 ޖޫން 2023
ލެބަނަން ސެމީއަށް، ރާއްޖޭގެ އުއްމީދު ބޫޓާންގެ އަތްމައްޗަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް