Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ ޓީމުގެ ގަތަރު ކޭމްޕް

ކުޅުންތެރިން ދެއްކި ކުޅުން ވަރަށް ރަނގަޅު: އިންމަ

ދާދި އަވަހަށް ގައުމީ ޓީމުގެ ކޯޗު ސުޒޭން ޓީމާ ގުޅޭނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 22 ސެޕްޓެމްބަރު 2021 | ބުދަ 10:35
ލުސައިލާ ދެކޮޅަށް ކުޅުނު މެޗަށްފަހު ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އިސްމާޢީލް މަހްފޫޒް (އިންމަ) ދިން އިންޓަވިއުގެ ތެރެއިން

ލުސައިލާ ދެކޮޅަށް ކުޅުނު މެޗަށްފަހު ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އިސްމާޢީލް މަހްފޫޒް (އިންމަ) ދިން އިންޓަވިއުގެ ތެރެއިން

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި ކުރިއަށްދާ ކޭމްޕުގައި ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗުގައި ކުޅުންތެރިން ދެއްކި ކުޅުން ވަރަށް ރަނގަޅު ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު އިސްމާޢީލް މަހްފޫޒް (އިންމަ) ބުނެފިއެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ރާއްޖެ މޮޅުވީ ގަތަރުގެ ދެވަނަ ޑިވިޝަނުގެ ކުލަބު ލުސައިލް އެސްސީ އަތުން 4-3 ގެ ނަތީޖާއަކުންނެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ޓީމާއެކު އެންމެ ފުރަތަމަ ގަތަރު ކޭމްޕަށް ނާދެވުނު ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ދާދި ފަހުން ޓީމުގެ ކޭމްޕާ ގުޅެން ގަތަރަށް ދިޔަ ނަމަވެސް، މި މެޗުގައި އޭނާ ބައިވެރިވެފައެއް ނުވެއެވެ. އެކަމަކު ދާދި އަވަހަށް ސުޒޭން ޓީމާ ގުޅޭނެ ކަމަށް މައުލޫމާތުލިބެއެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު މެޗަށްފަހު ދިން އިންޓަވިއުއެއްގައި އިންމަ ބުނީ ގިނަ ދުވަސްތަކެއް މެެޗެއް ނުކުޅެ ތިބުމަށްފަހު މެޗެއް ކުޅުމުން އޭގެ އުނދަގޫ ކުޅުންތެރިންނަށް ދިމާވާނެ ކަމަށާއި، އެގޮތުން މި މެޗުގެ ފުރަތަމަ 10 މިނެޓުގައި އެކަން ފެނިގެންދިޔަ ކަމަށެވެ. އެކަމަކު އޭގެ ފަހުން ކުޅުންތެރިން ބުރަ މަސައްކަތުން ކުޅުން ރަނގަޅުކުރި ކަމަށްވެސް ބުންޏެވެ.

އިންމަ ބުނީ މި މެޗުގައި ކުޅުންތެރިން ކޮންފިޑެންސާއެކު ކުޅުނު ކަމަށާއި، އެހެންކަމުން މި މެޗުގައި ކުޅުންތެރިން ދެއްކި ކުޅުން ވަރަށް ރަނގަޅު ކަމަށެވެ. އަދި ގޯސް ކަންތައްތައް ތަކަށްވުރެ މި މެޗުގައި ފެނިގެންދިޔަ ރަނގަޅު ކަންތައް މާ ގިނަ ކަމަށާއި، އެހެންކަމުން މި ޕާފޯމަންސް ދަމަހައްޓަން މަސައްކަތްކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އިންމަ ބުނީ މި ކޭމްޕުގެ މައިގަނޑު އަމާޒަކީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކަމަށާއި، އެއަށް ފޯކަސް ކޮށްގެން ނަތީޖާ ނެރެން މި މެޗުތަކުގައި މަސައްކަތްކުރާނެ ކަމަށެވެ. އަދި މި މެޗުގައި ފުރުސަތު ނުލިބުނު ކުޅުންތެރިންނަށް ދެން އަންނަ މެޗެއްގައި ފުރުސަތު ލިބިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް އިންމަ ވަނީ ބުނެފައެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ރާއްޖެ މޮޅުވިއިރު، މި ކޭމްޕުގައި ރާއްޖޭން ކުޅޭ ދެވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ ގަތަރުގެ އާމީ ނެޝަނަލް ޓީމާ ދެކޮޅަށެވެ. އަދި ކޭމްޕް ފުރިހަމަކުރުމަށްފަހު ގައުމީ ޓީމު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ޓީމުން ގަތަރުގައި ކޭމްޕުކުރަމުން އަންނައިރު، ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށްވެސް ތައްޔާރުވީ ގަތަރުގައި ކޭމްޕުކޮށްގެންނެވެ. އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބާއްވާއިރު، މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ފަސް ގައުމުގެ މެދުގައި ލީގު އުސޫލުން ކުޅުމަށްފަހު، އެންމެ ގަދަ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ.

ސާފް ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެރޭ ރާއްޖެ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ދެވަނަ މެޗުގައި އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުގެރޭ ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، ތިންވަނަ މެޗުގައި އެ މަހުގެ 10 ވަނަ ދުވަހުގެ ހަވީރު ރާއްޖެ ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުގެރޭ ރާއްޖެ ނުކުންނާނީ ވާދަވެރި އިންޑިއާއާ ދެކޮޅަށެވެ.

ގައުމީ ފުޓްބޯޅަ ޓީމުސާފް ޗެމްޕިއަންޝިޕް

ކޮމެންޓް

އިތުރަށް ކިޔާލަން

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2025
ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

26 އޯގަސްޓު 2024
ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

11 ޖޫން 2024
ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

11 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު