Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕޯޓްސް ކޯޕަރޭޝަން

މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު

12 މާރިޗު 2017 | އާދީއްތަ 17:41

ކުޅިވަރުގެ ގިނަ ފެސިލިޓީތަކެއް މި ބިމުގައި ހެދޭނެ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 12 މާރިޗު 2017 | އާދީއްތަ 17:41
ހެންވޭރު ޔޫތު ސެންޓަރު (މުނިއުފާ)، މިތަންވަނީ ސްޕޯޓްސް ކޯޕަރޭޝަނާ ހަވާލުކޮށްފަ

ހެންވޭރު ޔޫތު ސެންޓަރު (މުނިއުފާ)، މިތަންވަނީ ސްޕޯޓްސް ކޯޕަރޭޝަނާ ހަވާލުކޮށްފަ

ހެންވޭރު ޔޫތް ސެންޓަރުގެ ގޮތުގައި ކުރިން ބޭނުންކުރި މުނިއުފާ ހިންގި ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެވުމަށް ބޭނުންވާ ވަސީލަތްތަކާއެކު ހުރިހާ ކުޅިވަރެއްވެސް ހިންގުމަށްޓަކައި ބޭނުންވާނެ ފައިސާ ހޯދާނެ ތަނެއްގެ ގޮތުގައި ކަމަށް ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަބްދުއްރައްޒާގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ކުޅިވަރުގެ ގާނޫނުގައި ބުނެފައި ވަނީ "ދިވެހި ދައުލަތުގެ މިލްކިއްޔާތުގައިވާ ކުޅިވަރާގުޅޭ މުދަލުގެ ތެރެއިން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭށަނަށް ބަދަލުކުރަން ކަނޑައެޅިފައިވާ މުދާ ކަނޑައަޅައި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭށަނަށް ކުޅިވަރާބެހޭ ވުޒާރާއިން ނަގުލުކޮށް ބަދަލު ކުރަންވާނެ" ކަމަށެވެ.

އެހެން ކަމުން ޔޫތް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކުރިން އޮތް މި ބިން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ސްޕޯޓްސް ކޯޕަރޭޝަނަށް ދިނުމަށް ނިންމައި އެއްބަސްވުމެއް ވެސް އެކުލަވާލާފަ އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އަބްދުއްރައްޒާގު ވިދާޅުވީ މުނިއުފާ ބިން ސްޕޯޓްސް ކޯޕަރޭޝަންގެ ބެލުމުގެ ދަށަށް ލިބިގެންދިޔަކަމީ އެތަށް ގޮތަކުން ކުޅިވަރަށް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށާއި އެހެން ކަމުން އެންމެ ރަނގަޅު ގޮތުގައި ކުޅިވަރުތައް ކުރިއެރުވުމަށް އެ ބިން ބޭނުން ކުރެވިގެންދާނެ ކަމަށެވެ.

ގާތްގަނޑަކަށް 10،000 އަކަ ފުޓޫގެ އެ ބިމުގައި ކުޅިވަރު ކުޅޭނެ އިންޑޯ ކޯޓުތަކާއި އަދިވެސް އެހެނިހެން ކުޅިވަރު ކުޅޭނެ ވަސީލަތްތައް ހެދިގެންދާނެތޯ ސުވާލު ކުރުމުން ރައްޒާގު ވިދާޅުވީ އެތަނުގެ ބޭނުން އެންމެ ބޮޑަށް ކުރެވޭނީ ކުޅިވަރުތައް ކުރިއެރުވުމަށް ބޭނުންވާނެ ފައިސާ ހޯދުމަށް ތަންތަން ތައްޔާރު ކުރުމަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުން ހުރީ އެ ބިމުގައި ބޮޑު އިމާރާތެއް ކޮށް ދިގު މުއްދަތަކަށް ގުދަން ނުވަތަ އޮފީސް ބޭނުމަށް އެކި ފަރާތްތަކަށް ތަންތަން ދޫކުރުން، އޭރުން ދާއިމީ ގޮތެއްގައި ކުޅިވަރުތައް ކުރިއެރުވުމަށް ފައިސާ ލިބިގެންދާނެ." ރައްޒާގު ވިދާޅުވި އެވެ.

ރައްޒާގު އިތުރަށް ވިދާޅުވީ ކޯޕަރޭޝަންގެ ވިސްނުން އަބަދުވެސް ހުންނަނީ ކުޅިވަރުތައް ތަރައްގީކޮށް ބައެއް ކުޅިވަރުތައް ކުޅޭނެ ރަނގަޅު ތަނެއް އެސޯސިއޭޝަންތަކާއި އަދިވެސް ކުޅިވަރުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފޮރުކޮށްދިނުން ކަމަށާއި އެހެން ކަމުން މުނިއުފާ ބިން ތަރައްގީ ކުރެވޭ އިރު، ކުޅިވަރުގެ ފެސިލިޓީތަކެއް އެތަނަށް އަންނާނެ ކަމަށެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން ރައްޒާގު ވިދާޅުވީ މިހާރުވެސް ސްޕޯޓްސް ކޯޕަރޭޝަނަށް ގާނޫނުން ލާޒިމުކުރާ ގޮތަށް ބައެއް ބިންތައް ނުލިބިވާ ކަމަށާއި އެހެން ނަމަވެސް އެއީ އެ ކޯޕަރޭޝަންގައި އެވަރުގެ ގާބިލިއްޔަތު ކަމެއް ނެތިގެން ނުލިބި ހުރި ބިންތަކެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ވީހާވެސް އަވަހަށް އެބިންތައް ލިބުމުން ކުޅިވަރު މިހާރު އޮތް ހަރުފަތަށް ވުރެ ދެގުނަ ބާރަށް އިތުރު ހަރުފަތަކަށް ގެންދިއުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް އެބޭފުޅާ ވިދާޅުވި އެވެ.

ސްޕޯޓްސް ކޯޕަރޭޝަނަށް ބޮޑު ބިމެއް ކުޅިވަރު ތަރައްގީ ކުރުމަށް ލިބިގެންދިޔައިރު ބައެއް ކުޅިވަރުތައް އެންމެ އެކަށީގެންވާ ގޮތަށް ކުރިއަށް ގެންދިއުމަށް ބިން ނުވަތަ ހޯލު ލިބިފައި ނުވާކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ކުޅިވަރު ކަމުގައިވާ ހޭންޑްބޯޅަ ކުޅޭނެ ރަސްމީ ބިމެއް ހަމަޖެހިފައި ނުވާ އިރު، މުނިއުފާ ބިމުގައި މި ކުޅިވަރުގެ އިތުރުން އަދިވެސް ގިނަ ކުޅިވަރުތަކެއް ކުޅޭނެ އިންޑޯ ކޯޓެއް ތައްޔާރު ކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ހަމަ އެއާއެކު ކެރަމް އާއި ޗެސް (ރާޒުވާ) ކުޅޭނެ ރަނގަޅު ފެންވަރުގެ ހޯލުތައް ނެތްއިރު، މި ކުޅިވަރުތަކަށް ވެސް ރަނގަޅު ފެންވަރުގެ ތަންތަން ހެދިގެންދާނެ ކަމަށް އުންމީދު ކުރެވެ އެވެ.

އިތުރަށް ކިޔާލަން

08 ނޮވެމްބަރު 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދިރާގުން ކުޅިވަރު ފެސްޓިވަލެއް ބާއްވައިފި

08 ނޮވެމްބަރު 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދިރާގުން ކުޅިވަރު ފެސްޓިވަލެއް ބާއްވައިފި
10 އޯގަސްޓު 2017

ބާސާއަށް ޑެމްބެލޭ ދޫކުރެވޭނީ 135 މިލިއަން ޕައުންޑަށް: ޑޯޓްމަންޑް

10 އޯގަސްޓު 2017
ބާސާއަށް ޑެމްބެލޭ ދޫކުރެވޭނީ 135 މިލިއަން ޕައުންޑަށް: ޑޯޓްމަންޑް
22 ޖުލައި 2017

ކުޅިވަރު ކްލަބް ޖަމްއިއްޔާތައް ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި

22 ޖުލައި 2017
ކުޅިވަރު ކްލަބް ޖަމްއިއްޔާތައް ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި
18 ޖޫން 2017

ރޮބިންސަން ކްލަބް މޯލްޑިވްސްގެ ލޯންޑްރީއެއްގައި ރޯވެ ގެއްލުންތަކެއްވެއްޖެ

18 ޖޫން 2017
ރޮބިންސަން ކްލަބް މޯލްޑިވްސްގެ ލޯންޑްރީއެއްގައި ރޯވެ ގެއްލުންތަކެއްވެއްޖެ
05 ޖޫން 2017

ކުޅިވަރު ޖަމިއްޔާތައް ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި

05 ޖޫން 2017
ކުޅިވަރު ޖަމިއްޔާތައް ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި
22 މެއި 2017

ނެޓްބޯޅައިގެ ފޯރިގަދަ، ބަޔަކު އުޅެނީ މި ކުޅިވަރު ހަލާކުކޮށްލަން: ޝާޒް

22 މެއި 2017
ނެޓްބޯޅައިގެ ފޯރިގަދަ، ބަޔަކު އުޅެނީ މި ކުޅިވަރު ހަލާކުކޮށްލަން: ޝާޒް
14 މާރިޗު 2017

އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި

14 މާރިޗު 2017
އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި
12 މާރިޗު 2017

ކުޅިވަރު އެތުލީޓުންނަށް ސިލްސިލާ ސެމިނާއެއް އެމްއޯސީން ފަށައިފި

12 މާރިޗު 2017
ކުޅިވަރު އެތުލީޓުންނަށް ސިލްސިލާ ސެމިނާއެއް އެމްއޯސީން ފަށައިފި
04 ފެބުރުއަރީ 2017

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް
03 ފެބުރުއަރީ 2017

ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި

03 ފެބުރުއަރީ 2017
ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް