Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ މީޑިއާ ތަކާ ބެހޭ ޝަކުވާ

ރައީސް އޮފީހުން މީޑިއާ ތަކާ ބެހޭ ޝަކުވާ ފުންޏެއް އޮއްސާލައިފި

އެމްއެމްސީ އަށް ހުށަހެޅި 79 ޝަކުވާގެ ތެރެއިން 74 ޝަކުވާ ހުށަހެޅީ ރައީސް އޮފީހުން

ރާއްޖެ އެމްވީ | 28 އޯގަސްޓު 2024 | ބުދަ 10:16
ރައީސް މުޢިއްޒު އަދި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު ޚަލީލް

ރައީސް މުޢިއްޒު އަދި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު ޚަލީލް

ރާއްޖޭގެ މީޑިއާ ތަކާ ބެހޭ ޝަކުވާ ފުންޏެއް މޯލްޑިވްސް މީޑީއާ ކައުންސިލް (އެމްއެމްސީ) އަށް ރައީސް އޮފީހުން އޮއްސާލައިފިކަން ހާމަ ވެއްޖެއެވެ.

މީޑިއާ ކައުންސިލް އިން ބުދަ ދުވަހު އާންމު ކުރި ތަފާސް ހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް މީޑިއާ ތަކާ ބެހޭ އެންމެ ގިނަ ޝަކުވާ ހުށަހެޅީވެސް ރައީސް އޮފީހުންނެވެ.

Advertisement - newsAdvertisement

އެމްއެމްސީން ހާމަކުރި ތަފާސް ހިސާބަށް ބަލާއިރު ރާއްޖޭގެ މީޑިއާ ތަކާ ގުޅޭ 74 ޝަކުވާ ރައީސް އޮފީހުން ވަނީ ހުށަހަޅާފައެވެ.

އެމްއެމްސީން ބުނެފައިވާނީ މިހާތަނަށް މިއަހަރު އެ ކައުންސިލަށް ހުށަހެޅުނު ޖުމްލަ ޝަކުވާގެ އަދަދަކީ 79 އެއް ކަމަށެވެ.

ރައީސް އޮފީހުގައި މީޑިއާ ތައް މޮނިޓަރކޮށް ބެލެހެއްޓުމަށް ޚާއްސަ ޑިޕާޓްމަންޓެއް އުފައްދާ ގިނަ އަދަދެއްގެ މީހުންނަށް އެ ޑިޕާޓްމަންޓުން ވަނީ ވަޒީފާ ހަމަ ޖައްސާފައެވެ. އެ ޑިޕާޓްމަންޓްގެ އެންމެ މުހިންމު އެއް މަސައްކަތަކީ މީޑިއާ ތަކަށް ފާރަވެރިވުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ސަރުކާރުން ސްޕޮންސަރ ދޭ މީޑިއާ ތަކުން ސަރުކާރު ޕްރޮމޯޓް ކުރާ މިންވަރު ބެލުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ އޮފީސްތަކަށާއި ކުންފުނި ތަކަށް އަންގަވާފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މި ގޮތުން 24 ޖޫން ގެ ތާރީޚް ގައި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އެޓް ދަ ޕްރެސިޑެންޓްސް އޮފީސް ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހިމް ޚަލީލް ސޮއި ކުރައްވާ ސަރުކާރުގެ މިނިސްޓްރީ ތަކަށާއި ކުންފުނި ތަކަށް ފޮނުއްވާފައިވާ ސިޓީ އެއް ގައި ވަނީ ސަރުކާރުގެ ވުޒާރާ ތަކާއި ކުންފުނި ތަކުން ސްޕޮންސަރ ދޭ ރާއްޖޭގެ އެކި މީޑިއާ ތަކުން ސަރުކާރުގެ މައުލޫމާތު ފަތުރަމުންދާ މިންވަރު ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެގެން ވަޒަން ކުރަމުން ގެންދާ ކަމަށެވެ.

އެމްއެމްސީގެ ހިސާބުތަކުން ފެންނަ ގޮތުން އެންމެ ގިނަ ޝަކުވާ ހުށައަޅާފައިވާ ދިޔަވަރު އޮންލައިނާ ގުޅޭ ގޮތުން 59 ޝަކުވާ ވަނީ ހުށަހަޅާފައެވެ. އޭގެ ތެރެއިން 30 ޝަކުވާ އެއް ބަލާ ނިމިފައިވާ ކަމަށާއި އޭގެ ތެރެއިން 20 މައްސަލަ ނޫހާ ދެކޮޅަށް ނިންމާފައިވާ ކަމަށްވެސް އެމްއެމްސީން ހާމަ ކޮށްފައިވެއެވެ.

މީގެ އިތުރުން ދޮންއަމާ، ދުންމާރި، ތޭރައޮންލައިން އަދި ކުރުސީ ޑޮޓް ކޮމް އާ ދެކޮޅަށް ޝަކުވާތައް ވަނީ ހުށަހަޅާފައެވެ.

ސަރުކާރުން އަމިއްލަ މީޑިއާ ތަކާ ދެކޮޅަށް ޝަކުވާތައް ހުށަހަޅަމުން ގެންދާ އިރު ސަރުކާރުގެ މިނިސްޓްރީ ތަކާއި ކުންފުނިތަކުން ސްޕޮންސަރ ދެނީވެސް ރައީސް އޮފީހުން އަންގާ މީޑިއާތަކަށް އެކަނި ކަމަށް ވެއެވެ.

މީގެ އިތުރަށް ބައެއް މީޑިއާ ތައް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ގެންގޮސް ބައެއް ޚާއްސަ ކަންކަމުގައި ޚަބަރުތައް ހަދަންވީ ގޮތުގެ އިރުޝާދު ދެމުންދާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

އިބްރާހިމް ހަލީލްއެމްއެމްސީމޯލްޑިވްސް މީޑިއާ ކައުންސިލްރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު