Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މީޑިއާ ކޮންޓްރޯލް ކުރާ ބިލު

ބިލުގައި ހައްގުތައް އޮތީ ހަނިކޮށްފައި، އިސްލާހެއް ނުގެނެސް ބިލު ބޭރުކުރަން ޖެހޭ - ސަގީފް

މީޑިއާތަކާއި ނޫސްވެރިންނާއި މީޑިއާ ކައުންސިލްގެ އިތުރުން އެއްވެސް ދިރާސާއެއް ނެތި ބިލު ހުށަހަޅާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 31 އޯގަސްޓު 2025 | އާދީއްތަ 15:07
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ހުސައިން ސަގީފު މަޖިލީހުގެ ކޮމިޓީގައި

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ހުސައިން ސަގީފު މަޖިލީހުގެ ކޮމިޓީގައި

ނޫސްތައް ތަޅުއަޅުވާ ބިލުގައި ނޫސްވެރިންގެ ހައްގުތައް އޮތީ ހަނިކޮށްފައި ކަމަށާއި، ބިލަށް ސަރުކާރުން ތާއިދުކުރާއިރު، ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި އޮތީ މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އަށް ދެ ގާނޫނެއް ހަދާ ވާހަކަ ކަމަށާއި، ބިލަށް ތާއިދު ނުކުރާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ހުސައިން ސަގީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން މީޑިއާ ކައުންސިލްގެ ރައީސް ހުސައިން ސަގީފް ވިދާޅުވީ ތުޅާދޫ ދާއިރާގެ މެންބަރު ހަންނާން ހުށަހެޅުއްވި ބިލަކީ މީޑިއާތަކާއި، ނޫސްވެރިންނާއި، މޯލްޑިވްސް މީޑިއާ ކަައުންސިލްއަށް އެއްވެސް ވަރަކަށް ދިރާސާއެއް ކުރުމުގެ ފުރުސަތެއް ނުދީ އަދި މަޝްވަރާކުރުމެއް ނެތި ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. އަދި މިހާރު ބިލު އޮތްގޮތުން ގާނޫނުއަސާސީ އިން ލިބިދީފައިވާ ހައްގާއި އެހެނިހެން ހައްގުތަކަށް ހަނިވާ ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ގެއްލި ނޫސްވެރިކަމުގެ އަސާސްތައް ގެއްލިގެން ދާނެ ކަމަށް ސަގީފް ވިދާޅުވިއެވެ.

އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގިނަ މާއްދާތަކެއް ބިލުގައި ހިމެނޭ ކަމަށާއި، ގާނޫނުން އެލުލަވާލާ މީޑިއާ ކޮމިޝަނެއް އޮންނަ އިރު، ބިލުގައި ބްރޯޑްކާސްޓަރުންނާއި ރި-ބްރޯޑްކާސްޓަރުންގެ ހައްގުތަކާއި ނޫސްވެރިންނާއި ގުޅުންހުރި ހައްގުތައް މަސްހުނިވެފައިވާ ކަމަށް ސަގީފު ވިދާޅުވިއެވެ. އަދި ޕްރިންޓް، އޮންލައިން މީޑިއާގެ ނޫސްވެރިކަމުގެ ހައްގުތަކަށް ހިޔަނިއެޅިފައިވާ ކަމަށެވެ.

ނޫސްވެރިކަމަށް އިނތިހާއަށް ބޮޑު ބަދަލެއް އަންނާނެކަން އެއީ އަޅުގަނޑުމެން އެންމެންވެސް އިއްތިފާގުވާ ކަމެއް. ދެން ބިލު އެކުލަވާލުމުގައި ބިލުގައި ނޫސްވެރިންނާއި މި ދާއިރާގެ އެހެން ސްޓޭކް ހޯލްޑަރުންގެ ބަހެއް ނެތް. ކުރިން މީގެ ބިލެއް ހުށަހެޅުނު އިރު މީޑިއާ ކައުންސިލާއި ބަންޑާރަ ނައިބާއި މަޝްވަރާ ކުރެވުނު އިރު މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަން އެއްކޮށްލާނީ މީޑިއާތަކުން އެގޮތަށް އެދޭނަމަ ކަމަށް ވިދާޅުވި.
މީޑިއާ ކައުންސިލްގެ ރައީސް ހުސައިން ސަގީފް

ސަގީފު ވިދާޅުވީ ޕީޖީ އޮފީހުގެ ވެބްސައިޓުގައި ހިމަނާފައި އޮތް ލެޖިސްލޭޓިވް އެޖެންޑާގައޮ އޮތީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި، މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބިލު ބަކިން ހުށަހަޅާ ގޮތަށް ކަމަށެވެ.

މީޑިއާ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް މުހައްމަދު ވިދާޅުވީ މިހާރު ހުށަހެޅިފައި އޮތް ބިލަށް އިތުރު ޝަކުވާއެއް ހުށަނާޅާ ބިލު ކޮށްލުމަކީ ކައުންސިލްގެ ސްޓޭންޑް ކަމަށެވެ. އަދި ގާނޫނެއް މުހިންމު ނަމަވެސް އެ މަސައްކަތް ގެންދަން ބޭނުންވަނީ ސްޓޭކް ހޯލްޑަރުންގެ ޝާމިލުވުމާއެކުގައި ކަމަށެވެ.

މިފަދަ މަސައްކަތްތައް ޑިމޮކްރަޓިކް ހަމަތަކުން ކުރިއަށް ގެންދާކަމުގައިވާނަމަ ހޯލް އޮފް ގަވަމަންޓް ހޯލް އޮފް ސޮސައިޓީ އެޕްރޯޗަކަށް ދިއުމަކީ މީޑިއާ ކައުންސިލްގެ ވަރަށް ބޮޑު އެދުމެއް. އެހެން ނޫންކަމުގައިވާނަމަ މި ބިލުގެ ސަބަބުން އިތުރު މައްސަލަތަކެއް ނުކުތުމަތީ މައްސަލަ ނުކުމެދާނެ ކަމެއް. މި ބިލަކީ ނޫސްވެރިންގެ އިތުރުން ރައްޔިތުންގެ މަސްލަހަތާއި ގުޅިފައިވާ ކަމެއް.
މީޑިއާ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް މުހައްމަދު

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ބައިވެރިވި މީޑިއާ ކައުންސިލްގެ އެހެން މެންބަރުންވެސް ވަނީ ބިލުގައި ހުރި ކަންބޮޑުވުންތަކުގެ ވާހަކަތައް ހިއްސާކޮށްފައެވެ. އެގޮތުން ނޫސްތަކާއި ޓީވީތަކަށް ދިމާވާނެ ގޮންޖެހުންތަކާއި، ބިލު އޮތް ގޮތުން ސަރުކާރުން ކުރާ ކަންކަން ރައްޔިތުންނާއި ހަމައަށް ނުގެނެވުމުގެ ކަންބޮޑުވުން ވަނީ ހިއްސާކޮށްފައެވެ. އަދި ބިލު އަވަސް އަރުވާލައިގެން ކޮމިޓީގެ މަސައްކަތް ދައުރުން ބޭރުން ކުރާތީ އެކަމުގެ ކަންބޮޑުވުންވެސް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިތުރުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި ވެސް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ވަނީ ބައްދަލުކުރައްވާފައެވެ. އަދި " މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް" އާއި ގުޅޭ ގޮތުން ދިވެހިރާއްޖޭގައި ރަޖިސްޓަރކޮށްފައިވާ މީޑިއާތަކާއި އެކު މަޝްވަރާ ކުރުމަށް ހޯމަ ދުވަހު މަޖިލީހުގެ އިދާރާގައި ބައްދަލުވުމެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ހުސެއިން ޖަބީންމޯލްޑިވްސް މީޑިއާ ކައުންސިލްހަންނާނުޕްރެސް ފްރީޑަމްމީޑިއާ ކޮމިޝަންތުޅާދޫ ދާއިރާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
މީޑިއާތަކުން ބޮއިކޮޓްކޮށްފައިވާ މީޑިއާ ކޮންޓްރޯލް ކުރާ ކޮމިޝަންގެ މެންބަރު ކަމަށް ތިން ބޭފުޅަކު ޢައްޔަންކުރައްވައިފި

މީޑިއާތަކުން ބޮއިކޮޓްކޮށްފައިވާ މީޑިއާ ކޮންޓްރޯލް ކުރާ ކޮމިޝަންގެ މެންބަރު ކަމަށް ތިން ބޭފުޅަކު ޢައްޔަންކުރައްވައިފި

22 އޮކްޓޯބަރު 2025
ކިހާދޫ ޓިވެޓް ސެންޓަރުގެ މައްސަލަ އާއި މީޑިއާ ކޮމިޝަނަށް މެމްބަރުން އައްޔަންކުރާ މައްސަލަ ހިމަނައި އަންގާރަ ދުވަހުގެ ޖަލްސާގެ  އެޖެންޑާ އާންމުކޮށްފި

ކިހާދޫ ޓިވެޓް ސެންޓަރުގެ މައްސަލަ އާއި މީޑިއާ ކޮމިޝަނަށް މެމްބަރުން އައްޔަންކުރާ މައްސަލަ ހިމަނައި އަންގާރަ ދުވަހުގެ ޖަލްސާގެ އެޖެންޑާ އާންމުކޮށްފި

20 އޮކްޓޯބަރު 2025
މީޑިއާ ކޮމިޝަން އިންތިޚާބަށް ކުރިމަތިލާ މީހުން ރެކޯޑު ސާފުކުރުން އަވަސްކުރުމަށް ޑީޖޭއޭއިން އެދެފި

މީޑިއާ ކޮމިޝަން އިންތިޚާބަށް ކުރިމަތިލާ މީހުން ރެކޯޑު ސާފުކުރުން އަވަސްކުރުމަށް ޑީޖޭއޭއިން އެދެފި

27 ސެޕްޓެމްބަރު 2025
ހޮސްޕިޓަލާއި އެއަރޕޯޓްގެ މަޝްރޫޢު ފެށުނު ގޮތް، ވިލިފުށީ ކައުންސިލްގެ ރައީސް، ރައީސް މުއިއްޒަށް ކިޔައި ދެއްވައިފި

ހޮސްޕިޓަލާއި އެއަރޕޯޓްގެ މަޝްރޫޢު ފެށުނު ގޮތް، ވިލިފުށީ ކައުންސިލްގެ ރައީސް، ރައީސް މުއިއްޒަށް ކިޔައި ދެއްވައިފި

24 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު