Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އުރީދޫ ސާފް ޗެމްޕިއަންޝިޕް

ސާފް ޗެމްޕިއަންޝިޕުގެ ޓިކެޓް ބުދަ ދުވަހު ވިއްކަން ފަށަނީ

ކޮންމެ މެޗެއްގެ ޓިކެޓް ވިއްކާނީ އެ މެޗު ކުޅޭ ދުވަހެއްގެ ކުރިން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2021 | ހޯމަ 16:17
މީގެ ކުރިން ގައުމީ ޓީމުގެ މެޗެއް ބަލަން ދަނޑަށް ވަދެ ތިބި ރާއްޖޭގެ ސަޕޯޓަރުން

މީގެ ކުރިން ގައުމީ ޓީމުގެ މެޗެއް ބަލަން ދަނޑަށް ވަދެ ތިބި ރާއްޖޭގެ ސަޕޯޓަރުން

އަންނަ ހުކުރު ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގެ ޓިކެޓް ބުދަ ދުވަހު ވިއްކަން ފަށާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ ހުކުރު ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. 

އެފްއޭއެމުން މައުލޫމާތުދޭ ގޮތުން ބުދަ ދުވަހު ހެނދުނު 10:00 އިން ފެށިގެން ވިއްކާނީ ސާފް ޗެމްޕިއަންޝިޕުގެ ފުރަތަމަ ދުވަހު ކުޅޭ ދެ މެޗުގެ ޓިކެޓުތަކެވެ. އަދި ކޮންމެ މެޗެއްގެ ޓިކެޓުތައްވެސް ވިއްކާނީ އެ މެޗު ކުޅޭ ދުވަހެއްގެ ކުރިން ކަމަށްވެސް އެފްއޭއެމުން މައުލޫމާތުދެއެވެ.

ސާފް ޗެމްޕިއަންޝިޕުގެ ޓިކެޓުތައް ގައުމީ ފުޓްބޯޅަ ދަނޑުން ވިއްކާއިރު، ރާއްޖޭގެ މެޗުގެ ޓިކެޓުތައް ވިއްކާނީ އޮލިމްޕަސް ކުރިމައްޗަށް އިންނަ ޓިކެޓް ކައުންޓަރުންނެވެ. ސާފް ޗެމްޕިއަންޝިޕަށް ގޮނޑިބަރީގެ ޓިކެޓެއް ވިއްކާނީ 100 ރުފިޔާއަށެވެ. އަދި ސިޑިބަރީގެ ޓިކެޓުގެ އަގަކީ 75 ރުފިޔާއެވެ.

ސާފް ޗެމްޕިއަންޝިޕުގެ މެޗުތައް ބަލަން ދަނޑަށް ސަޕޯޓަރުން ވެއްދުމުގެ ހުއްދަ ލިބިފައިވާއިރު، މީގެ ކުރިން މީހުން ވެއްދުން މަނާކޮށްފައިވާ ދެކުނު ފަރާތް (ސަހާރާ ފަޅި) ގެ ސިޑިބަރިތައް މަރާމާތުކޮށް، އެ ސިޑިބަރީގެ ތިރީ ބަޔަށް ސަޕޯޓަރުން ވައްދަން މިހާރު ވަނީ ހަމަޖެހިފައެވެ.

އެފްއޭއެމުން މައުލޫމާތުދޭ ގޮތުން ސާފް ޗެމްޕިއަންޝިޕުގެ ޓިކެޓް ވިއްކާނީ ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށެވެ. އެެހެންކަމުން ޓިކެޓް ވިއްކާނީ ވެކްސިން ކާޑު އޮތް މީހުންނަށް ކަމަށާއި، އަދި މެޗަށް ވަންނައިރުވެސް ވެކްސިން ކާޑު ބޭނުންވާނެ ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ހުޅުވާ ރަސްމިއްޔާތު އަންނަ ހުކުރު ދުވަހުގެރޭ ބާއްވާއިރު، އެ ރޭ ބައްދަލުކުރާނީ ރާއްޖެ އާއި ނޭޕާލެވެ. އޭގެ ކުރިން އެ ދުވަހުގެ ހަވީރު ސްރީ ލަންކާ އާއި ބަންގްލަދޭޝް ބައްދަލުކުރާނެއެވެ.

ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި ނޭޕާލާ ދެކޮޅަށް ނުކުންނައިރު، ދެވަނަ މެޗުގައި އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުގެރޭ ރާއްޖެ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އަދި ތިންވަނަ މެޗުގައި އެ މަހުގެ 10 ވަނަ ދުވަހުގެ ހަވީރު ލަންކާއާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، ފަހު މެޗުގައި އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުގެރޭ ރާއްޖެ ނުކުންނާނީ ވާދަވެރި އިންޑިއާއާ ދެކޮޅަށެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާއިރު، މިއީ ރާއްޖޭގައި މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. އެގޮތުން 2008 ވަނަ އަހަރުގެ މުބާރާތް ރާއްޖެ އާއި ސްރީ ލަންކާގައި ބޭއްވިއިރު، ރާއްޖެއިން ވަނީ އެ ފަހަރުގެ މުބާރާތް ކާމިޔާބުކޮށްފައެވެ. އެއީ ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި މި މުބާރާތް އެންމެ ފަހުން ބަންގްލަދޭޝްގައި ބޭއްވިއިރު، ރާއްޖެއިން ވަނީ ޑާކާގައި 2018 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލުގައި އިންޑިއާ ބަލިކޮށް ޗެމްޕިއަންކަން ހޯދާފައެވެ.

ސާފް ޗެމްޕިއަންޝިޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2025
ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

26 އޯގަސްޓު 2024
ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

11 ޖޫން 2024
ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް

ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް

01 ޖުލައި 2023
އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް

އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް

01 ޖުލައި 2023

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު