Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާލޭ ލީގު

ހަތަރު ރެފްރީން ހަތަރު ކުލައިގެ ޔުނީފޯމުގަ ނުކުމެގެން މިކަމެއް ރަނގަޅެއް ނުކުރެވޭނެ: ނިޒާމްބެ

މުޅި މެޗުގައި ވެސް ރެފްރީގެ ނިންމުންތައް ދިޔައީ ވަރަށް ދަށްކޮށް

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 13 އެޕްރީލު 2017 | ބުރާސްފަތި 18:15
މާލޭ ލީގުގެ މެޗެއްގައި ރެފްރީން ތިން ކުލައިގެ ޔުނީފޯމުގަ

މާލޭ ލީގުގެ މެޗެއްގައި ރެފްރީން ތިން ކުލައިގެ ޔުނީފޯމުގަ

ދިވެހި ފުޓްބޯޅަ މިނޫން ހަރުފަތަކަށް ގެންދަން ބޭނުންވާ ނަމަ ރެފްރީންނަކީ ސީރިއަސް ބަޔަކަށް ވާންޖެހޭ ކަމަށާއި އެގޮތުން މެޗު ކޮންޓްރޯލް ފުރިހަމަ އަށް ނުނެގޭ ރެފްރީންގެ ސަބަބުން މެޗުގެ އޮއިވަރު ވަރަށް ބޮޑަށް ބަދަލުވެގެންދާ ކަމަށް ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

މާލޭ ލީގުގައި ބުދަ ދުވަހުގެރޭ ޓީސީ އާއި ވިކްޓްރީ ބައްދަލުކުރި މެޗުގައި ރެފްރީގެ ފަރާތުން މެޗުގެ ކޮންޓްރޯލް ގެއްލުނު މަންޒަރު ފެނިގެން ގޮސްފައިވާ އިރު، އެކަމާ ގުޅިގެން ނިޒާމްބެ ވަނީ މެޗު ކުރިއަށްދިޔަ ވަގުތު ވެސް ރެފްރީގެ ބައެއް ނިންމުންތަކާ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

ނިޒާމްބެ ބުނީ މި މެޗަކީ ދެޓީމަށް ވެސް ރެފްރީގެ ކަންތައްތައް ޖޯކަކަށް ވެގެން ދިޔަ މެޗެއް ކަމަށާއި މުޅި މެޗުގައި ވެސް ރެފްރީގެ ނިންމުންތައް ދިޔައީ ވަރަށް ދަށްކޮށް ކަމަށެވެ.

"ވަރަށް ދަށްކޮށް ހަމަ މުޅި މެޗުގަވެސް ރެފްރީގެ ކަންތައް ހުރީ، ދެން ގަބޫލެއް ނުކުރެވޭ މިކަމެއް، ފުރަތަމަ މެޗަށް ނިކުތްއިރު ވެސް ރެފުރީ ހުރީ ޕުރެޝަރުގަ، މި ލެވެލްގެ މެޗަކަށް ކަނޑައެޅިގެން އެނގޭ އޭނަ ޕުރެޝާކަން، އެހެންވީމަ މިކަހަލަ ކަންތައް މިހެން ކުރީމަ ކަމަކު ނުދާނެ." ނިޒާމްބެ ބުންޏެވެ.

ރެފްރީންގެ ފެންވަރަށް ފާޑު ކިޔަމުން ނިޒާމްބެ ބުނީ، މެޗެއްގައި ހަތަރު ރެފްރީން ހަތަރު ކުލައިގެ ޔުނީފް ލައިގެން ލީގު މެޗެއްގައި ރެފްރީކަން ކުރި މަންޒަރު ފެނިގެންދިޔަ ކަމަށާއި އެކަމުން ވެސް ރެފްރީން މެޗުތަކަށް ސީރިއަސް ނޫން މިންވަރު ހާމަވެގެންދާ ކަމަށެވެ.

"ލީގުގައި އެއް މެޗުގައި ފެނިގެން ގޮސްފި ހަތަރު ކުލައިގެ ޔުނިފޯމްގަ ހަތަރު ރެފްރީން ތިބެގެން މެޗެއް ސްޓާޓް ކުރި ހިސާބު، އެހެންވީމާ އޭގެ މާނައަކީ މީ ރެފްރީން ސީރިއަސް މިންވަރޭ." ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ ބުނީ ކުލަބުތަކާއި ކުޅުންތެރިން ސީރިއަސް ވެގެން މެޗަށް ނިކުންނައިރު ރެފްރީންގެ ފަރާތުން މިކަން ޖޯކަކަށް ހެދުމުން ފުޓުބޯޅަ ރަނގަޅެއް ނުކުރެވޭނެ ކަމަށާއި އެގޮތުން ރެފްރީންގެ ކަންތައްތައް މޮނީޓާކުރަމުންދާ ފަރާތްތަކުންވެސް މިކަމާ ވެގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއު މޮޅުވުން ހައްގެއް ނޫން، ރެފްރީންގެ ފެންވަރުދަށް: ސޮބާ

ނިއު މޮޅުވުން ހައްގެއް ނޫން، ރެފްރީންގެ ފެންވަރުދަށް: ސޮބާ

29 އެޕްރީލު 2017
ޕްރިމިއާ ލީގު: ސިޓީ ހަތަރުވަނައަށް ވައްޓާލުމަށްފަހު ޗެލްސީ ލީޑު ފުޅާކޮށްފި

ޕްރިމިއާ ލީގު: ސިޓީ ހަތަރުވަނައަށް ވައްޓާލުމަށްފަހު ޗެލްސީ ލީޑު ފުޅާކޮށްފި

06 އެޕްރީލު 2017
ނެޓްބޯލް ސީ ބެޖް ހަތަރު އަމްޕަޔަރުން ސިންގަޕޫރަށް

ނެޓްބޯލް ސީ ބެޖް ހަތަރު އަމްޕަޔަރުން ސިންގަޕޫރަށް

01 އެޕްރީލު 2017
ގައުމީ ޓީމު ކުޅޭ މެޗަށް މާލޭގެ ހަތަރު ސަރަހައްދެއްގައި ޓިކެޓް ވިއްކަނީ

ގައުމީ ޓީމު ކުޅޭ މެޗަށް މާލޭގެ ހަތަރު ސަރަހައްދެއްގައި ޓިކެޓް ވިއްކަނީ

21 މާރިޗު 2017
ސާޅިސް ހަތަރު ޓީމާއެކު ސްކޫލް ކޮލެޖު ވޮލީ މުބާރާތް ފަށަނީ

ސާޅިސް ހަތަރު ޓީމާއެކު ސްކޫލް ކޮލެޖު ވޮލީ މުބާރާތް ފަށަނީ

04 މާރިޗު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު