Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއުރީދޫ ސާފް ޗެމްޕިއަންޝިޕް

ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ޓީމުތައް ރާއްޖެއަށް

28 ސެޕްޓެމްބަރު 2021 | އަންގާރަ 14:38

ސާފް ޗެމްޕިއަންޝިޕުގެ ކުޅުން ފަށާނީ އަންނަ ހުކުރު ދުވަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 28 ސެޕްޓެމްބަރު 2021 | އަންގާރަ 14:38
މުބާރާތުގައި ވާދަކުރަން ރާއްޖެ އައި އިންޑިއާގެ ކުޅުންތެރިން

މުބާރާތުގައި ވާދަކުރަން ރާއްޖެ އައި އިންޑިއާގެ ކުޅުންތެރިން

އަންނަ ހުކުރު ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގެ ވާދަކުރާ ހުރިހާ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ ހުކުރު ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސާފް ސަރަހައްދުގައި ހަތް ގައުމެއް ހިމެނޭއިރު، މި މުބާރާތުގައި ވާދަކުރަނީ ރާއްޖޭގެ އިތުރުން އިންޑިއާ އާއި، ނޭޕާލާއި، ސްރީ ލަންކާ އަދި ބަންގްލަދޭޝެވެ. ކޮވިޑް-19 އާ ގުޅިގެން ބޫޓާނުން މި ފަހަރުގެ މުބާރާތުގައި ވާދަނުކުރާއިރު، ފީފާގެ ސަސްޕެންޝަނެއްގައި އޮތުމުން ޕާކިސްތާނަށް މި މުބާރާތުގައި ވާދައެއް ނުކުރެވެއެވެ. އެހެންކަމުން މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ފަސް ގައުމުގެ މެދުގައި ލީގު އުސޫލުން ކުޅުމަށްފަހު، އެންމެ ގަދަ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ.

މި މުބާރާތުގައި ވާދަކުރުމަށް ހޯމަ ދުވަހުގެ ވަގުތެއްގައި ނޭޕާލް ޓީމު ވަނީ ރާއްޖެ އައިސްފައެވެ. ދެން އޮތް އަނެއް ތިން ޓީމު ކަމަށްވާ ލަންކާ އާއި، އިންޑިއާ އަދި ބަންގްލަދޭޝް ޓީމު ރާއްޖެ އައީ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ.

އަންނަ ހުކުރު ދުވަހު ސާފް ޗެމްޕިއަންޝިޕުގެ ކުޅުން ފަށާއިރު، މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެ ހަވީރު ބައްދަލުކުރާނީ ސްރީ ލަންކާ އާއި ބަންގްލަދޭޝްއެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ހުކުރު ދުވަހުގެރޭ ބާއްވާއިރު، އެ ރަސްމިއްޔާތަށްފަހު އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ރާއްޖެ އާއި ނޭޕާލެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެގައުމީ ޓީމުން ވަނީ މި މަހުގެ 10 ވަނަ ދުވަހު ގަތަރުގައި ކޭމްޕުކޮށްފައެވެ. އެ ކޭމްޕް ފުރިހަމަކުރުމަށްފަހު ހޯމަ ދުވަހުގެ ހެނދުނު ގައުމީ ޓީމު އެނބުރި މާލެ އައިރު، މާލޭގައި ގައުމީ ޓީމު ކޭމްޕުކޮށްފައިވަނީ ހޮޓެލް ޖެންގައެވެ.

ގަތަރުގައި ކުރިއަށްގެންދިޔަ ކޭމްޕުގައި ރާއްޖޭން ވަނީ އެކުވެރިކަމުގެ ދެ މެޗެއް ކުޅެފައެވެ. އެގޮތުން ފުރަތަމަ މެޗުގައި މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެރޭ ގަތަރުގެ ދެވަނަ ޑިވިޝަނުގެ ލުސައިލް އެސްސީ އަތުން ރާއްޖެ މޮޅުވީ 4-3 ގެ ނަތީޖާއަކުންނެވެ. އަދި ހޮނިހިރު ދުވަހުގެރޭ ކުޅުނު ދެވަނަ މެޗުން ވަނީ ގަތަރުގެ އާމީ ނެޝަނަލް ޓީމާ ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

މި ކޭމްޕުގައި އެންމެ ފުރަތަމަ ރާއްޖޭން ތިން މެޗެއް ކުޅެން ހަމަޖެހުނު ނަމަވެސް، ސްރީ ލަންކާއާ ދެކޮޅަށް ކުޅެން ރޭވި ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗު ކެންސަލްވީ ގަތަރުގެ ވިސާ ނުލިބިގެން ލަންކާއަށް ނާދެވުމުންނެވެ.

ކޭމްޕަށްފަހު ގައުމީ ޓީމު މާލެ އައިސްފައިވާއިރު، މިދިޔަ އާދީއްތަ ދުވަހުގެރޭ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ސާފް ޗެމްޕިއަންޝިޕަށް އެކުލަވާލި 24 ކުޅުންތެރިންގެ ފައިނަލް ސްކޮޑް އިއުލާންކޮށްފައެވެ. އެ ސްކޮޑުން ބާކީކުރި ފަސް ކުޅުންތެރިންނަކީ ތިން ޑިފެންޑަރުން ކަމަށްވާ އަލީ ޝާމިސް (ތޮއްޕޭ) އާއި، އަޙްމަދު އަބްދުﷲ (ލިލީ) އާއި، މޫސާ ޔާމީން (ޔާމްބެ) އާއި، މިޑްފީލްޑަރު ޔަސްފާދު ހަބީބު (މުލަކޭ) އަދި ޒުވާން ފޯވާޑް ހަސަން ނަޒީމް (ޗޯޓު) އެވެ.

ސާފް ޗެމްޕިއަންޝިޕް

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2025

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2025
ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ
26 އޯގަސްޓު 2024

ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

26 އޯގަސްޓު 2024
ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!
11 ޖޫން 2024

ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

11 ޖޫން 2024
ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ
01 ޖުލައި 2023

ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް

01 ޖުލައި 2023
ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް
01 ޖުލައި 2023

އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް

01 ޖުލައި 2023
އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް
01 ޖުލައި 2023

އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ

01 ޖުލައި 2023
އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ
01 ޖުލައި 2023

އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި

01 ޖުލައި 2023
އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި
30 ޖޫން 2023

ގައުމީ ޓީމު މާލެ އަންނާނީ ސެމީ ފައިނަލް މެޗުތައް ބަލާފައި!

30 ޖޫން 2023
ގައުމީ ޓީމު މާލެ އަންނާނީ ސެމީ ފައިނަލް މެޗުތައް ބަލާފައި!
28 ޖޫން 2023

ރާއްޖެ ކަޓައިފި، ތާރީޚީ ނާކާމިޔާބީއެއް

28 ޖޫން 2023
ރާއްޖެ ކަޓައިފި، ތާރީޚީ ނާކާމިޔާބީއެއް
28 ޖޫން 2023

ލެބަނަން ސެމީއަށް، ރާއްޖޭގެ އުއްމީދު ބޫޓާންގެ އަތްމައްޗަށް!

28 ޖޫން 2023
ލެބަނަން ސެމީއަށް، ރާއްޖޭގެ އުއްމީދު ބޫޓާންގެ އަތްމައްޗަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް