Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއުރީދޫ ސާފް ޗެމްޕިއަންޝިޕް

ބަންގްލަދޭޝްއިން އިންޑިއާއާ އެއްވަރުކޮށްފި

4 އޮކްޓޯބަރު 2021 | ހޯމަ 13:02

ތާވަލުގެ އެއްވަނައިގައި ބަންގްލަދޭޝް އޮތީ ހަތަރު ޕޮއިންޓާއެކު

އަތޫފް އާތިފް
އަތޫފް އާތިފް | 4 އޮކްޓޯބަރު 2021 | ހޯމަ 13:02
ބަންގްލަދޭޝް އާއި އިންޑިއާ ބައްދަލުކުރި މެޗުގެ ތެރެއިން

ބަންގްލަދޭޝް އާއި އިންޑިއާ ބައްދަލުކުރި މެޗުގެ ތެރެއިން

ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ހޯމަ ދުވަހުގެ ހަވީރު ކުޅުނު މެޗުގައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ ބަންގްލަދޭޝްއިން އިންޑިއާ އެއްވަރުކޮށްފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގައި ބަންގްލަދޭޝްގެ ޓީމުން ވަނީ އިންޑިއާގެ ހާފަށް ބާރުބޮޑުކޮށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެކަމަކު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ އިންޑިއާއިންނެވެ. މެޗުގެ 25 ވަނަ މިނެޓުގައި އުދަންތާ ސިންގް ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ސުނިލް ޗެތުރީއެވެ.

އޭގެ ދެ މިނެޓު ފަހުން ބަންގްލަދޭޝްގެ ބިޕްލޯ އަޙްމަދު އޭރިއާ ބޭރުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ. އަދި މެޗުގެ 37 ވަނަ މިނެޓުގައި އޭރިއާ ބޭރުން ޗެތުރީ ފޮނުވާލި ނުރައްކާތެރި ހަމަލާއެއްގެ ހުރަހަކަށްވީ ބަންގްލަދޭޝްގެ ގޯލްކީޕަރު އަނީސުރް ރަހްމާނެވެ. އަދި އޭގެ މިނެޓެއް ފަހުން ކައުންޓަ އެޓޭކެއްގައި ބަންގްލަދޭޝްގެ ޓޯޕޫ ބަރްމަން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް، އިންޑިއާގެ ކީޕަރު ގުރްޕްރީތު ސިންގް ސަންދޫ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.  

މި މެޗުގެ ދެވަނަ ހާފު ފަށައިގެން ފުރަތަމަ ހަމަލާ އުފައްދާފައިވަނީ ބަންގްލަދޭޝްއިންނެވެ. އެގޮތުން މި ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި ބަންގްލަދޭޝްގެ ރަކީބް ހުސެއިން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން މި މެޗުގައި ބަންގްލަދޭޝްއަށް މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 54 ވަނަ މިނެޓުގައި އެ ޓީމުގެ ބިޝްވަނާތު ގޯޝްއަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާއަށް ރެފުރީ ރަތް ކާޑެއް ދެއްކީ އިންޑިއާގެ ލިސްޓަން ކޮލާސޯއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ. 

އެއާއެކު އިންޑިއާއިން އެ ޓީމުގެ އެޓޭކުތައް ވަރުގަދަކުރި ނަމަވެސް، ފުލުފުލުގައި އެ ޓީމުގެ މަންވީރު ސިންހަ އާއި، އުޑާންތަ ސިންގް ކުމާރު ފޮނުވާލި ބޯޅަތަކުގެ ހުރަހަކަށްވީ ބަންގްލަދޭޝްގެ ގޯލްކީޕަރު އަނީސުރް ރަހްމާންއެވެ. ނަމަވެސް އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުން އައި ބަންގްލަދޭޝްއިން ވަނީ މެޗުގެ 73 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކޮށްފައެވެ. ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔާސީން އަރަފާތެވެ.

މި ނަތީޖާއާއެކު ބަންގްލަދޭޝް އޮތީ ތާވަލުގެ އެއްވަނައިގައި ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތީ އެއް މެޗުން ތިން ޕޮއިންޓް ހޯދާފައިވާ ނޭޕާލެވެ. އަދި ބަންގްލަދޭޝް އަތުން ލިބުނު ޕޮއިންޓަކާއެކު ތާވަލުގެ ތިންވަނައިގައި އިންޑިއާ އޮތްއިރު، ހަތަރުވަނައިގައި އޮތް ރާއްޖެ އާއި ފަސްވަނައިގައި އޮތް ސްރީ ލަންކާއަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ސާފް ޗެމްޕިއަންޝިޕް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2025

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2025
ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ
26 އޯގަސްޓު 2024

ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

26 އޯގަސްޓު 2024
ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!
11 ޖޫން 2024

ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

11 ޖޫން 2024
ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ
01 ޖުލައި 2023

ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް

01 ޖުލައި 2023
ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް
01 ޖުލައި 2023

އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް

01 ޖުލައި 2023
އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް
01 ޖުލައި 2023

އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ

01 ޖުލައި 2023
އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ
01 ޖުލައި 2023

އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި

01 ޖުލައި 2023
އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި
30 ޖޫން 2023

ގައުމީ ޓީމު މާލެ އަންނާނީ ސެމީ ފައިނަލް މެޗުތައް ބަލާފައި!

30 ޖޫން 2023
ގައުމީ ޓީމު މާލެ އަންނާނީ ސެމީ ފައިނަލް މެޗުތައް ބަލާފައި!
28 ޖޫން 2023

ރާއްޖެ ކަޓައިފި، ތާރީޚީ ނާކާމިޔާބީއެއް

28 ޖޫން 2023
ރާއްޖެ ކަޓައިފި، ތާރީޚީ ނާކާމިޔާބީއެއް
28 ޖޫން 2023

ލެބަނަން ސެމީއަށް، ރާއްޖޭގެ އުއްމީދު ބޫޓާންގެ އަތްމައްޗަށް!

28 ޖޫން 2023
ލެބަނަން ސެމީއަށް، ރާއްޖޭގެ އުއްމީދު ބޫޓާންގެ އަތްމައްޗަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް