Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރެންޗް ލީގު

ހަކީމީގެ ލަނޑުން ފަހު ވަގުތު ޕީއެސްޖީއަށް މޮޅެއް

23 ސެޕްޓެމްބަރު 2021 | ބުރާސްފަތި 04:52

ތާވަލުގެ އެއްވަނައިގައި ޕީއެސްޖީ އޮތީ 21 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 23 ސެޕްޓެމްބަރު 2021 | ބުރާސްފަތި 04:52
މެޓްޒް އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން

މެޓްޒް އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން

ފްރެންޗް ލީގުގައި ބުދަ ދުވަހުގެރޭ މޮރޮކޯގެ ޑިފެންޑަރު އަޝްރަފް ހަކީމީ ފަހު ވަގުތު ޖަހައިދިން ލަނޑުން މެޓްޒް އަތުން ޕީއެސްޖީ މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

ވާތު ކަކުލަށް ދާދި ފަހުން ލިބުނު އަނިޔާއަކާ ގުޅިގެން މި މެޗުގައި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ކުޅެފައެއް ނުވެއެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންނަ ހަފުތާގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ޕީއެސްޖީން ކުޅޭ މެޗަށްވެސް މެސީ ފިޓުވާނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މެޗު ފަށައިގެން ޕީއެސްޖީން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި އޭރިއާ ތެރެއިން ލިބުނު ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަކީމީއެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޓްޒްއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ކޯނަރަކުން މެޗުގެ 39 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކިކީ ކޮޔާޓޭއެވެ.

މެޗުގެ ދެވަނަ ހާފުގައި ޕީއެސްޖީގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މެޗު ނިމެން ގާތް ވެފައި ވަނިކޮށް މެޓްޒްއަށް މައްސަލަތަކެއް ކުރިމަތިވީ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން ޑިލަން ބްރޮންއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ. އަދި ރެފުރީގެ ނިންމުންތަކާ ދެކޮޅު ހަދާ ވާހަކަ ދެއްކުމުން މެޓްޒްގެ ކޯޗު ފްރެޑެރިކް އެންޓޮނެޓީއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ.

އެއާއެކު މެޗުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ޕީއެސްޖީން ވަނީ މި މެޗުގައި ލީޑު ނަގާފައެވެ. ނޭމާ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ހަކީމީއެވެ.

މި މޮޅާއެކު ޕީއެސްޖީ ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗުންވެސް މޮޅުވެފައެވެ. ކުޅުނު ހަތް މެޗުން ލިބުނު 21 ޕޮއިންޓާއެކު ޕީއެސްޖީ އެއްވަނައިގައި އޮތްއިރު، ދެވަނައިގައި އޮތީ ހަ މެޗުން 14 ޕޮއިންޓް ލިބިފައިވާ މާސޭއެވެ. އަދި ޕީއެސްޖީ އަތުން ބަލިވި މެޓްޒް އޮތީ ތާވަލުގެ ފުލުގައި ހަތް މެޗުން ތިން ޕޮއިންޓާއެކުއެވެ.

ފްރެންޗް ލީގުޕީއެސްޖީ

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށް ޕީއެސްޖީ ތާރީޚު ގެ ތެރެއަށް

18 ޑިސެމްބަރު 2025
އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށް ޕީއެސްޖީ ތާރީޚު ގެ ތެރެއަށް
23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
13 ޖުލައި 2025

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ
10 ޖުލައި 2025

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް
30 ޖޫން 2025

އިންޓަރ މިއާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާ ފައިނަލަށް

30 ޖޫން 2025
އިންޓަރ މިއާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާ ފައިނަލަށް
21 ޑިސެމްބަރު 2024

ޑޮންނަރުންމާގެ މުސްތަޤުބަލާ މެދު ނިންމާނެ ގޮތަކާ މެދު ދަނީ ވިސްނަމުން

21 ޑިސެމްބަރު 2024
ޑޮންނަރުންމާގެ މުސްތަޤުބަލާ މެދު ނިންމާނެ ގޮތަކާ މެދު ދަނީ ވިސްނަމުން
11 ޑިސެމްބަރު 2024

ސަލްސްބާގް އަތުން ޕީއެސްޖީ މޮޅުވެއްޖެ

11 ޑިސެމްބަރު 2024
ސަލްސްބާގް އަތުން ޕީއެސްޖީ މޮޅުވެއްޖެ
07 ޑިސެމްބަރު 2024

ޕީއެސްޖީގެ ރައީސް ވިދާޅުވީ ޞަލާޙު ގެންނައުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށް

07 ޑިސެމްބަރު 2024
ޕީއެސްޖީގެ ރައީސް ވިދާޅުވީ ޞަލާޙު ގެންނައުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް