Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ޓީމުގެ ގަތަރު ކޭމްޕް

ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރަން އިންޑިއާ ބަލިކުރަން ޖެހޭނެ: އިމްރާން

16 ސެޕްޓެމްބަރު 2021 | ބުރާސްފަތި 11:52

ރާއްޖޭން ދެ ފަހަރުވެސް މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި އިންޑިއާ ބަލިކޮށްގެން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 16 ސެޕްޓެމްބަރު 2021 | ބުރާސްފަތި 11:52
ގަތަރު ކޭމްޕުގައި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އިމްރާން މުޙައްމަދު ދިން އިންޓަވިއުގެ ތެރެއިން

ގަތަރު ކޭމްޕުގައި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އިމްރާން މުޙައްމަދު ދިން އިންޓަވިއުގެ ތެރެއިން

ސާފް ޗެމްޕިއަންޝިޕެއް ކާމިޔާބުކުރަން ބޭނުންވާނަމަ ކޮންމެވެސް ހިސާބަކުން އިންޑިއާ ބަލިކުރަން ޖެހޭނެ ކަމަށް 2008 ވަނަ އަހަރު ރާއްޖޭން ފުރަތަމަ ފަހަރަށް އެ މުބާރާތް ކާމިޔާބުކުރި ޓީމުގެ ގޯލު ބެލެހެއްޓި އިމްރާން މުޙައްމަދު ބުނެފިއެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި ގައުމީ ޓީމުން ފަރިތަކުރަމުން އަންނައިރު، ކޭމްޕް ފުރިހަމަކުރުމަށްފަހު ގައުމީ ޓީމު އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހެވެ.

ރާއްޖޭން އެންމެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ 2008 ވަނަ އަހަރު ރާއްޖެ އާއި ސްރީ ލަންކާ ގުޅިގެން މުބާރާތް ހޯސްޓް ކުރި ފަހަރު، ފައިނަލުގައި އިންޑިއާ ބަލިކުރުމަށްފަހުއެވެ. އަދި އެންމެ ފަހުން 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި މުބާރާތުގެ ޗެމްޕިއަންކަންވެސް ރާއްޖޭން ހޯދީ ފައިނަލުގައި އިންޑިއާ ބަލިކުރުމަށްފަހުއެވެ. ސާފް ޗެމްޕިއަންޝިޕުގެ ތާރީޚުގައި ތަށި ދިފާއުކުރެވުނު ހަމައެކަނި ޓީމަކީ އިންޑިއާއެވެ. އަދި މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީވެސް އިންޑިއާއެވެ. އެގޮތުން އިންޑިއާއިން މިހާތަނަށް ހަތް ފަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ.

ބުދަ ދުވަހުގެރޭ ގަތަރުގައި ކުރިއަށްގެންދިޔަ ފަރިތަކުރުންތަކަށްފަހު ދިން އިންޓަވިއުއެއްގައި ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު އިމްރާން ބުނީ މި ފަހަރުގެ މުބާރާތުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅޭއިރު، ނޭޕާލާއި، ބަންގްލަދޭޝް އަދި ލަންކާވެސް ފުޓްބޯޅައިގައި މަޑުމަޑުން ކުރިއަރަމުން އަންނަ ކަމަށެވެ، އެހެންކަމުން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ވަރަށް ވާދަވެރިވާނެ ކަމަށް އިމްރާން ބުންޏެވެ.

އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި މުބާރާތަށް އިންޑިއާއިން ޒުވާން ޓީމެއް ފޮނުވިއިރު، މި ފަހަރުގެ މުބާރާތަށް ސީނިއާ ޓީމު ފޮނުވަން ނިންމާފައިވާކަން އިންޑިއާއިން ވަނީ އިއުލާންކޮށްފައެވެ. އިމްރާން ބުނީ ކޮންމެ ގޮތެއް ވިޔަސް ސާފް ޗެމްޕިއަންޝިޕެއް ކާމިޔާބުކުރާނަމަ އިންޑިއާ ބަލިކުރަން ޖެހޭނެ ކަމަށެވެ. އަދި އިންޑިއާ އިން ސީނިއާ ޓީމު ފޮނުވާނެ ކަމަށް ބުނެފައިވާއިރު، މީގެ ކުރިންވެސް އެ ގައުމުން ފޮނުވަނީ ހަގީގަތުގައި ވަރަށް މޮޅު ޓީމުތައް ކަމަށް އިމްރާން ވަނީ ބުނެފައެވެ.

އިމްރާން ބުނީ މި ފަހަރުގެ މުބާރާތް އަމިއްލަ ފަސްގަނޑުގައި ކުޅޭއިރު، އޭގެ ފައިދާ ނެގޭނީ 12 ވަނަ ކުޅުންތެރިޔާގެ އެހީތެރިކަމާއެކުގައި ކަމަށެވެ. އެގޮތުން ގަލޮޅު ދަނޑުގައި ދިވެހި ޓީމު ޖެހިލުންވާ ޖެހޭ ވަރުގެ ޓީމެއް ނޯންނާނެ ކަމަށާއި، އެހެންކަމުން ގައުމީ ޓީމާ އެއްކޮށް ހުރިހާ ދިވެހި ރައްޔިތުން ތިބުމަށް އެދޭ ކަމަށްވެސް އިމްރާން ބުންޏެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ޓީމުން ގަތަރުގައި ކޭމްޕުކުރަމުން އަންނައިރު، ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށްވެސް ތައްޔާރުވީ ގަތަރުގައި ކޭމްޕުކޮށްގެންނެވެ. އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބާއްވާއިރު، މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ފަސް ގައުމުގެ މެދުގައި ލީގު އުސޫލުން ކުޅުމަށްފަހު، އެންމެ ގަދަ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ.

ސާފް ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެރޭ ރާއްޖެ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ދެވަނަ މެޗުގައި އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުގެރޭ ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، ތިންވަނަ މެޗުގައި އެ މަހުގެ 10 ވަނަ ދުވަހުގެ ހަވީރު ރާއްޖެ ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުގެރޭ ރާއްޖެ ނުކުންނާނީ ވާދަވެރި އިންޑިއާއާ ދެކޮޅަށެވެ.

ގައުމީ ފުޓްބޯޅަ ޓީމުސާފް ޗެމްޕިއަންޝިޕް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2025

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި
25 ސެޕްޓެމްބަރު 2025

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2025
ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ
26 އޯގަސްޓު 2024

ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

26 އޯގަސްޓު 2024
ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!
11 ޖޫން 2024

ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

11 ޖޫން 2024
ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ
11 އޮކްޓޯބަރު 2023

ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

11 އޮކްޓޯބަރު 2023
ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!
31 އޯގަސްޓު 2023

ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ

31 އޯގަސްޓު 2023
ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ
01 ޖުލައި 2023

ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް

01 ޖުލައި 2023
ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް
01 ޖުލައި 2023

އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް

01 ޖުލައި 2023
އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް
01 ޖުލައި 2023

އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ

01 ޖުލައި 2023
އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ
01 ޖުލައި 2023

އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި

01 ޖުލައި 2023
އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް