Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސްކީލާން ޑޮކިއުމެންޓަރީ

ރައީސް މުއިއްޒުގެ ދޮން މަންމަ އަށް ނިސްބަތްވާ ޑޮކިއުމެންޓަރީ "ސްކީލާން" ގެ ވީޑިއޯކޮޅެއް ޕީއެސްއެމް އިން ދައްކައިގެން މުސްތަފާ ވަޒީފާ އިން ކަނޑާލައިފި

30 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޕީއެސްއެމް އަށް މުސްތޮފާ ޚިދުމަތް ކުރައްވާފައިވޭ

ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2024 | ބުރާސްފަތި 19:50
މީޑިއާ ކައުންސިލުގެ ރައީސް އަހްމަދު މުސްތަފާ

މީޑިއާ ކައުންސިލުގެ ރައީސް އަހްމަދު މުސްތަފާ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސްކަން ކުރައްވަމުން ގެންދަވާ އަހްމަދު މުސްތަފާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގައި އޭނާ އަދާކުރައްވަމުން ގެންދަވާ ވަޒީފާއިން ޕީއެސްއެމްގެ ބޯޑުން ނިންމައިގެން ބުރާސްފަތި ދުވަހު ވަކިކޮށްފިއެވެ.

ޕީއެސްއެމްގެ ޓެކްނިކަލް އޮޕަރޭޝަންސް މެނޭޖަރުގެ މަގާމުގައި ހުންނެވި އަދި 30 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޕީއެސްއެމް އަށް ޚިދުމަތް ކުރައްވާފައިވާ މުސްތަފާ މަގާމުން ވަކި ކުރީ، ބުރާސްފަތި ވިލޭރޭ މޯލްޑިވްސް މީޑިއާ ކައުންސިލުން ބޭއްވި 11 ވަނަ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާ ގައި އެކި ދާއިރާތަކުން އެވޯޑްތަކަށް ނޮމިނޭޓްވި ކޮންޓެންޓު ދެއްކުމުގެ ތެރޭގައި، ތަހުގީގީ ދާއިރާއިން ނޫސްވެރިކަމުގެ އިނާމު ލިބުނު "އަދަދު" ނޫހުން ތައްޔާރު ކުރި "ސްކީލާން" ޑޮކިއުމެންޓަރީގެ ވީޑިއޯ ކޮޅެއް ޕީއެސްއެމްގެ ވަގުތުން ދެއްކި އެ އިވެންޓުގައި އޮން އެއަރ ވުމާ ގުޅިގެންކަން މި ނޫހަށް ވަނީ ކަށަވަރުވެފައެވެ.

Advertisement - newsAdvertisement

ގިނަ ބައެއްގެ ސަމާލުކަން ހޯދި އެ ޑޮކިއުމެންޓަރީ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮން މަންމަ، ސްރީލަންކާގެ ރައްޔިތެއް ކަމުގައިވާ ޖީ ސްކީލާން، ރާއްޖޭން ބްލެކްލިސްޓުކޮށް ޑީޕޯޓުކުރި ގޮތާއި އޭނާ ރައީސް މުއިއްޒުގެ މައްޗަށް ކުރާ ތުހުމަތުތަކުގެ މައްޗަށް ތައްޔާރު ކުރި ޑޮކިއުމެންޓަރީއެކެވެ.

މީޑިއާ ކައުންސިލުން ބުރާސްފަތި ވިލޭރޭ ބޭއްވި ހަފްލާގައި ޕީއެސްއެމް އިން އޮން އެއަރވެފައިވަނީ "ސްކީލާން" ޑޮކިއުމެންޓަރީގެ މަދު ސިކުންތު ކޮޅެއްގެ ވީޑިއޯ ފުޓޭޖްކަން ފާހަގަ ކުރެވެއެވެ.

މުސްތަފާ ޕީއެސްއެމްގެ ވަޒީފާއިން ކުއްލި ގޮތަކަށް ވަކި ކުރި އިރު އޭނާ އަކީ މީޑީއާގެ ދާއިރާ އިން މީހުން ބިނާ ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ފަރާތެކެވެ.

މީޑިއާ ކައުންސިލުން ދޭ އެވޯޑްތަކަށް ފަރާތްތައް ހޮވަނީ އެކަމަށް ކަނޑައަޅާ ޚާއްސަ ޕެނަލަކުން ކަމަށާއި، އެއްވެސް ކޮންޓެންޓަކީ އާންމު އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮންޓެންޓެއް ކަމަށް ކަނޑައަޅާފައިވާނަމަ އެފަދަ ކޮންޓެންޓެއް ނޮމިނޭޓް ނުކުރެވޭނެ ކަމަށްވެސް އެމްއެމްސީން މިކަމުގައި ގެންގުޅޭ މިންގަނޑުގައި އޮންނަނީ ކަނޑައަޅާފައެވެ.

ތަހުގީގީ ދާއިރާއިން އެމްއެމްސީން އެވޯޑް ދިން "ސްކީލާން" އަކީ ރާއްޖޭގައި ދެއްކުން މަނާކޮށްފައިވާ ކޮންޓެންޓެއްގެ ގޮތުގައި އެއްވެސް ފަރާތަކުން ކަނޑައަޅާފައިވާ ޑޮކިއުމެންޓަރީ އެއް ނޫންކަންވެސް ފާހަގަ ކުރެވެއެވެ.

އިތުބާރުހުރި ގޮތަކަށް މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުސްތަފާ މަގާމުން ވަކި ކުރިކަން ޕީއެސްއެމް ބޯޑުން ފާސްކުރި އިރު މުސްތަފާގެ ބަހެއްވެސް އެކަމުގައި ހޯދާފައެއް ނުވެއެވެ.

މީޑިއާ ކައުންސިލަށް މުސްތަފާ އިންތިޚާބުކުރީ ޕީއެސްއެމް އިން ހިންގާ ޓީވީއެމް ތަމްސީލްކުރާ މެންބަރެއްގެ ގޮތުގައެވެ. ކައުންސިލްގެ ރައީސްކަމަށް އޭނާ އިންތިޚާބު ކުރީ މީގެ ދެ އަހަރު ކުރިންނެވެ.

ތަހުގީގީ ދާއިރާއިން 2023 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު "އަދަދު" ނޫހުން އުފެއްދި "ސްކީލާން" އަށް ދިން ޚާއްސަ ހަފްލާގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު އާއި ގައުމިއްޔަތާ ބެހޭ މިނިސްޓަރ އާދަމް ނަސީރު އާއި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު އާއި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އާއި އެސްޓީއޯގެ ޗެއާމަން އާމިރު މަންސޫރު ބައިވެރިވެ ވަޑައިގަތެވެ.

ބުރާސްފަތި ދުވަހު މުސްތަފާ ވަޒީފާއިން ވަކި ކުރި އިރު، ބުރާސްފަތި ވިލޭރޭ އޮތް ނޫސްވެރިކަމުގެ އެވޯޑް ދިނުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މި ސަރުކާރުން ނޫސްވެރިންނަށް ދުލާއި ގަލަމުގެ މިނިވަންކަން ފުރިހަމައަށް ދޭނެ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވަނީ ވިދާޅުވެފައެވެ.

އަހްމަދު މުސްތޮފާ، އެމްއެމްސީގެ ރައީސްމޯލްޑިވްސް މީޑިއާ ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

މީޑިއާ ކޮންޓްރޯލް ބިލް ތަސްދީގު ކުރުމާއި ގުޅިގެން އެޗްއާރްއެމްއައި އިން ކަންބޮޑުވުން ފާޅުކޮށްފި

މީޑިއާ ކޮންޓްރޯލް ބިލް ތަސްދީގު ކުރުމާއި ގުޅިގެން އެޗްއާރްއެމްއައި އިން ކަންބޮޑުވުން ފާޅުކޮށްފި

19 ސެޕްޓެމްބަރު 2025
ބިލުގައި ހައްގުތައް އޮތީ ހަނިކޮށްފައި، އިސްލާހެއް ނުގެނެސް ބިލު ބޭރުކުރަން ޖެހޭ - ސަގީފް

ބިލުގައި ހައްގުތައް އޮތީ ހަނިކޮށްފައި، އިސްލާހެއް ނުގެނެސް ބިލު ބޭރުކުރަން ޖެހޭ - ސަގީފް

31 އޯގަސްޓު 2025
ދައުލަތުގެ މީޑިއާއިން ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ތަކުރާރުކޮށް ގާނޫނާ ޚިލާފުވާކަމަށް ބުނެ މަޖިލީހަށް މައްސަލައެއް

ދައުލަތުގެ މީޑިއާއިން ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ތަކުރާރުކޮށް ގާނޫނާ ޚިލާފުވާކަމަށް ބުނެ މަޖިލީހަށް މައްސަލައެއް

03 މެއި 2025
މޯލްޑިވްސް މީޑިއާ ކައުންސިލް ގެ ރައީސް ކަމަށް ސަގީފް

މޯލްޑިވްސް މީޑިއާ ކައުންސިލް ގެ ރައީސް ކަމަށް ސަގީފް

17 ޑިސެމްބަރު 2024
"ސްކީލާން" ގެ ވީޑިއޯކޮޅެއް ޕީއެސްއެމް އިން ދައްކައިގެން ވަޒީފާ އިން ކަނޑާލި މުސްތަފާގެ ވަޒީފާ ޕީއެސްއެމުން އިޔާދަކޮށްފި

"ސްކީލާން" ގެ ވީޑިއޯކޮޅެއް ޕީއެސްއެމް އިން ދައްކައިގެން ވަޒީފާ އިން ކަނޑާލި މުސްތަފާގެ ވަޒީފާ ޕީއެސްއެމުން އިޔާދަކޮށްފި

02 ނޮވެމްބަރު 2024

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު