Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
ފަންވަތް ކޮލަމް

ޕެޓިޝަނަކީ ބަލައިގަތުމާއި ބަލައިނުގަތުން އޮންނަ އެއްޗެއްތަ؟

ކަމެއް ނުކޮށް އޮތިއްޔާ އެކަމެއް ކޮށްދޭށޭ ބުނެ ހުށައަޅާ އިލްތިމާސަކީ ޕެޓިޝަން ހުށައެޅުން

ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2021 | އާދީއްތަ 07:27
ކަންކަމާމެދު ރައްޔިތުން ދެކޭގޮތް ހާމަކުރުމަށް ބޭނުންކުރާ އެއް ވަސީލަތަކީ ޕެޓިޝަން ހުށައެޅުން

ކަންކަމާމެދު ރައްޔިތުން ދެކޭގޮތް ހާމަކުރުމަށް ބޭނުންކުރާ އެއް ވަސީލަތަކީ ޕެޓިޝަން ހުށައެޅުން

ޕެޓިޝަނަކީ ކޮން އެއްޗެއް ބާވައެވެ؟ އެއީ ގިނަ ބަޔަކު ސޮއި އަޅައިގެން ބާރު ހުރި ފަރާތަކަށް ކޮންމެވެސް ކަމަކާމެދު ލިޔުމެއްގެ ސިފައިގައި ހުށައަޅާ ހުށައެޅުމެވެ. ދަންނަވާ ދެންނެވުމެވެ. ކުރާ އިލްތިމާސެވެ. ސަރުކާރުން ކުރާ ކަމަކާމެދު ރައްޔިތުންގެ މެދުގައި އަދި އެހެން ވިސްނުމެެއް އޮތިއްޔާ އެކަމެއް ނުކުރާށޭ ނުވަތަ ބަދަލުކުރާށޭ އަންގައި އާދޭސް ކުރުމަށް ލިޔުމެެއް ތައްޔާރުކޮށް އޭގައި ގިނަ ބަޔަކު ސޮއިއެޅުމަށްފަހު ކަމާ އެންމެ ގުޅުންހުރި އިދާރާޔަކަށް ހުށައެޅުމަކީ ޕެޓިޝަން ހުށައެޅުމެވެ. އަދި ސަރުކާރުގެ ފަރާތުން ކަމެއް ނުކޮށް އޮތިއްޔާ އެކަމެއް ކޮށްދޭށޭ ބުނެ މިފަދައިން ހުށައަޅާ އިލްތިމާސަކީ ވެސް ޕެޓިޝަން ހުށައެޅުމެވެ. ޕެޓިޝަން ހުށައެޅުމަށްވެސް އަދި ބަލައިގަތުމަށްވެސް ގާނޫނީ ވަކި އިޖުރާއަތްތަކެއް ނޯވެއެވެ. ބޭނުމަކީ މެސެޖު ދިނުމެވެ. މެސެޖު ފޯރީމާ މަގްސަދު ފުރިހަމަވީއެވެ.

ކަންކަން ރާވައި ތަންފީޒުކުރުމުގެ ބާރު ގާނޫނީގޮތުން ލިބިފައިވާ ފަރާތްތަކުން ނިންމާ ނިންމުންތަކުގެ މޮޅާއިދެރަ ތަޖުރިބާކުރަން ތިބެނީ ރައްޔިތުންނެވެ. ކޮންމެ ނިންމުމަކީ އެންމެނަށް ފައިދާހުރި ނިންމުމަކަށް ނުވެދާނެއެވެ. އެކަހަލަ ހާލަތްތަކުގައި މީސްތަކުން ދެކޭގޮތް ހާމަކުރާނެއެވެ. ކުރަންވެސް ވާނެއެވެ. އަޑުއެހުމާއި ނޭހުން ނުވަތަ ގަބޫލު ކުރުމާއި ނުކުރުމަކީ އެހެން މައްސަލައެކެވެ. ޑިމޮކްރަސީގައި އަމަލުކުރާން އޮންނަ ރިވެތި ގޮތަކީ ކޮންމެ ބަޔަކު ބުންޏަސް އަޑުއެހުމެވެ. ކުރެވެން އޮތިއްޔާ ކޮށްދިނުމެވެ. ކޮށްދެވެން ނެތިއްޔާ ސަބަބު ބުނެދިނުމެވެ. ޕެޓިޝަނަށްވެސް އޮތީ އެ އުސޫލެވެ. ރުހި ގަބޫލުވާކަން އެންގުމަށް ނޯޓިސް ބޯޑުގައި ސިއްކަޔާއެކު ބެހެއްޓުން ލާޒިމެއް ނޫނެވެ. ހަމައެގޮތަށް ގަބޫލު ނުކުރަންޏާ ނުކުރަމޭ ބުނުންވެސް ލާޒިމެއް ނޫނެވެ.

ކަމަކަށް އެދިގެން އެންމެ މީހަކު ސޮއިކޮށް ހުށައަޅާ ލިޔުމަށް ކިޔަނީ ސިޓީއެވެ. ގިނަ ބަޔަކު ސޮއި އަޅައިފިއްޔާ ވާނީ ގުޅިފައިވާ ސިޓީއަކަށެވެ. އެހިސާބުން އެވީ ޕެޓިޝަނަކަށެވެ. ދިވެހިރާއްޖޭގައިވެސް މިހާރު ޕެޓިޝަން ހުށައެޅުން ވަރަށް އާއްމެވެ. ކުރީޒަމާނުގައި މިގޮތަށް ގުޅިގެން ސޮއިއެޅުމުގެ ބަދަލުގައި މީހުން ފޮނުވަނީ ވަކިވަކި ސިޓީތަކެވެ. އޭރުވެސް މިހާރުވެސް ކުރަނީ އެއްކަމެކެވެ. އެދެނީ ކަންކަމަށެވެ. ދަންނަވަނީ އާދޭހެވެ. ފާޅުކުރަނީ ޚިޔާލެވެ. ރަސްމީ އިދާރާތަކުން ބައެއް ފަހަރު އަޑުއަހައެވެ. އަނެއްބައި ފަހަރު އަޑެއް ނާހައެވެ. އަޑުއެހިޔަސް ނުއެހިޔަސް މެސެޖު އޮންނަނީ ލިބިފައެވެ. މީސްތަކުންގެ ޚިޔާލު ހުރިނެތްގޮތް އޮންނަނީ އެނގިފައެވެ. އެހެންވީމާ ސިޓީއެއް ވިޔަސް އަދި ޕެޓިޝަނެއްވިޔަސް އޭގެ އިބްތިދާއީ ބޭނުން އޮންނަނީ ފުރިހަމަވެފައެވެ.

ދިވެހިރާއްޖޭގެ ބައެއް ނޫސް އިދާރާތައް ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލަށް ޕެޓިޝަނެއް ހުށައެޅި ވާހަކަ މިހަފުތާގައި ނޫސްތަކުން ފެނުނެވެ. މީޑިއާ ކައުންސިލުން އެ ޕެޓިޝަން ބަލައި ނުގަނެ ބޭރުކޮށްލައިފިޔޭ ވެސް ލިޔެފައި އޮތެވެ. އަޅުގަޑު ގަބޫލުކުރާހިތްވާ ގޮތުން މީޑިއާ ކައުންސިލުން އެ ޕެޓިޝަން ބޭރެއް ނުކުރާނެއެވެ. އެއީ ކޮންމެހެން ކުރުން ލާޒިމުކަމަކަށް ނުވާތީއެވެ. ކުރަންޖެހޭ ކަމަކަށްވެސް ނުވާތީއެވެ. ޕެޓިޝަނެއް ހުށައެޅީ ކަންބޮޑުވުންތަކެއް ހިއްސާކުރުމަށެވެ. އެންގުމަށެވެ. ޚިޔާލުތަކެއް ދިނުމަށެވެ. އެކަން ކުރެވިއްޖެކަމަށް ފެނެއެވެ. އޭގައި ހުރި ވާހަކަތައް މީޑިއާ ކައުންސިލަށް މޭރުންވި ކަމުގެ ހެއްކަކީ އެދިފައިވާ ގޮތަށް އެކަން ކުރެވޭކަށް ނެތޭ ބުނެފައި އޮތުމުންނެވެ. އެހިސާބުން ޕެޓިޝަނުގެ އިބްތިދާއީ ބޭނުން އެއޮތީ ފުދިފައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލަކީ ދިވެހިރާއްޖޭގެ މީޑިއާ ރެގިއުލޭޓްކޮށް ދިރުން ދިނުމަށްޓަކައި ކުރާންޖެހޭ އެންމެހައި ކަންކަން ކުރުމަށްޓަކައި އުފައްދާފައިވާ ގާނޫނީ ޝަޚުސެކެވެ. އެ ކައުންސިލް އެކުލެވިގެންވަނީ ނޫސް އިދާރާތަކާއި ބްރޯޑްކާސްޓްކުރާ ސްޓޭޝަންތަކާއި އެނޫންވެސް ސްޓޭކް ހޯލްޑަރުން ތަމްސީލުވާނޭ ގޮތަށް ވަކި މުއްދަތަކަށް އިންތިޚާބު ކުރެވޭ މެންބަރުންތަކެއްގެ މައްޗަށެވެ. ކައުންސިލް ޒިންމާވަނީވެސް އަދި މައިގަޑުގޮތެއްގައި ޖަވާބުދާރީވަނީވެސް މީޑިއާއަށެވެ. އެހެންވީމާ މީޑިއާގެ ތެރެއިން އަންނަ ޚިޔާލުތައް މީޑިއާ ކައުންސިލުން އަޑުއަހާނެއެވެ. އަޑުއަހާންވެސް ވާނެއެވެ. މީޑިއާގެ ތެރެއިން ބަޔަކު އަޑެއް އިއްވާން ފެށީމާ ހޯހޯއޭ ތިމަންނާމެންގެ ކަންފަތް ބައްދައިފީމޭ އަޑެއް ނީވެޔޭ ނުވެސް އަހާނަމޭ ނުބުނާނެއެވެ. ނުވެސް ބުނެވޭނޭމެއެވެ.

ދިވެހި ނޫސްވެރިންނަށް ހިތްވަރުދީ ވާދަވެރި މާހައުލެއް ދެމެހެއްޓުމުގެ ގޮތުން މީޑިއާ ކައުންސިލުން ކުރާ އެންމެ ޚާއްސަ އެއް މަސައްކަތަކީ ނޫސްވެރިން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމަށްޓަކައި އެ މަސައްކަތްތައް އެކި ގިންތިތަކަށް ބަހާލައިގެން ކޮންމެ އަހަރަކުވެސް ފާހަގަކުރެވޭ އެކި އެކި ނޫސްވެރިންނަށް އިނާމު ދިނުމެވެ. މިއީ ވަރަށް ބޭނުންތެރި އެހާމެ މުހިއްމު ކަމެކެވެ. ކޮންމެހެންވެސް ދަމަހައްޓާން ޖެހޭ ކަމެކެވެ. އެކަމަކު މިއީ ދޭތެރެ ދޭތެރެއިން އުނިއިތުރާއި އިސްލާހަށް ބޭނުންވާ ކަމެކެވެ. މީޑިޔާއަކީ އެންމެ ބޮޑަށް ބަދަލުވަމުންދާ ދާއިރާއެވެ. އެ ދާއިރާއަށް އަންނަމުންދާ ބަދަލުތަކާއި ބައްޓަންވަމުންދާ އައު ގޮތްތަކަށް ރިއާޔަތްކުރެވޭ ބީދަޔަކުން އިނާމު ދިނުމުގެ ވައްޓަފާޅިޔާއި އޮނިގަނޑުވެސް އިސްލާހު ވާންވާނެއެވެ. އެކަމަށް އަބަދުވެސް ޖާގަ އޮންނާން ވާނެއެވެ.

އަޅުގަޑަށް ލިބިފައިވާ މައުލޫމާތުގައި ކުށެއްނެތީވިއްޔާ ރާއްޖޭގެ ނޫސް އިދާރާތަކުގެ ތެރެއިން ދިހަބާރަ ތަނަކުން ސޮއި އަޅައިގެން މީޑިއާ ކައުންސިލަށް ހުށައެޅި ޕެޓިޝަނުގައި ފާހަގަކޮށްފައިވަނީ މިދެންނެވި ބީދައިން މިހާރު އަންނާން ޖެހިފައިއޮތް ވަރަށް ބޮޑު އިސްލާހެއްގެ ވާހަކައެވެ. އެއީ އިނާމު ދިނުމުގައި ޕްރިންޓް މީޑިއަމާއި ބްރޯޑްކާސްޓް މީޑިއަމް ތަފާތު ދެ ތިލަފަތަކުން މިނެކިރައި އިންސާފުކުރުމުގެ ހުށައެޅުމެވެ. އަޅުގަޑު ގަބޫލުކުރާގޮތުގައި މި ހުށައެޅުމުގައި ގޯހެއް ނެތެވެ. ޅެންހަދާ މީހާޔާއި ލަވަކިޔާ މީހާ ތަފާތުވާ ބީދައިން ކުރިން ދެންނެވި ދެ މީޑިއަމުގައި މަސައްކަތްކުރާ ގޮތާއި ކުރާ މަސައްކަތްވެސް ތަފާތެވެ. އެ ތަފާތަށް ރިއާޔަތްކޮށްގެން އެވޯޑު ދިނުމުގައި އޮންނާނީ ކޮން މައްސަލައެއް ބާވައެވެ. އެފަދަ ހުށައެޅުމަކާއިމެދު ވިސްނައިގެން ލިބޭނެ ދެރައެއް، ގެއްލުމެއް އޮންނާނޭ ބާވައެވެ.

ޕެޓިޝަން ހުށައެޅުންމޯލްޑިވްސް މީޑިއާ ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

މީޑިއާ ކޮންޓްރޯލް ބިލް ތަސްދީގު ކުރުމާއި ގުޅިގެން އެޗްއާރްއެމްއައި އިން ކަންބޮޑުވުން ފާޅުކޮށްފި

މީޑިއާ ކޮންޓްރޯލް ބިލް ތަސްދީގު ކުރުމާއި ގުޅިގެން އެޗްއާރްއެމްއައި އިން ކަންބޮޑުވުން ފާޅުކޮށްފި

19 ސެޕްޓެމްބަރު 2025
ބިލުގައި ހައްގުތައް އޮތީ ހަނިކޮށްފައި، އިސްލާހެއް ނުގެނެސް ބިލު ބޭރުކުރަން ޖެހޭ - ސަގީފް

ބިލުގައި ހައްގުތައް އޮތީ ހަނިކޮށްފައި، އިސްލާހެއް ނުގެނެސް ބިލު ބޭރުކުރަން ޖެހޭ - ސަގީފް

31 އޯގަސްޓު 2025
ދައުލަތުގެ މީޑިއާއިން ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ތަކުރާރުކޮށް ގާނޫނާ ޚިލާފުވާކަމަށް ބުނެ މަޖިލީހަށް މައްސަލައެއް

ދައުލަތުގެ މީޑިއާއިން ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ތަކުރާރުކޮށް ގާނޫނާ ޚިލާފުވާކަމަށް ބުނެ މަޖިލީހަށް މައްސަލައެއް

03 މެއި 2025
މޯލްޑިވްސް މީޑިއާ ކައުންސިލް ގެ ރައީސް ކަމަށް ސަގީފް

މޯލްޑިވްސް މީޑިއާ ކައުންސިލް ގެ ރައީސް ކަމަށް ސަގީފް

17 ޑިސެމްބަރު 2024
ރައީސް މުއިއްޒުގެ ދޮން މަންމަ އަށް ނިސްބަތްވާ ޑޮކިއުމެންޓަރީ "ސްކީލާން" ގެ ވީޑިއޯކޮޅެއް ޕީއެސްއެމް އިން ދައްކައިގެން މުސްތަފާ ވަޒީފާ އިން ކަނޑާލައިފި

ރައީސް މުއިއްޒުގެ ދޮން މަންމަ އަށް ނިސްބަތްވާ ޑޮކިއުމެންޓަރީ "ސްކީލާން" ގެ ވީޑިއޯކޮޅެއް ޕީއެސްއެމް އިން ދައްކައިގެން މުސްތަފާ ވަޒީފާ އިން ކަނޑާލައިފި

31 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު