Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ޓީމުގެ ގަތަރު ކޭމްޕް

ފައިދާ ނެގޭނީ ސަޕޯޓަރުން ދަނޑަށް ވަދެގެން: ކުރޯ

21 ސެޕްޓެމްބަރު 2021 | އަންގާރަ 05:15

ސަހާރާ ފަޅީގެ ސިޑިބަރިތަކަށް ސަޕޯޓަރުން ވައްދަން މަސައްކަތްކުރޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 21 ސެޕްޓެމްބަރު 2021 | އަންގާރަ 05:15
ގަތަރު ކޭމްޕުގައި ޑިފެންޑަރު ހުސެއިން ޝިފާއު ޔޫސުފް (ކުރޯ) ދިން އިންޓަވިއުގެ ތެރެއިން

ގަތަރު ކޭމްޕުގައި ޑިފެންޑަރު ހުސެއިން ޝިފާއު ޔޫސުފް (ކުރޯ) ދިން އިންޓަވިއުގެ ތެރެއިން

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ކުޅޭއިރު، ހޯމް އެޑްވާންޓޭޖް ނެގޭނީ ސަޕޯޓަރުން ދަނޑަށް ވަދެގެން ކަމަށް ގައުމީ ޓީމުގެ ޑިފެންޑަރު ހުސެއިން ޝިފާއު ޔޫސުފް (ކުރޯ) ބުނެފިއެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި ގައުމީ ޓީމުން ފަރިތަކުރަމުން އަންނައިރު، ކޭމްޕް ފުރިހަމަކުރުމަށްފަހު ގައުމީ ޓީމު އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހެވެ.

ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ތައްޔާރުވަމުން އަންނައިރު، އެ މުބާރާތުގެ މެޗުތައް ބަލަން ގައުމީ ފުޓްބޯޅަ ދަނޑަށް ސަޕޯޓަރުން ވެއްދުމުގެ ހުއްދަ މިހާރު ވަނީ ލިބިފައެވެ. އެއާއެކު ކުޅިވަރާ ބެހޭ ވުޒާރާއިން އަންނަނީ މީގެ ކުރިން މީހުން ވެއްދުން މަނާކޮށްފައިވާ ދެކުނު ފަރާތް (ސަހާރާ ފަޅި) ގެ ސިޑިބަރިތައް މަރާމާތުކޮށް، އެ ސިޑިބަރީގެ ތިރީ ބަޔަށް ސަޕޯޓަރުން ވައްދަން މަސައްކަތްކުރަމުންނެވެ. އެކަމަކު ސާފް ޗެމްޕިއަންޝިޕުގެ މެޗުތައް ބަލަން ދަނޑަށް ވަދެވޭނީ ކޮވިޑް-19 ގެ ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ގަތަރުގައި ކުރިއަށްދާ ފަރިތަކުރުންތަކުގެ ތެރެއިން ދިން އިންޓަވިއުއެއްގައި ކުރޯ ބުނީ ގައުމީ ޓީމަށް ސަޕޯޓަރުންނަނީ ވަރަށް މުހިންމު ބައެއް ކަމަށާއި، އެގޮތުން މުބާރާތް އަމިއްލަ ފަސްގަނޑުގައި ކުޅޭއިރު، ހޯމް އެޑްވާންޓޭޖް ނެގެން އަންނަނީ ސަޕޯޓަރުން ދަނޑަށް ވަދެގެން ކަމަށެވެ. އެހެންކަމުން ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަދެ، ޓީމަށް ސަޕޯޓުކޮށްދިނުމަކީ ވަރަށް ބޮޑަށް ފައިދާވާނެ ކަމެއް ކަމަށްވެސް ބުންޏެވެ.

ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބާއްވާއިރު، މިދިޔަ އޯގަސްޓް މަހު މާލޭގައި ވަނީ އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާގެ ގްރޫޕުގެ މެޗުތައް ބާއްވާފައެވެ. އެ މުބާރާތުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކުލަބު އީގަލްސް ވާދަކުރިއިރު، މެޗުތައް ކުޅެފައިވަނީ ދަނޑަށް ސަޕޯޓަރުން ނުވައްދައެވެ. ކުރޯ ބުނީ ކޮވިޑުގެ ހާލަތާ ގުޅިގެން އޭއެފްސީ ކަޕުގެ މެޗުތައް ސަޕޯޓަރުން ނުވައްދައި ކުޅުނު ނަމަވެސް، ސާފް ޗެމްޕިއަންޝިޕުގައި ސަޕޯޓަރުން ތިބެގެން މެޗުތައް ކުޅެން ލިބުމުން އެއީ ޓީމަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ޓީމުން ގަތަރުގައި ކޭމްޕުކުރަމުން އަންނައިރު، ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށްވެސް ތައްޔާރުވީ ގަތަރުގައި ކޭމްޕުކޮށްގެންނެވެ. އަންނަ އޮކްޓޯބަރު މަހު ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބާއްވާއިރު، މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ފަސް ގައުމުގެ މެދުގައި ލީގު އުސޫލުން ކުޅުމަށްފަހު، އެންމެ ގަދަ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ.

ސާފް ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެރޭ ރާއްޖެ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ދެވަނަ މެޗުގައި އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުގެރޭ ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، ތިންވަނަ މެޗުގައި އެ މަހުގެ 10 ވަނަ ދުވަހުގެ ހަވީރު ރާއްޖެ ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުގެރޭ ރާއްޖެ ނުކުންނާނީ ވާދަވެރި އިންޑިއާއާ ދެކޮޅަށެވެ.

ގައުމީ ފުޓްބޯޅަ ޓީމުސާފް ޗެމްޕިއަންޝިޕް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2025

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި
25 ސެޕްޓެމްބަރު 2025

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2025
ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ
26 އޯގަސްޓު 2024

ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

26 އޯގަސްޓު 2024
ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!
11 ޖޫން 2024

ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

11 ޖޫން 2024
ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ
11 އޮކްޓޯބަރު 2023

ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

11 އޮކްޓޯބަރު 2023
ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!
31 އޯގަސްޓު 2023

ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ

31 އޯގަސްޓު 2023
ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ
01 ޖުލައި 2023

ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް

01 ޖުލައި 2023
ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް
01 ޖުލައި 2023

އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް

01 ޖުލައި 2023
އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް
01 ޖުލައި 2023

އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ

01 ޖުލައި 2023
އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ
01 ޖުލައި 2023

އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި

01 ޖުލައި 2023
އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް