Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއުރީދޫ ސާފް ޗެމްޕިއަންޝިޕް

ނޭޕާލް އަތުން ރާއްޖެއަށް ނާކާމިޔާބު

1 އޮކްޓޯބަރު 2021 | ހުކުރު 17:55

މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ބަންގްލަދޭޝްއާ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 1 އޮކްޓޯބަރު 2021 | ހުކުރު 17:55
ނޭޕާލާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން

ނޭޕާލާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން

ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ކުޅުނު ފުރަތަމަ މެޗުން ނޭޕާލް އަތުން އެންމެ ފަހުގެ ޗެމްޕިއަން ރާއްޖެ ބަލިވެއްޖެއެވެ.

ހުކުރު ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން ނޭޕާލް އަތުން ރާއްޖެ ބަލިވ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ ސާފް ޗެމްޕިއަންޝިޕުގެ ތާރީޚުގައި ނޭޕާލް އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހަރެވެ.

ގިނަ އަދަދެއްގެ ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، މި ހާފުގައި ލަނޑެއް ޖަހަން ރާއްޖެއަށް ވަނީ ގިނަ ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން މެޗު ފަށައިގެން ހަވަނަ މިނެޓުގައި ހަމްޒާ މުޙައްމަދު (ހަމްޕު) އާއި އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ހަމަލާތައް ނޭޕާލުގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފައެވެ.

އޭގެ ފަހުން މެޗުގެ 19 ވަނަ މިނެޓުގައި އޭރިއާ ބޭރުން ސެންޓޭ ފޮނުވާލި ހަމަލާއެއް ނޭޕާލުގެ ގޯލްކީޕަރު ކިރަން ޝެމްޝޮން ދިފާއުކުރިއިރު، މެޗުގެ 27 ވަނަ މިނެޓުގައި ހުސެއިން ސިފާއު ޔޫސުފް (ކުރޯ) ހުރަސްކޮށްދިން ބޯޅައަކުންވެސް ސެންޓޭ ވަނީ ބޮލުން ހަމަލާއެއް އުފައްދާފައެވެ. އެކަމަކު އެ ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. އަދި އޭގެ ފަހުން މެޗުގެ 33 ވަނަ މިނެޓުގައި ނޭޕާލުގެ ދެ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށްފަހު އިތުބާރު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ފޮނުވާލި ބޯޅައެއްވެސް ކިރަން ވަނީ ހުއްޓުވާފައެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެން ނޭޕާލުން ކުޅުން ރަނގަޅުކުރި ނަމަވެސް، މި ހާފު ފަށައިގެން 14 ވަނަ މިނެޓުގައި ސންޓޭ ހުރަސް ކޮށްދިން ބޯޅައަކުން ސަމޫހް އަލީ ސަމުއްޓެ ވަނީ ބޮލޫން ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެ ހަމަލާގެ ހުރަހަކަށްވީ ނޭޕާލުގެ ގޯލްކީޕަރު ކިރަންއެވެ.

މި މެޗުގެ 65 ވަނަ މިނެޓުގައި ނޭޕާލުގެ އަންޖަން ބިސްޓާއަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ރާއްޖޭގެ ގޯލްކީޕަރު މުޙައްމަދު ފައިސަލް ވަނީ ދިފާއުކޮށްފައެވެ. އޭގެ ފަހުން މެޗުގެ 75 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ދަގަނޑޭއަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ނާއިޒް ހަސަން (ދާދު) ފޮނުވާލި ހަމަލާއެއްވެސް ދިޔައީ ގޯލުގެ ހުރަސް ދަނޑި ކައިރިން ބޭރަށެވެ.

މި މެޗުގައި ނޭޕާލުން ލީޑު ނަގާފައިވަނީ މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. ކައުންޓަ އެޓޭކެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މަނީޝް ޑަންގީއެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ބަލިވިއިރު، މި މުބާރާތުގައި ރާއްޖޭން ދެން މެޗެއް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެރެއެވެ. އެރޭ ރާއްޖެ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަންގްލްދޭޝް ވަނީ ސްރީ ލަންކާ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ސާފް ޗެމްޕިއަންޝިޕްގައުމީ ފުޓްބޯޅަ ޓީމު

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2025

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި
25 ސެޕްޓެމްބަރު 2025

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2025
ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ
26 އޯގަސްޓު 2024

ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

26 އޯގަސްޓު 2024
ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!
11 ޖޫން 2024

ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

11 ޖޫން 2024
ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ
11 އޮކްޓޯބަރު 2023

ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

11 އޮކްޓޯބަރު 2023
ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!
31 އޯގަސްޓު 2023

ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ

31 އޯގަސްޓު 2023
ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ
01 ޖުލައި 2023

ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް

01 ޖުލައި 2023
ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް
01 ޖުލައި 2023

އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް

01 ޖުލައި 2023
އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް
01 ޖުލައި 2023

އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ

01 ޖުލައި 2023
އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ
01 ޖުލައި 2023

އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި

01 ޖުލައި 2023
އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް