Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ ސްކޮޑް ފައިނަލްކުރުން

ފަސް ކުޅުންތެރިއަކު ބާކީކޮށް ގައުމީ ސްކޮޑް ފައިނަލްކޮށްފި

ހޯމަ ދުވަހުގެ ހެނދުނު ގައުމީ ޓީމު އެނބުރި މާލެ އަންނާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 26 ސެޕްޓެމްބަރު 2021 | އާދީއްތަ 16:38
ގަތަރުގައި ގައުމީ ޓީމުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

ގަތަރުގައި ގައުމީ ޓީމުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

ގަތަރު ކޭމްޕުގައި ބައިވެރިވި ފަސް ކުޅުންތެރިއަކު ބާކީކޮށް ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑް ފައިނަލްކޮށްފިއެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި ގައުމީ ޓީމުން ކޭމްޕުކުރީ މި މަހުގެ 10 ވަނަ ދުވަހެވެ.

މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ އޯގަސްޓް މަހުގެ 26 ވަނަ ދުވަހު މާލޭގައި ގައުމީ ޓީމުން ފަރިތަކުރުންތައް ފެށީ 34 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑަކާއެކު. އެކަމަކު ގަތަރު ކޭމްޕުގައި ބައިވެރިވީ 29 ކުޅުންތެރިންނެވެ. ގަތަރު ކޭމްޕުގައި 30 ކުޅުންތެރިން ބައިވެރިކުރާ ގޮތަށް އެންމެ ފުރަތަމަ ހަމަޖެހިފައި އޮތް ނަމަވެސް، އަނިޔާގެ ސަބަބުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ޒުވާން ގޯލްކީޕަރު ހުސެއިން ޝަރީފް (ހުސެން) ކޭމްޕުގައި ބައިވެރިވެފައެއް ނުވެއެވެ.

ގަތަރު ކޭމްޕް ފުރިހަމަކުރުމަށްފަހު ހޯމަ ދުވަހުގެ ހެނދުނު ގައުމީ ޓީމު އެނބުރި މާލެ އައުމަށް ހަމަޖެހިފައިވާއިރު، އާދީއްތަ ދުވަހުގެރޭ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ސާފް ޗެމްޕިއަންޝިޕަށް އެކުލަވާލި 24 ކުޅުންތެރިންގެ ފައިނަލް ސްކޮޑް އިއުލާންކޮށްފައެވެ.

މި ސްކޮޑުން ބާކީކުރި ފަސް ކުޅުންތެރިންނަކީ ތިން ޑިފެންޑަރުން ކަމަށްވާ އަލީ ޝާމިސް (ތޮއްޕޭ) އާއި، އަޙްމަދު އަބްދުﷲ (ލިލީ) އާއި، މޫސާ ޔާމީން (ޔާމްބެ) އާއި، މިޑްފީލްޑަރު ޔަސްފާދު ހަބީބު (މުލަކޭ) އަދި ޒުވާން ފޯވާޑް ހަސަން ނަޒީމް (ޗޯޓު) އެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ޓީމުން ގަތަރުގައި ކޭމްޕުކުރިއިރު، މި ކޭމްޕުގައި ރާއްޖޭން ވަނީ އެކުވެރިކަމުގެ ދެ މެޗެއް ކުޅެފައެވެ. އެގޮތުން ފުރަތަމަ މެޗުގައި މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެރޭ ގަތަރުގެ ދެވަނަ ޑިވިޝަނުގެ ލުސައިލް އެސްސީ އަތުން ރާއްޖެ މޮޅުވީ 4-3 ގެ ނަތީޖާއަކުންނެވެ. އަދި ހޮނިހިރު ދުވަހުގެރޭ ކުޅުނު ދެވަނަ މެޗުން ވަނީ ގަތަރުގެ އާމީ ނެޝަނަލް ޓީމާ ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

މި ކޭމްޕްގައި އެންމެ ފުރަތަމަ ރާއްޖޭން ތިން މެޗެއް ކުޅެން ހަމަޖެހުނު ނަމަވެސް، ސްރީ ލަންކާއާ ދެކޮޅަށް ކުޅެން ރޭވި ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗު ކެންސަލްވީ ގަތަރުގެ ވިސާ ނުލިބިގެން ލަންކާއަށް ނާދެވުމުންނެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ޓީމުން ގަތަރުގައި ކޭމްޕުކުރިއިރު، ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށްވެސް ތައްޔާރުވީ ގަތަރުގައި ކޭމްޕުކޮށްގެންނެވެ. އަންނަ އޮކްޓޯބަރު މަހު ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބާއްވާއިރު، މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ފަސް ގައުމުގެ މެދުގައި ލީގު އުސޫލުން ކުޅުމަށްފަހު، އެންމެ ގަދަ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ.

ސާފް ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެރޭ ރާއްޖެ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ދެވަނަ މެޗުގައި އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުގެރޭ ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، ތިންވަނަ މެޗުގައި އެ މަހުގެ 10 ވަނަ ދުވަހުގެ ހަވީރު ރާއްޖެ ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުގެރޭ ރާއްޖެ ނުކުންނާނީ ވާދަވެރި އިންޑިއާއާ ދެކޮޅަށެވެ.

ގޯލްކީޕަރުން: މުޙައްމަދު ފައިސަލް, މުޙައްމަދު ޝަފީއު (ޗެކް)، އަލީ ނާޖިހު

ޑިފެންޑަރުން: އަޙްމަދު ނޫމާން (ހެލްމެޓް)، ހުސެއިން ސިފާއު ޔޫސުފް (ކުރޯ)، ހައިޝަމް ހަސަން (ބިޑި)، އަކުރަމް އަބްދުލް ޣަނީ (އަކޫ)، ސަމޫހު އަލީ (ސަމުއްޓެ)، ގާސިމް ސައްމާމު (ސައްމެ)

މިޑްފީލްޑަރުން: އަސްހަދު އަލީ (އަޑުބަރޭ)، އިބްރާހިމް އައިސަމް، މުޙައްމަދު އުމެއިރު، ހުސެއިން ނިހާން (ނިހާޓް)، ހަމްޒާ މުޙައްމަދު (ހަމްޕު)، އިސްމާޢީލް އީސަ (މެސީ)، އިބްރާހީމް ވަހީދު ހަސަން (އިއްބެ)

ފޯވާޑުން: ހަސަން ރާއިފް އަޙްމަދު (ހަންނަ)، މުޙައްމަދު ނާއިމް، އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)، އަސަދުﷲ އަބްދުﷲ (އަސަކޮ)، އަލީ ފާސިރު (ސެންޓޭ)، އަލީ އަޝްފާގު (ދަގަނޑޭ)، ނާއިޒު ހަސަން (ދާދު)، އަލީ ހައިޝަމް (ޗުމްޕު)

ގައުމީ ފުޓްބޯޅަ ޓީމުސާފް ޗެމްޕިއަންޝިޕް

ކޮމެންޓް

އިތުރަށް ކިޔާލަން

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2025
ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

26 އޯގަސްޓު 2024
ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

11 ޖޫން 2024
ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

11 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު