Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއުރީދޫ ސާފް ޗެމްޕިއަންޝިޕް

ޓިކެޓް ވިއްކަން ފަށައިފި، ދިވެހި ސަޕޯޓަރުންގެ ދިގު ކިޔޫއެއް

29 ސެޕްޓެމްބަރު 2021 | ބުދަ 10:50

ކޮންމެ މީހަކަށްވެސް ގިނަވެގެން ވިއްކާނީ ފަސް ޓިކެޓް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 29 ސެޕްޓެމްބަރު 2021 | ބުދަ 10:50
ޓިކެޓް ގަންނަން ދިވެހި ސަޕޯޓަރުން ދިގު ކިޔޫއެއް ހަދާފައި

ޓިކެޓް ގަންނަން ދިވެހި ސަޕޯޓަރުން ދިގު ކިޔޫއެއް ހަދާފައި

އަންނަ ހުކުރު ދުވަހު މާލޭގައި ފަށާ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގެ ފުރަތަމަ ދުވަހުގެ މެޗުތަކުގެ ޓިކެޓް ވިއްކަން ފަށައިފިއެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ ހުކުރު ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. 

ބުދަ ދުވަހުގެ މެންދުރުފަހު 14:00 އިން ފެށިގެން ވިއްކަން ފަށާފައިވަނީ ސާފް ޗެމްޕިއަންޝިޕުގެ ފުރަތަމަ ދުވަހު ކުޅޭ ދެ މެޗުގެ ޓިކެޓުތަކެވެ. އެގޮތުން ސާފް ޗެމްޕިއަންޝިޕް ހުޅުވާ ރަސްމިއްޔާތު އަންނަ ހުކުރު ދުވަހުގެރޭ ބާއްވާއިރު، އެ ރޭ ބައްދަލުކުރާނީ ރާއްޖެ އާއި ނޭޕާލެވެ. އޭގެ ކުރިން އެ ދުވަހުގެ ހަވީރު ސްރީ ލަންކާ އާއި ބަންގްލަދޭޝް ބައްދަލުކުރާނެއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މައުލޫމާތުދޭ ގޮތުން ކޮންމެ މެޗެއްގެ ޓިކެޓުތައްވެސް ވިއްކާނީ އެ މެޗު ކުޅޭ ދުވަހެއްގެ ކުރިންނެވެ.

ސާފް ޗެމްޕިއަންޝިޕުގެ ޓިކެޓުތައް ގައުމީ ފުޓްބޯޅަ ދަނޑުން ވިއްކާއިރު، ރާއްޖޭގެ މެޗުގެ ޓިކެޓުތައް ވިއްކާނީ އޮލިމްޕަސް ކުރިމައްޗަށް އިންނަ ޓިކެޓް ކައުންޓަރުންނެވެ. ސާފް ޗެމްޕިއަންޝިޕަށް ގޮނޑިބަރީގެ ޓިކެޓެއް ވިއްކާނީ 100 ރުފިޔާއަށެވެ. އަދި ސިޑިބަރީގެ ޓިކެޓުގެ އަގަކީ 75 ރުފިޔާއެވެ. ބުދަ ދުވަހުގެ މެންދުރުފަހު ޓިކެޓް ވިއްކަން ފެށިއިރު، ގިނަ އަދަދެއްގެ ދިވެހި ސަޕޯޓަރުން ވަނީ ދަނޑު ކައިރީގައި ދިގު ކިޔޫއެއް ދަމާލާފައެވެ.

އެފްއޭއެމުން މައުލޫމާތުދޭ ގޮތުން ސާފް ޗެމްޕިއަންޝިޕުގެ ޓިކެޓް ވިއްކާނީ ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށެވެ. އެހެންކަމުން ޓިކެޓް ވިއްކާނީ ވެކްސިން ކާޑު އޮތް މީހުންނަށް ކަމަށާއި، އަދި މެޗަށް ވަންނައިރުވެސް ވެކްސިން ކާޑު ބޭނުންވާނެ ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ. މީގެ އިތުރުން ޓިކެޓް ވިއްކާއިރު ކޮންމެ މީހަކަށްވެސް ގިނަވެގެން ވިއްކާނީ ފަސް ޓިކެޓް ކަމަށްވެސް އެފްއޭއެމުން މައުލޫމާތުދެއެވެ.

ސާފް ޗެމްޕިއަންޝިޕުގެ މެޗުތައް ބަލަން ދަނޑަށް ސަޕޯޓަރުން ވެއްދުމުގެ ހުއްދަ ލިބިފައިވާއިރު، މީގެ ކުރިން މީހުން ވެއްދުން މަނާކޮށްފައިވާ ދެކުނު ފަރާތް (ސަހާރާ ފަޅި) ގެ ސިޑިބަރިތައް މަރާމާތުކޮށް، އެ ސިޑިބަރީގެ ތިރީ ބަޔަށް ސަޕޯޓަރުން ވައްދަން މިހާރު ވަނީ ހަމަޖެހިފައެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާއިރު، މިއީ ރާއްޖޭގައި މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. އެގޮތުން 2008 ވަނަ އަހަރުގެ މުބާރާތް ރާއްޖެ އާއި ސްރީ ލަންކާގައި ބޭއްވިއިރު، ރާއްޖެއިން ވަނީ އެ ފަހަރުގެ މުބާރާތް ކާމިޔާބުކޮށްފައެވެ. އެއީ ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި މި މުބާރާތް އެންމެ ފަހުން ބަންގްލަދޭޝްގައި ބޭއްވިއިރު، ރާއްޖެއިން ވަނީ ޑާކާގައި 2018 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލުގައި އިންޑިއާ ބަލިކޮށް ޗެމްޕިއަންކަން ހޯދާފައެވެ.

ސާފް ޗެމްޕިއަންޝިޕް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2025

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2025
ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ
26 އޯގަސްޓު 2024

ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

26 އޯގަސްޓު 2024
ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!
11 ޖޫން 2024

ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

11 ޖޫން 2024
ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ
01 ޖުލައި 2023

ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް

01 ޖުލައި 2023
ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް
01 ޖުލައި 2023

އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް

01 ޖުލައި 2023
އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް
01 ޖުލައި 2023

އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ

01 ޖުލައި 2023
އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ
01 ޖުލައި 2023

އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި

01 ޖުލައި 2023
އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި
30 ޖޫން 2023

ގައުމީ ޓީމު މާލެ އަންނާނީ ސެމީ ފައިނަލް މެޗުތައް ބަލާފައި!

30 ޖޫން 2023
ގައުމީ ޓީމު މާލެ އަންނާނީ ސެމީ ފައިނަލް މެޗުތައް ބަލާފައި!
28 ޖޫން 2023

ރާއްޖެ ކަޓައިފި، ތާރީޚީ ނާކާމިޔާބީއެއް

28 ޖޫން 2023
ރާއްޖެ ކަޓައިފި، ތާރީޚީ ނާކާމިޔާބީއެއް
28 ޖޫން 2023

ލެބަނަން ސެމީއަށް، ރާއްޖޭގެ އުއްމީދު ބޫޓާންގެ އަތްމައްޗަށް!

28 ޖޫން 2023
ލެބަނަން ސެމީއަށް، ރާއްޖޭގެ އުއްމީދު ބޫޓާންގެ އަތްމައްޗަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް