Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޗްއާރްއެމްއައި

މީޑިއާ ކޮންޓްރޯލް ބިލް ތަސްދީގު ކުރުމާއި ގުޅިގެން އެޗްއާރްއެމްއައި އިން ކަންބޮޑުވުން ފާޅުކޮށްފި

ހިއުމަން ރައިޓްސް މެޝަރމަންޓް އިނީޝިއޭޓިވްއިން މީޑިއާ އަދި ބްރޯޑްކާސްޓިންގ އިން ވަނީ ބިލާމެދު ކަންބޮޑުވުން ފާޅުކޮށްފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2025 | ހުކުރު 03:34
މިނިވަން މީޑިއާގައި ތަޅުއަޅުވާ ބިލާ ދެކޮޅަށް ނޫސްވެރިން މުޒާހަރާ ކުރަނީ

މިނިވަން މީޑިއާގައި ތަޅުއަޅުވާ ބިލާ ދެކޮޅަށް ނޫސްވެރިން މުޒާހަރާ ކުރަނީ

ދިވެހިރާއްޖޭގެ މީޑިއާ އަދި ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލު ރައީސް ޑރ މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމާއި ގުޅިގެން ހިއުމަން ރައިޓްސް މެޝަރމަންޓް އިނީޝިއޭޓިވް (އެޗްއާރްއެމްއައި) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ޖަމްއިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ނޫސްވެރިންނާއި މީޑިއާ ޖަމްއިއްޔާތަކާއި މަދަނީ ޖަމްއިއްޔާތަކުން ފާޅުކުރި ކަންބޮޑުވުންތަކަށް ރިއާޔަތް ނުކޮށް މި ބިލު ފާސްކޮށްފައިވާތީ، އެކަމާމެދު ކަންބޮޑުވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި މި ކަމުގައި ދިވެހި ނޫސްވެރިނާއި ، ނޫސްވެރިންގެ ޖަމްޢިއްޔާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި މޯލްޑިވްސް މީޑިއާ ކައުންސިލާއެކު އެއްބައިވަންތަކަމާއެކު ސާބިތުވެ ތިބޭނެކަމަށް ވެސް އެޗްއާރްއެމްއައި ގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެޗްއާރްއެމްގެ ބަޔާނުގައި ބުނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އަސާސީ ޙައްޤެއް ކަމަށާއި އަދި ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމަކީ ޑިމޮކްރެޓިކް މުޖުތަމައުއެއްގެ އެންމެ މުހިންމު ތަނބު ކަމަށެވެ. އަދި ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދަށަށް ގޮސްފައިވާކަން އެ ޖަމްއިއްޔާގެ ތަފާސްހިސާބުތަކުން ދައްކާކަމަށް ވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އަސާސީ އިންސާނީ ޙައްޤެއް، އަދި ޑިމޮކްރެޓިކް މުޖުތަމައުއެއްގެ މުހިންމު ތަނބެއް. އަދި ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދަށަށް ގޮސްފައިވާކަން ތަފާސްހިސާބުތަކުން ދައްކާކަމުގައެވެ.
ހިއުމަން ރައިޓްސް މެޝަރމަންޓް އިނީޝިއޭޓިވް (އެޗްއާރްއެމްއައި)

މީގެ އިތުރުން އެޗްއާރްއެމްއައި އިން ވަނީ މީޑިއާ ކޮންޓްރޯލް ކުރާ ބިލު އަނބުރާ ގެންގޮސް، ނޫސްވެރިން ފާޅުކުރާ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ޤާނޫނުގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށް ފުރުސަތު ދިނުމަށް ދިވެހި ސަރުކާރަށް ގޮވާލާފަ އެވެ.

އަދި އެއްވެސް ހުރަހެއް، ސެންސަރޝިޕަކާ ނުލައި ނޫސްވެރިންނަށާއި އާންމު ފަރާތްތަކަށް މިނިވަން ކަމާއި އެކު ޚިޔާލުފާޅުކުރެވޭނެ މާހައުލެއް ޤާއިމްކޮށްދިނުމަށް ވެސް އެޗްއާރްއެމްއައި އިން ވަނީ ދިވެހި ސަރުކާރަށް ގޮވާލާފަ އެވެ.

އެޗްއާރްއެމްއައި ގެ އިތުރުން އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އާއި ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ވެސް ވަނީ މީޑިއާ ކޮންޓްރޯލް ބިލު ތަސްދީގު ކުރުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިނިވަން ނޫސްވެރިކަމާއި ހިޔާލުގައި ތަޅު އެޅުވޭ ގޮތަށް އޮތް މީޑިއާ ބިލު ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ ބުރާސްފަތި ދުވަހު އެވެ. ރައީސް މުއިއްޒު މި ބިލު ތަސްދީގު ކުރެއްވީ ބައިނަލްއަގުވާމީ ޖަމްއިއްޔާ ޖަމާއަތްތަކުން ބިލު ތަސްގީދު ނުކުރުމަށް ތަކުރާރުކޮށް ގޮވާލަމުން ދަނިކޮށެވެ.

ރައީސް މުއިއްޒު މީޑިއާ ބިލް ތަސްދީގު ކުރެއްވި ނަމަވެސް އެ ގާނޫނަކީ ޣައިރު ދުސްތޫރީ ގާނޫނެއް ކަމަށާއި އެ ގާނުނަށް ތަބާނުވާނެ ކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

މީޑިއާ ބްރޯޑްކާސްޓިންގ ބިލްއެޗްއާރްއެމްއައިއެމްޖޭއޭމޯލްޑިވްސް މީޑިއާ ކައުންސިލްދުލާއި ގަލަމުގެ މިނިވަންކަންނޫސްވެރިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

މީޑިއާ ފަންޑުގެ މިނިވަން ރިވިއު އެއް ހެދުމަށް އޯކާ މީޑިއާ އިން ގޮވާލައިފި

މީޑިއާ ފަންޑުގެ މިނިވަން ރިވިއު އެއް ހެދުމަށް އޯކާ މީޑިއާ އިން ގޮވާލައިފި

30 އޮކްޓޯބަރު 2025
މެކްސިކޯގައި މަސްތުވާތަކެތީގެ މައްސަލަ ރިޕޯޓު ކުރާ ނޫސްވެރިޔަކު މަރާލައިފި

މެކްސިކޯގައި މަސްތުވާތަކެތީގެ މައްސަލަ ރިޕޯޓު ކުރާ ނޫސްވެރިޔަކު މަރާލައިފި

28 އޮކްޓޯބަރު 2025
މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ

މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ

12 އޮކްޓޯބަރު 2025
ރާއްޖޭގައި ކުރާ މުޒާހަރާތަކާއި ހައްޔަރު ކުރި މީހުންގެ ރިޕޯޓުތަށް ވަރަށް ގާތުން ބަލަމުންދާކަމަށް ކޮމަންވެލްތުން ބުނެފި

ރާއްޖޭގައި ކުރާ މުޒާހަރާތަކާއި ހައްޔަރު ކުރި މީހުންގެ ރިޕޯޓުތަށް ވަރަށް ގާތުން ބަލަމުންދާކަމަށް ކޮމަންވެލްތުން ބުނެފި

05 އޮކްޓޯބަރު 2025
މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ

މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ

03 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު