Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅިވަރު ހަރަކާތް ހުއްޓުމަކަށް

އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި

ނެޓްބޯލްގެ ހަރަކާތް ވަނީ ހުއްޓާލާފަ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 14 މާރިޗު 2017 | އަންގާރަ 14:58
އައިއޯއައިޖީގައި ވާދަކުރި ރާއްޖޭގެ ކޮންޓިންޖެންޓް

އައިއޯއައިޖީގައި ވާދަކުރި ރާއްޖޭގެ ކޮންޓިންޖެންޓް

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ، އެޗްވަން އެންވަން ވައިރަސްއާ ގުޅިގެން ކުޅިވަރުގެ ގިނަ ހަރަކާތްތައް ހުއްޓުމަކަށް ގެނެސްފި އެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނީ މިވަގުތު ރާއްޖޭގައި ވެތުރެމުންދާ ރޯގާއާ ގުޅިގެން އެ އެސޯސިއޭޝަނުން ހިންގާ ހުރިހާ ހަރަކާތްތަކެއް މުއްދަތެއް ނެތި ފަސްކޮށްފައިވާ ކަމަށާއި، ހަރަކާތްތައް ފެށޭނެ ދުވަސް ވީ އެންމެ އަވަހަށް އިއުލާންކުރާނެ ކަމަށެވެ.

މީގެއިތުރުން ހޭންޑްބޯލް އެސޯސިއޭޝަނުން އަދި ނެޓްބޯލް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެ އެސޯސިއޭޝަންތަކުން ހިންގާ ހުރިހާ ހަރަކާތްތަކެއް މުއްދަތެއް ނެތި ފަސްކޮށްފައިވާ ކަމަށާއި، އަދި ހަރަކާތްތައް ފަށާނެ ދުވަހެއް ފަހުން އިއުލާންކުރާނެ ކަމަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ 15 ވަނަ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތް ބުދަ ދުވަހު ފަށަން ހަމަޖެހިފައިވީ ނަމަވެސް ހެލްތް މިނިސްޓްރީގެ ލަފާއާއެކު އެ އެސޯސިއޭޝަނުންވެސް ވަނީ މުބާރާތް މުއްދަތެއް ނެތި ފަސްކޮށްފައެވެ.

އަދި މުބާރާތް ބާއްވާނެ ތާރީހެއް ފަހުން އިއުލާންކުރާނެ ކަމަށްވެސް އެ އެސީސިއޭޝަނުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ވޮލީ ބޯލް އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ބުނީ މައިލޯ އިންޓަ ސްކޫލް ވޮލީ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ފަސްކޮށްފައިވާކަމަށާއި، ތާރީހު ފަހުން އިއުލާންކުރާނެ ކަމަށެވެ. އެހެންނަމަވެސް އެ އެސޯސިއޭޝަނުން ބުނީ އަންގާރަ ދުވަހު 16 އަހަރުން ދަށުގެ ފިރިހެން އަދި 19 އަހަރުން ދަށުގެ ފިރިހެން ފައިނަލް ކުޅޭނެ ކަމަށެވެ.

މުބާރާތުގެ 16 އަހަރުން ދަށުގެ ފައިނަލަށް ގޮއިދޫ ސްކޫލް އާއި މާފުށި ސްކޫލް ދަތުރުކޮށްފައިވާ އިރު، 19 އަހަރުން ދަށުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ފާފް އަތޮޅު ސްކޫލް އާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އެވެ.

މީގެއިތުރުން އެ އެސޯސިއޭޝަނުން ބުނީ މި ދެ މެޗު ކުޅޭ ގަޑީގައި އެއްވެސް ޓީމެއް ހާޒިރުވާން ނުޖެހޭނެ ކަމަށެވެ. އަދި ބުދަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އަންހެން ފައިނަލް މެޗުވެސް ކުރިޔަށް ގެންދާނެ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޅުންތެރިންނަށް ދިމާވާ ކުޅިވަރުގެ އަނިޔާތަކަށް ފަރުވާދެވޭނެ އިންޝުއަރެންސް ސްކީމެއް ތަޢާރަފްކުރަނީ

ކުޅުންތެރިންނަށް ދިމާވާ ކުޅިވަރުގެ އަނިޔާތަކަށް ފަރުވާދެވޭނެ އިންޝުއަރެންސް ސްކީމެއް ތަޢާރަފްކުރަނީ

03 ފެބުރުއަރީ 2020
އަބްރަހަމްގެ ޑިމާންޑުތަކާއި ގުޅިގެން ކޮންޓްރެކްޓް އައުކުރުމުގެ މަޝްވަރާތައް ހުއްޓުމަކަށް

އަބްރަހަމްގެ ޑިމާންޑުތަކާއި ގުޅިގެން ކޮންޓްރެކްޓް އައުކުރުމުގެ މަޝްވަރާތައް ހުއްޓުމަކަށް

31 ޑިސެމްބަރު 2019
ފިލިޕީންސް އާއި ރާއްޖެ ބައްދަލުކުރާ މެޗުގެ ޓިކެޓް ވިއްކުމަށް ހާއްސަ ހަރަކާތްތަކެއް

ފިލިޕީންސް އާއި ރާއްޖެ ބައްދަލުކުރާ މެޗުގެ ޓިކެޓް ވިއްކުމަށް ހާއްސަ ހަރަކާތްތަކެއް

12 ނޮވެމްބަރު 2019
''ބްރޭކް ދަ ބެރިއަރ'' ފެތުމުގެ ހަރަކާތް ކާމިޔާބުކަމާ އެކު ނިންމާލައިފި

''ބްރޭކް ދަ ބެރިއަރ'' ފެތުމުގެ ހަރަކާތް ކާމިޔާބުކަމާ އެކު ނިންމާލައިފި

30 މާރިޗު 2019
ޕެރަމޯޓަރގެ ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލައިފި

ޕެރަމޯޓަރގެ ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލައިފި

14 މާރިޗު 2019

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު