Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއުރީދޫ ސާފް ޗެމްޕިއަންޝިޕް

ދިވެހި ކޯޗުންނަށް އިތުބާރު ހޯދުމަށް ސާފް ޗެމްޕިއަންޝިޕް މުހިންމު: ސުޒޭން

30 ސެޕްޓެމްބަރު 2021 | ބުރާސްފަތި 14:13

ގައުމީ ޓީމުގެ ތައްޔާރީތައް ދިޔައީ ވަރަށް ފުރިހަމަކޮށް ކަމަށް ސުޒޭން ބުނި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 30 ސެޕްޓެމްބަރު 2021 | ބުރާސްފަތި 14:13
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން

ދިވެހި ކޯޗުންނަށް އިތުބާރު ހޯދުމަށް މި ފަހަރުގެ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" މުހިންމު ކަމަށް ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

އަންނަ ހުކުރު ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބާއްވާއިރު، މި ފަހަރުގެ މުބާރާތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެކުލަވާލާފައިވަނީ މުޅިން ދިވެހި ކޯޗުންގެ ޓީމެކެވެ. އެގޮތުން ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި ސުޒޭން ހަރަކާތްތެރިވާއިރު، އެސިސްޓަންޓް ކޯޗުންގެ ގޮތުގައި މަސައްކަތް ކުރާނީ އިސްމާޢީލް މަހްފޫޒް (އިންމަ) އާއި، ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުޙައްމަދެވެ. މީގެ އިތުރުން ގޯލްކީޕަރު ޓްރެއިނަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ އަސްލަމް އަބްދުލް ރަހީމެވެ.

އެއާއެކު ސައްތައިން ސައްތަ އެ ގައުމަކަށް ނިސްބަތްވާ ކޯޗުންގެ ޓީމަކާއެކު މުބާރާތަށް ނުކުންނާނީ ރާއްޖޭން އެކަންޏެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެރޭ ނޭޕާލާ ދެކޮޅަށް ނުކުތުމުގެ ކުރިން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސުޒޭން ބުނީ ދިވެހި ކޯޗުންނަށް އިތުބާރުކުރުމުގެ ބައި ރާއްޖޭގައި އޮތީ ކޮންމެވެސް ވަރަކަށް ކުޑަކޮށް ކަމަށާއި، އެހެންކަމުން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރެވިއްޖެނަމަ، ގައުމީ ޓީމުގައި މިތިބަ ދިވެހި ކޯޗުންގެ އިތުރުން ޓީމުން ބޭރުގައި ތިބި ދިވެހި ކޯޗުންނަށްވެސް އޭގެ ފައިދާކުރާނެ ކަމަށެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ޓީމުން ގަތަރުގައި ކޭމްޕުކުރިއިރު، މީގެ ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ސުޒޭނަށް ވަނީ ކޭމްޕުގެ ބޮޑުބައި ގެއްލިފައެވެ. އެއާއެކު ގަތަރުގައި ގައުމީ ޓީމުގެ ކަންކަން ބަލަހައްޓާފައިވަނީ އިންމައެވެ. މި ކޭމްޕުގައި ރާއްޖޭން ވަނީ އެކުވެރިކަމުގެ ދެ މެޗެއް ކުޅެފައެވެ. އެގޮތުން ފުރަތަމަ މެޗުގައި މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެރޭ ގަތަރުގެ ދެވަނަ ޑިވިޝަނުގެ ލުސައިލް އެސްސީ އަތުން ރާއްޖެ މޮޅުވީ 4-3 ގެ ނަތީޖާއަކުންނެވެ. އަދި ހޮނިހިރު ދުވަހުގެރޭ ކުޅުނު ދެވަނަ މެޗުން ވަނީ ގަތަރުގެ އާމީ ނެޝަނަލް ޓީމާ ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

މި ކޭމްޕްގައި އެންމެ ފުރަތަމަ ރާއްޖޭން ތިން މެޗެއް ކުޅެން ހަމަޖެހުނު ނަމަވެސް، ސްރީ ލަންކާއާ ދެކޮޅަށް ކުޅެން ރޭވި ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗު ކެންސަލްވީ ގަތަރުގެ ވިސާ ނުލިބިގެން ލަންކާއަށް ނާދެވުމުންނެވެ.

ސުޒޭން ބުނީ ގައުމީ ޓީމުގެ ތައްޔާރީތައް ދިޔައީ ވަރަށް ފުރިހަމަކޮށް ކަމަށެވެ. އެގޮތުން ކޭމްޕުގައި ކުރަން ބޭނުންވި ހުރިހާ ކަމެއް ހާސިލުވި ކަމަށާއި، އަދި ލަންކާއާ ދެކޮޅަށް ކުޅެން އުޅުނު މެޗު ނުކުޅެވުމަކުން މާ ބޮޑު މައްސަލަތަކެއް ދިމާވެދާނެ ކަމަށް އުއްމީދު ނުކުރާ ކަމަށްވެސް ބުންޏެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ނޭޕާލާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، ރާއްޖޭން 2018 ވަނަ އަހަރު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުގައި ވަނީ 3-0 ގެ ނަތީޖާއަކުން ނޭޕާލް ބަލިކޮށްފައެވެ. އަދި ސާފް ޗެމްޕިއަންޝިޕުގައި މިހާތަނަށް ރާއްޖޭން ވަނީ ނޭޕާލާ ދެކޮޅަށް ހަތް މެޗެއް ކުޅެފައެވެ. އޭގެ ތެރެއިން ދެ މެޗު އެއްވަރުވެގެން ނިމުނުއިރު، އަނެއް ފަސް މެޗުން ރާއްޖެ ވަނީ މޮޅުވެފައެވެ.

ސާފް ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތު ހުކުރު ދުވަހުގެރޭ ބާއްވާއިރު، އެ ރަސްމިއްޔާތަށްފަހު ނޭޕާލާއި ރާއްޖެ ބައްދަލުކުރާ މެޗު ފަށާނީ 21:00 ގައެވެ.

ސާފް ޗެމްޕިއަންޝިޕްގައުމީ ފުޓްބޯޅަ ޓީމު

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2025

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި
25 ސެޕްޓެމްބަރު 2025

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2025
ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ
26 އޯގަސްޓު 2024

ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

26 އޯގަސްޓު 2024
ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!
11 ޖޫން 2024

ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

11 ޖޫން 2024
ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ
11 އޮކްޓޯބަރު 2023

ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

11 އޮކްޓޯބަރު 2023
ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!
31 އޯގަސްޓު 2023

ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ

31 އޯގަސްޓު 2023
ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ
01 ޖުލައި 2023

ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް

01 ޖުލައި 2023
ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް
01 ޖުލައި 2023

އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް

01 ޖުލައި 2023
އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް
01 ޖުލައި 2023

އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ

01 ޖުލައި 2023
އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ
01 ޖުލައި 2023

އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި

01 ޖުލައި 2023
އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް