Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަރިޔަމް ނަޒާހާގެ މައްސަލަ

ފިރިމީހާ މަރާލި މައްސަލައިގައި ނަޒާހާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައެޅި އިސްތިއުނާފު ބަލައިގެންފި

މި މައްސަލަ ހައިކޯޓުން ނިންމާފައިވަނީ 31 މެއި 2015 ގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2021 | ހޯމަ 09:49
ކުރީގެ ފިރިމީހާ މަރާލި ކަމުގެ ކުށުގައި ދައުވާލިބޭ މަރިޔަމް ނަޒާހާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުން

ކުރީގެ ފިރިމީހާ މަރާލި ކަމުގެ ކުށުގައި ދައުވާލިބޭ މަރިޔަމް ނަޒާހާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުން

ކުރީގެ ފިރިމީހާ މަރާލި ކަމުގެ ކުށުގައި އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފައިވާ ހެންވޭރު ބައިކެނޑިގޭ މަރިޔަމް ނަޒާހާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.

ނަޒާހާގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުމުން ކޯޓުން ފުރަތަމަ ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ. ސަބަބަކީ ނަޒާހާގެ ފަރާތުން މި މައްސަލަ އިސްތިއުނާފު ކުރަން ހުށައެޅީ މައްސަލަ ނިންމިތާ 6 އަހަރާއި، 1 މަހާއި 5 ދުވަސް ފަހުން 5 ޖުލައި 2021 ގައި ކަމަށްވާތީއެވެ. ނަމަވެސް ނަޒާހާގެ ފަރާތުން އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމާއެކު، ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ވަނީ މި މައްސަލައިގެ އިޖުރާއީ އަޑުއެހުމެއް ބާއްވާފައެވެ.

އެ ދުވަހުގެ އަޑުއެހުމުގައި ނަޒާހާގެ ވަކީލާ ވިދާޅުވީ، އޭރު މި މައްސަލައާ ގުޅުވައި ނަޒާހާގެ ދަރިފުޅާއި އޭނާގެ އާއިލާއަށް އެކި ކަހަލަ ފުރައްސާރަ ކުރިމަތިވިކަމަށެވެ. އެގޮތުން އެމީހުންނަށް އިތުރު ތަކުލީފެއް ނުދިނުމަށް އޭރު އޭނާ މިކަމުގައި ކުރިއަށް ނުދިޔައީ ކަމަށާއި، ނަމަވެސް މިހާރު ދަރިފުޅު ބޮޑުވެ، ކަންކަން ވިސްނޭވަރު ވެފައިވާތީ ލަހުން ނަމަވެސް، އޭނާގެ އަޑު ޝަރީއަތަށް އިއްވަންޖެހޭކަން ނަޒާހާއަށް ޤަބޫލު ކުރެވޭ ކަމަށް ވަކީލު ވިދާޅުވިއެވެ.

ނަޒާހާގެ ވަކީލު ނިހާޔަތު ވިދާޅުވީ، ނަޒާހާއަކީ ގިނަ އަހަރުތަކެއް ވަންދެން އޭނާގެ ފިރިމީހާގެ ފަރާތުން ގެވެށި އަނިޔާ ލިބެމުންދިޔަ ފަރާތެއް ކަމަށެވެ. އެކަން ސިއްޙީ ރެކޯޑުތަކުން ވެސް ދައްކާކަން ނިހާޔަތު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިއަދާ ހަމައަށްވެސް އޭނާއަށް ކުރިމަތިވި އަނިޔާތަކާއި ނަފްސާނީ ގެއްލުން ވަޒަން ކުރުމަށް އެއްވެސް ވަރަކަށް އެސެސްމަންޓެއް ހެދިފައިނުވާކަން ފާހަގަކުރައްވައި ނިހާޔަތު ވިދާޅުވީ، އޭނާ މިހާތަނަށް ވެސް ނަފްސާނީ އަނިޔާތައް ތަޙައްމަލު ކުރަމުންދާ ކަމަށެވެ. އަދި އޭރު ނަޒާހާގެ ދަރިއަކު ވެސް ހުރި ކަމަށާއި، ދަރިފުޅުގެ ޙައްޤުގައި ވެސް ވިސްނަންޖެހޭ ކަންކަން ހުރި ކަމަށް ނިހާޔަތު ވިދާޅުވިއެވެ.

އެ ދުވަހުގެ އަޑުއެހުމުގައި ނަޒާހާ ވެސް ވާހަކަ ދައްކާފައިވެއެވެ. އެގޮތުން މި މައްސަލައިގެ ސަބަބުން ދަރިފުޅަށް ސުކޫލުންނާއި އެހެން ދަރިވަރުންގެ ފަރާތުން ކުރިމަތިވި ކަންކަމާއި، އާއިލާ މީހުންނަށް ވަޒީފާގެ މާހައުލުގައި ކުރިމަތިވި ކަންކަން ނަޒާހާ ވަނީ ހިއްސާކޮށްފައެވެ. އަދި ދަރިފުޅަށް އެއްވެސް ކަހަލަ ނަފްސާނީ މައްސަލައެއް ކުރިމަތިވާން ނޭދޭތީއާއި، ދަރިފުޅު ބޮޑުވުމުން ވިސްނައިދިނުމަށްފަހު އެކަމުގައި ކުރިއަށްދާން މަޑުކުރީކަން ނަޒާހާ ފާހަގަ ކުރިއެވެ.

އިޖުރާއީ އަޑުއެހުމުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ، މި މައްސަލަ ހައިކޯޓުން ނިންމިއިރު އިސްތިއުނާފު ކުރުމަށް 60 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އަދި އެ މުއްދަތަށް އިސްތިސްނާއެއް އަންނަނީ އަމިއްލަ ބާރު ނުފޯރާ ކަމެއް މެދުވެރިވެގެން އެ މުއްދަތުގައި ހުށަނޭޅޭ މައްސަލަތައް އެކަނި ކަމަށެވެ. ނަޒާހާގެ ފަރާތުން މި މައްސަލަ އިސްތިއުނާފު ކުރަން ހުށައެޅިއިރު އޭނާ ހުށައަޅާފައިވާ ސަބަބުތަކަކީ އެކަށީގެންވާ އަދި އަމިއްލަ ބާރު ނުފޯރުވޭފަދަ މަޤްބޫލު ސަބަބެއްކަމަށް ދައުލަތަށް ނުފެންނަކަން ވަކީލާ ފާހަގަ ކުރެއްވިއެވެ.

މި މައްސަލައިގައި ދެފަރާތުން ފާހަގަކުރި ކަންކަމަށް ފަނޑިޔާރުންގެ މެދުގައި ބަހުސް ކުރެއްވުމަށްފަހު، ނިންމަވާ ގޮތެއް ލިއުމުން އަންގަވާނެކަމަށް ޝަރީއަތުން އޭރު ފާހަގަކުރިއެވެ. އެގޮތުން ނަޒާހާގެ ފަރާތުން ހުށައަޅާފައިވާ މި މައްސަލަ ބަލައިގަތުމަށް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން މިހާރު ނިންމާފައިވާކަން ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ. އެކަން ނަޒާހާގެ ވަކީލުވެސް ވަނީ ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދެއްވާފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ޑރ އަޒްމިރަލްދާ ޒާހިރު އަދި މުޙައްމަދު އިބްރާހިމްއެވެ.

ކްރިމިނަލް ކޯޓްމަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭޕާކް މައްސަލަ: މަންޑޭގެ މައްޗަށް 94 ދައުވާ، ޖައިޝާންގެ މައްޗަށް 89 ދައުވާ ސާބިތު ވެއްޖެ

ކޭޕާކް މައްސަލަ: މަންޑޭގެ މައްޗަށް 94 ދައުވާ، ޖައިޝާންގެ މައްޗަށް 89 ދައުވާ ސާބިތު ވެއްޖެ

27 ޑިސެމްބަރު 2025
ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ޒުވާނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ޒުވާނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

27 ޑިސެމްބަރު 2025
ވިޔަފާރިއެއް ހުއްދަ ނެތި ކުރަމުން ދިޔަ ބިދޭސީއެއް ހައްޔަރު ކުރުމުން އޭނާ ހައްޔަރު ކޮށްފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ކަމުގައި ނުވާތީ ކޯޓުން އެމީހާ މިނިވަން ކޮށްފި

ވިޔަފާރިއެއް ހުއްދަ ނެތި ކުރަމުން ދިޔަ ބިދޭސީއެއް ހައްޔަރު ކުރުމުން އޭނާ ހައްޔަރު ކޮށްފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ކަމުގައި ނުވާތީ ކޯޓުން އެމީހާ މިނިވަން ކޮށްފި

27 ޑިސެމްބަރު 2025
ފުލުހުންގެ ބަންދު ގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް މަންޑޭ ހޯދަނީ

ފުލުހުންގެ ބަންދު ގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް މަންޑޭ ހޯދަނީ

26 ޑިސެމްބަރު 2025
ކޭ ޕާކް މައްސަލަ: މަންޑޭ ކޯޓަށް ހާޒިރު ނުވުމުން ޙުކުމް ކުރުން ހޮނިހިރު ދުވަހަށް ފަސްކޮށްފި

ކޭ ޕާކް މައްސަލަ: މަންޑޭ ކޯޓަށް ހާޒިރު ނުވުމުން ޙުކުމް ކުރުން ހޮނިހިރު ދުވަހަށް ފަސްކޮށްފި

25 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު