Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަންގްލަދޭޝްގެ ކޯޗަކަށް އޮސްކާ

ސާފް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝަށް ކޯޗުކޮށްދޭނީ އޮސްކާ

17 ސެޕްޓެމްބަރު 2021 | ހުކުރު 14:05

ދެ މަސް ދުވަހަށް ގައުމީ ޓީމުގެ ޒިންމާއިން ޑޭ ވަނީ ވީއްލާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 17 ސެޕްޓެމްބަރު 2021 | ހުކުރު 14:05
މި އަހަރުގެ އޭއެފްސީ ކަޕުގެ ތެރެއިން ސްޕެއިނުގެ އޮސްކާ ބްރުޒޮން

މި އަހަރުގެ އޭއެފްސީ ކަޕުގެ ތެރެއިން ސްޕެއިނުގެ އޮސްކާ ބްރުޒޮން

އަންނަ އޮކްޓޯބަރު މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝް ގައުމީ ފުޓްބޯޅަ ޓީމަށް ކޯޗުކޮށްދިނުމުގެ ޒިންމާ ސްޕެއިނުގެ އޮސްކާ ބްރުޒޮންއާ ހަވާލުކޮށްފިއެވެ.

ހުކުރު ދުވަހު ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުން ބަޔާނެއްގައި ބުނީ އެ ޓީމުގެ ކޯޗުގެ މަގާމުން އިނގިރޭސި ކޯޗު އުމުރުން 42 އަހަރުގެ ޖެމީ ޑޭ ވަގުތީ ގޮތުން ދުރުކޮށް، އެ ގައުމުގެ ޗެމްޕިއަން ބަންޝުންދަރާ ކިންގްސްއަށް އިރުޝާދުދެމުން އަންނަ އުމުރުން 44 އަހަރުގެ އޮސްކާއާ ޓީމު ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ޑޭގެ އެއްބަސްވުމުގައި ބާކީ އަހަރެއް އޮތްއިރު، އޭނާ ރަސްމީކޮށް ކޯޗުގެ މަގާމުން ވަކިނުކުރާ ކަމަށާއި، އޭގެ ބަދަލުގައި ދެ މަސް ދުވަހަށް ގައުމީ ޓީމުގެ ޒިންމާއިން ޑޭ ވީއްލާފައިވާ ކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ ކުރިން އިންގްލެންޑުގެ ޓީމުތަކަށް އިރުޝާދުދިން ޑޭ ބަންގްލަދޭޝްގެ ސީނިއާ ޓީމާއި، އެ ގައުމުގެ 23 އަހަރުން ދަށުގެ ޓީމާ ހަވާލުވީ 2018 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އޭނާގެ އިރުޝާދުގެ ދަށުން ބަންގްލަދޭޝްއިން މިހާތަނަށް ނުވަ މެޗެއް ކުޅެފައިވާއިރު، އެ ޓީމު މޮޅުވީ ތިން މެޗުންނެވެ. އަދި ޑޭގެ ކޯޗުކަމުގައި 2018 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައިވެސް ބަންގްލަދޭޝް ވަނީ ވާދަކޮށްފައެވެ. އެކަމަކު އެ ފަހަރުގެ މުބާރާތުން ބަންގްލަދޭޝް ކެޓީ ގްރޫޕް ސްޓޭޖުންނެވެ.

ޑޭ ވަގުތީ ގޮތުން ދުރުކޮށް، ބަންގްލަދޭޝް ގައުމީ ޓީމުގެ ޒިންމާ އޮސްކާއާ ހަވާލުކުރިއިރު، އޮސްކާއަކީ ދިވެހި ފުޓްބޯޅަ ރަނގަޅަށް ދަންނަ ކޯޗެކެވެ. އެގޮތުން މީގެ ކުރިން ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގައި ހޭދަކުރި ކުރު މުއްދަތުގައި އޭނާ ވަނީ ރާއްޖޭގެ ހުރިހާ މުބާރާތެއް އެ ޓީމާއެކު ކާމިޔާބުކޮށްފައެވެ.

ނިއު ރޭޑިއަންޓް ދޫކޮށް 2018 ވަނަ އަހަރު އޮސްކާ ބަޝުންދަރާއަށް ބަދަލުވިއިރު، އޭނާ ވަނީ ބަޝުންދަރާއާއެކު އެ ގައުމުގެ ލީގާއި، ފެޑެރޭޝަން ކަޕުގެ އިތުރުން އިންޑިޕެންޑެންސް ކަޕުވެސް ކާމިޔާބުކޮށްފައެވެ. އަދި މި ފަހަރުގެ އޭއެފްސީ ކަޕުގައި އޮސްކާ އިރުޝާދުދިން ބަޝުންދަރާ ވަނީ 2-0 ގެ ނަތީޖާއަކުން ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށްފައެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ތާވަލުކޮށްފައިވާއިރު، މުބާރާތް ކުރިއަށްދާނީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ފަސް ގައުމުގެ މެދުގައި ލީގު އުސޫލުން ކުޅުމަށްފަހު، އެންމެ ގަދަ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ. ގްރޫޕް ސްޓޭޖުގައި ރާއްޖޭން ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުގެރެއެވެ.

ސާފް ޗެމްޕިއަންޝިޕް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2025

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2025
ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ
26 އޯގަސްޓު 2024

ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

26 އޯގަސްޓު 2024
ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!
11 ޖޫން 2024

ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

11 ޖޫން 2024
ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ
01 ޖުލައި 2023

ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް

01 ޖުލައި 2023
ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް
01 ޖުލައި 2023

އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް

01 ޖުލައި 2023
އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް
01 ޖުލައި 2023

އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ

01 ޖުލައި 2023
އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ
01 ޖުލައި 2023

އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި

01 ޖުލައި 2023
އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި
30 ޖޫން 2023

ގައުމީ ޓީމު މާލެ އަންނާނީ ސެމީ ފައިނަލް މެޗުތައް ބަލާފައި!

30 ޖޫން 2023
ގައުމީ ޓީމު މާލެ އަންނާނީ ސެމީ ފައިނަލް މެޗުތައް ބަލާފައި!
28 ޖޫން 2023

ރާއްޖެ ކަޓައިފި، ތާރީޚީ ނާކާމިޔާބީއެއް

28 ޖޫން 2023
ރާއްޖެ ކަޓައިފި، ތާރީޚީ ނާކާމިޔާބީއެއް
28 ޖޫން 2023

ލެބަނަން ސެމީއަށް، ރާއްޖޭގެ އުއްމީދު ބޫޓާންގެ އަތްމައްޗަށް!

28 ޖޫން 2023
ލެބަނަން ސެމީއަށް، ރާއްޖޭގެ އުއްމީދު ބޫޓާންގެ އަތްމައްޗަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް