Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރެންޗް ލީގު

މެސީ ބަދަލުކުރިއިރު، ފަހު ވަގުތު ޕީއެސްޖީއަށް މޮޅެއް

19 ސެޕްޓެމްބަރު 2021 | އާދީއްތަ 21:46

ތިން މެޗުންވެސް މެސީއަށް ލަނޑެއް ޖެހިފައެއް ނުވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 19 ސެޕްޓެމްބަރު 2021 | އާދީއްތަ 21:46
ލިއޮނެލް މެސީ ބަދަލުކުރި ވަގުތު ހިތްހަމަނުޖެހުން ފާޅުކުރަނީ

ލިއޮނެލް މެސީ ބަދަލުކުރި ވަގުތު ހިތްހަމަނުޖެހުން ފާޅުކުރަނީ

ފްރެންޗް ލީގުގައި އާދީއްތަ ދުވަހުގެރޭ ލިޔޯނާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފުގައި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ބަދަލުކުރިއިރު، ފަހު ވަގުތު މައުރޯ އިކާޑީ ޖެހި ލަނޑުން ޕީއެސްޖީ މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗަކީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވި މެސީ، އެ ޓީމުގެ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ. އަދި މި މެޗަކީ ލީގުގައި ޕީއެސްޖީގެ ފުރަތަމަ އެގާރައިގައި ހިމެނިގެން މެސީ ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގެ ފުރަތަމަ ހާފުގައި މެސީ ރަނގަޅު ކުޅުމެއް ދެއްކިއިރު، މި ހާފުގައި އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާއެއް ލިޔޯންގެ ގޯލްކީޕަރު އެންތަނީ ލޮޕޭޒް ވަނީ ދިފާއުކޮށްފައެވެ. އަދި އޭގެ ފަހުން މެސީ ފޮނުވާލި ހިލޭ ޖެހުމެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.

އެކަމަކު މި މެޗުގެ ދެވަނަ ހާފުގައި މެސީ ވަނީ ބަދަލުކޮށްފައެވެ. އެކަމާ ގުޅިގެން މެސީ ހިތްހަމަނުޖެހިފައި ހުރިއިރު، ބަދަލުކުރި ވަގުތު މެސީ ވަނީ ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ދެއްކި ވާހަކަތަކަށް މާ ބޮޑު ސަމާލުކަމެއް ނުދީ ބެންޗަށް ގޮސްފައެވެ. މި މެޗުގައިވެސް މެސީއަށް ލަނޑެއް ކާމިޔާބުކުރެވިފައި ނުވާއިރު، ޕީއެސްޖީގެ ޖާޒީގައި މިހާތަނަށް ކުޅުނު ތިން މެޗުގައިވެސް މެސީއަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.

އާދިއްތަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން ނުވަނަ މިނެޓުގައި ލިޔޯނުން ވަނީ ލީޑު ނަގާފައެވެ. ޓޯކޯ އެކަމްބީ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލޫކަސް ޕަކޭޓާއެވެ.

އެކަމަކު މެޗުގެ 66 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ނޭމާ ވަނީ ޕީއެސްޖީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން ނޭމާއަށް ލިޔޯނުގެ މަލޯ ގުސްޓޯ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އަދި މި މެޗުން ޕީއެސްޖީ މޮޅުކޮށްދިން ލަނޑު އެންހެލް ޑި މާރިއާގެ ބަދަލުގައި ކުޅެން އެރި އިކާޑީ ކާމިޔާބުކޮށްދިނީ މެޗުގެ އިތުރު ވަގުތުގައެވެ.

މި މޮޅާއެކު ޕީއެސްޖީ ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުންވެސް މޮޅުވެފައެވެ. ކުޅުނު ހަ މެޗުން ލިބުނު 18 ޕޮއިންޓާއެކު ޕީއެސްޖީ އެއްވަނައިގައި އޮތްއިރު، ދެވަނައިގައި އޮތީ ފަސް މެޗުން 13 ޕޮއިންޓް ލިބިފައިވާ މާސޭއެވެ. އަދި ޕީއެސްޖީ އަތުން ބަލިވި ލިޔޯން އޮތީ ތާވަލުގެ ނުވަވަނައިގައި ހަ މެޗުން އަށް ޕޮއިންޓާއެކުއެވެ.

ފްރެންޗް ލީގުޕީއެސްޖީ

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށް ޕީއެސްޖީ ތާރީޚު ގެ ތެރެއަށް

18 ޑިސެމްބަރު 2025
އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށް ޕީއެސްޖީ ތާރީޚު ގެ ތެރެއަށް
23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
13 ޖުލައި 2025

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ
10 ޖުލައި 2025

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް
30 ޖޫން 2025

އިންޓަރ މިއާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާ ފައިނަލަށް

30 ޖޫން 2025
އިންޓަރ މިއާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާ ފައިނަލަށް
21 ޑިސެމްބަރު 2024

ޑޮންނަރުންމާގެ މުސްތަޤުބަލާ މެދު ނިންމާނެ ގޮތަކާ މެދު ދަނީ ވިސްނަމުން

21 ޑިސެމްބަރު 2024
ޑޮންނަރުންމާގެ މުސްތަޤުބަލާ މެދު ނިންމާނެ ގޮތަކާ މެދު ދަނީ ވިސްނަމުން
11 ޑިސެމްބަރު 2024

ސަލްސްބާގް އަތުން ޕީއެސްޖީ މޮޅުވެއްޖެ

11 ޑިސެމްބަރު 2024
ސަލްސްބާގް އަތުން ޕީއެސްޖީ މޮޅުވެއްޖެ
07 ޑިސެމްބަރު 2024

ޕީއެސްޖީގެ ރައީސް ވިދާޅުވީ ޞަލާޙު ގެންނައުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށް

07 ޑިސެމްބަރު 2024
ޕީއެސްޖީގެ ރައީސް ވިދާޅުވީ ޞަލާޙު ގެންނައުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް