Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމްއޯސީ އިންތިހާބު

އެމްއޯސީގެ އާދައުރަކަށް ކުރިމަތިލާނެކަން އިއުލާންކޮށް ޝަވީދުގެ މެސެޖް އެސޯސިއޭޝަންތަކަށް

އެމްއޯސީގެ ރައީސްކަމަށް ޝަވީދު އިންތިހާބުވީ 2013 ވަނަ އަހަރު

ލީވާން އަލީ
ލީވާން އަލީ | 8 އެޕްރީލު 2017 | ހޮނިހިރު 16:10
އެމްއޯސީ ކޮންގްރެސްގައި އެ ކޮމެޓީގެ ރައީސް މުހައްމަދު ޝަވީދު ވާހަކަ ދައްކަވަނީ

އެމްއޯސީ ކޮންގްރެސްގައި އެ ކޮމެޓީގެ ރައީސް މުހައްމަދު ޝަވީދު ވާހަކަ ދައްކަވަނީ

މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ އާދައުރަކަށް ކުރިމަތިލައްވާނެކަން އެ ކޮމެޓީގެ ރައީސް މުހައްމަދު ޝަވީދު އިއުލާންކުރައްވާ އެސޯސިއޭޝަންތަކަށް މެސެޖެއް ދެއްވައިފިއެވެ.

އޮލިމްޕިކް ކޮމެޓީގެ އިންތިހާބުގެ ކުރިން ބޭއްވި ފަހު ކޮންގްރެސްގައި ޝަވީދު ވިދާޅުވީ، އޮލިމްޕިކް ކޮމެޓީގެ އާ އިންތިހާބެއް ބޭއްވުމަށް ދެ ދުވަހެއްގެ ތެރޭގައި ގެޒެޓްގައި ޝާއިރްކޮށް އިއުލާންކުރާނެ ކަމަށާއި، އެ އިންތިހާބުގައި ރައީސްކަމަށް ވާދަކުރުމަށް އޭނާ ނިންމާފައިވާ ކަމަށެވެ.

އެގޮތުން ޝަވީދު ވިދާޅުވީ،މިހާރުވެސް ބައެއް އެސޯސިއޭޝަންތަކުން ޕްރޮކްސީ ދޭނެ ކަމަށް ބުނެ ބައެއް ކަންތައްތައް ކުރުމަށް އެދެމުން އަންނަ ކަމަށެވެ. އެހެންނަމަވެސް ޝަވީދު ވިދާޅުވީ ވޯޓު ދިނުމާ ނުދިނުން އޮތީ އެ އެސޯސިއޭޝަންތަކުގެ އަތްމަތީގައި ކަމަށާއި، އެކަންތައްތައް ނުކޮށްދެވޭނެ ކަމަށް ވަރަށް ހިތާމައާއެކު ދަންނަވާ ކަމަށެވެ.

ޝަވީދު ވިދާޅުވީ އެސޯސިއޭޝަންތަކުގެ އެތެރޭގެ ކަންތައްތަކާ ކުޅުމަށް ބައެއް ފަރާތްތަކުން އެދެމުން އަންނަ ކަމަށާއި، އެކަންތައްތައް ކުރަން ބޭނުންނުވާ ކަމަށެވެ.

މީގެއިތުރުން ޝަވީދު ވިދާޅުވީ، އޮލިމްޕިކް ކޮމެޓީގެ މިހާރުގެ އެކްސްކޯއާ އެކު ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ހާސިލްކުރެވުނުކަންތައްތައް ތާރީހުގެ ތެރޭގައި ލިޔެވިފައިވާނެ ކަމަށާއި، އެ ހިސާބުތައް އޮޅުވާނުލެވޭނެ ކަމަށެވެ.

އޮލިމްޕިކް ކޮމެޓީއަކީ އެސޯސިއޭޝަންތަކުގެ ބެލެނިވެރި ފަރާތް ނޫންކަމަށް ފާހަގަކުރަމުން ޝަވީދު ވިދާޅުވީ، އޮލިމްޕިކް ކޮމެޓީ އަކީ ހަމައެކަނި އެސޯސިއޭޝަންތަކަށް ކަންތައްތައް މަގުފަހިކޮށްދޭން އޮތް ތަނެއް ކަމަށެވެ. އެގޮތުން އެކަންތައްތައް ފޯރުކޮށްދިނުންމަތީ އޮލިމްޕިކް ކޮމެޓީ ދެމި އޮންނާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ޝަވީދު ވިދާޅުވީ ބައެއް އެސޯސިއޭޝަންތަކުން އެ އެސޯސިއޭޝަންތަކުގެ ދުރު ރާސްތާ ޕްލޭންތައް ހެދުމަށްވެސް އެދިފައިވާ ކަމަށާއި، އެހެން ނަމަވެސް އޮލިމްޕިކް ކޮމެޓީއަކީ އެފަދަ ކަންތައްތައް ކޮށްދޭ ތަނެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންނަކީ ޕިއޯކޮށް ސްޕޯޓްސް އަށް ޑެޑިކޭޓެޑް ބައެއް. އޮލިމްޕިކް ކޮމެޓީ އަކީ ބޭރުން އެ އެސޯސިއޭޝަންތަކަށް ހޯދައިދެވޭނެ ފުރުސަތަކީ ކޮބައިތޯ އަދި އެނޫންވެސް ކަންކަން ކޮށްދޭން ތިބި ބައެއް. އަޅުގަނޑުމެން ނުޖެހޭ ޓީޓީ އަށް 2015 ވަނަ އަހަރުގެ ވޯލްޑްކަޕަށް ޓީޓީ ޓީމު ތައްޔާރުކުރެވޭނެ މަގު ހޯދައިދޭން. މިއީ އަޅުގަނޑުމެން އެސިސްޓްކޮށްދޭންޖެހެނީ" ޝަވީދު ވިދާޅުވި އެވެ.

ވީބީ ސްޕޯޓްސް ކްލަބް އުފައްދައި އެ ކްލަބް ހިންގެވުމުގައި އިސް ދައުރެއް އަދާކުރެއްވި ޝަވީދު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަށް އިންތިހާބުވެފައި ވަނީ 2013 ވަނަ އަހަރުގެ ޖުލައިމަހުއެވެ.

އިތުރަށް ކިޔާލަން

17 މެއި 2018

ގޯޓްޒޭ ބާކީކޮށް ޖަރުމަނުގެ ސްކޮޑް އިއުލާންކޮށްފި

17 މެއި 2018
ގޯޓްޒޭ ބާކީކޮށް ޖަރުމަނުގެ ސްކޮޑް އިއުލާންކޮށްފި
16 މެއި 2018

ނޭމާ އަދި ކުޓީނިއޯ ހިމަނައި ބްރެޒިލްގެ ސްކޮޑް އިއުލާންކޮށްފި

16 މެއި 2018
ނޭމާ އަދި ކުޓީނިއޯ ހިމަނައި ބްރެޒިލްގެ ސްކޮޑް އިއުލާންކޮށްފި
18 އޯގަސްޓު 2017

މިދިޔަ ސީޒަނުގެ އެންމެ މޮޅު ކޯޗަށް ވާދަކުރާ ފަރާތްތައް އިއުލާންކޮށްފި

18 އޯގަސްޓު 2017
މިދިޔަ ސީޒަނުގެ އެންމެ މޮޅު ކޯޗަށް ވާދަކުރާ ފަރާތްތައް އިއުލާންކޮށްފި
04 މެއި 2017

ގައުމީ ޖޫނިއާ ވޮލީ ޓީމުތަކަށް ކޯޗުން ހޯދަން އިއުލާންކޮށްފި

04 މެއި 2017
ގައުމީ ޖޫނިއާ ވޮލީ ޓީމުތަކަށް ކޯޗުން ހޯދަން އިއުލާންކޮށްފި
02 މެއި 2017

ބީބީސީން ހޮވާ އެންމެ މޮޅު ފަސް އަންހެން ކުޅުންތެރިން އިއުލާންކޮށްފި

02 މެއި 2017
ބީބީސީން ހޮވާ އެންމެ މޮޅު ފަސް އަންހެން ކުޅުންތެރިން އިއުލާންކޮށްފި
24 އެޕްރީލު 2017

އެމްއޯސީގެ އިންތިހާބުގައި ވޯޓް ނަގަން ޖެހެނީ އެންމެ މަގާމަކަށް

24 އެޕްރީލު 2017
އެމްއޯސީގެ އިންތިހާބުގައި ވޯޓް ނަގަން ޖެހެނީ އެންމެ މަގާމަކަށް
19 އެޕްރީލު 2017

އެމްއޯސީގެ އިންތިހާބު މޮނީޓާ ކުރުމަށް ކޮމިޓީއެއް އެކުލަވާލައިފި

19 އެޕްރީލު 2017
އެމްއޯސީގެ އިންތިހާބު މޮނީޓާ ކުރުމަށް ކޮމިޓީއެއް އެކުލަވާލައިފި
16 އެޕްރީލު 2017

އެމްއޯސީގެ މަގާމުތަކަށް ވާދަކުރުމަށް ފުރުސަތު ހުޅުވާލައިފި

16 އެޕްރީލު 2017
އެމްއޯސީގެ މަގާމުތަކަށް ވާދަކުރުމަށް ފުރުސަތު ހުޅުވާލައިފި
08 ފެބުރުއަރީ 2017

މި ސީޒަނަށްފަހު ކުޅުން ހުއްޓާލާނެކަން ލާމް އިއުލާންކޮށްފި

08 ފެބުރުއަރީ 2017
މި ސީޒަނަށްފަހު ކުޅުން ހުއްޓާލާނެކަން ލާމް އިއުލާންކޮށްފި
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު