Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ޓީމުގެ ގަތަރު ކޭމްޕް

ދިވެހި ރައްޔިތުންނާއެކު މަސައްކަތްކޮށްގެން މި ތަށިވެސް ކާމިޔާބުކުރާނަން: އަކޫ

15 ސެޕްޓެމްބަރު 2021 | ބުދަ 10:19

ޓީމުގެ ރޫހު މިހާރު ވަރަށް ބޮޑަށް ތަފާތު ކަމަށް އަކޫ ބުނި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 15 ސެޕްޓެމްބަރު 2021 | ބުދަ 10:19
ގަތަރު ކޭމްޕުގައި ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) ދިން އިންޓަވިއުގެ ތެރެއިން

ގަތަރު ކޭމްޕުގައި ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) ދިން އިންޓަވިއުގެ ތެރެއިން

ދިވެހި ރައްޔިތުންނާއެކު މަސައްކަތްކޮށްގެން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުވެސް ކާމިޔާބުކުރަން މަސައްކަތްކުރާނެ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) ބުނެފިއެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި ގައުމީ ޓީމުން ފަރިތަކުރަމުން އަންނައިރު، ކޭމްޕް ފުރިހަމަކުރުމަށްފަހު ގައުމީ ޓީމު އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހެވެ.

މި ފަހަރުގެ މުބާރާތާ ކުރިމަތިލާއިރު، ރާއްޖޭން ވަނީ 2018 ވަނަ އަހަރު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. އެ ފަހަރު ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ އަކޫގެ ލީޑާޝިޕުގެ ދަށުންނެވެ. އޭގެ ކުރިން އެންމެ ފުރަތަމަ 2008 ވަނަ އަހަރު ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، އޭރު ގައުމީ ޓީމުގެ ކެޕްޓަނަކީ އަކޫގެ ބޭބެ އައްސަދު އަބްދުލް ޣަނީއެވެ.

އަންގާރަ ދުވަހުގެރޭ ގަތަރުގައި ކުރިއަށްގެންދިޔަ ފަރިތަކުރުންތަކަށްފަހު ދިން އިންޓަވިއުއެއްގައި އަކޫ ބުނީ 2018 ވަނަ އަހަރުގެ މުބާރާތަށްފަހު ވަރަށް އުނދަގޫ ހާލަތެއް ކުރިމަތިވި ކަމަށާއި، އަދި އެ ހާލަތަށް ބަލާއިރު ނިމިދިޔަ ފީފާ ވޯލްޑް ކަޕުގެ ކޮލިފައިން މެޗުތައްވެސް ދިޔައީ އެންމެ ހީކުރި ގޮތަށް ނޫން ކަމަށެވެ. އެކަމަކު ފަހުން ޓީމު އެކުލަވާލައި މާލޭގައި ފަރިތަކުރުމަށްފަހު، ގަތަރުގައި މިހާރު ތަމްރީނުތައް ކުރިއަށްގެންދާއިރު ޓީމު ވަރަށް ބޮޑުތަކުން ރަނގަޅުވެފައިވާ ކަމަށްވެސް ބުންޏެވެ. އެގޮތުން ދުވަހަކަށްވުރެ ދުވަހެއް ކުޅުންތެރިންގެ މޯޓިވޭޝަން ރަނގަޅުވަމުން އަންނަ ކަމަށާއި، ޓީމުގެ މިސްރާބު މިހާރު އޮތީ ރަނގަޅަށް ކަމަށްވެސް އަކޫ ބުންޏެވެ.

އަކޫ ބުނީ ކުރިއާ އަޅާ ބަލާއިރު ޓީމުގެ ރޫހު ވަރަށް ބޮޑަށް ތަފާތު ކަމަށާއި، މިހާރު މަސައްކަތްކުރަމުން ދަނީ އެއްބައިވަންތަކަމާއެކުގައި ކަމަށެވެ. އެކަމަކު މުބާރާތަށް ދާ ސްކޮޑުގައި ހިމެނެން ކޮންމެ ކުޅުންތެރިއަކުވެސް ބޭނުންވާނެ ކަމަށާއި، އެގޮތުން ގައުމު ތަމްސީލްކުރަން އައިސް ތިބި 29 ކުޅުންތެރިންގެ ތެރެއިން ވަކި އަދަދެއްގެ ބަޔަކަށް މުބާރާތަށް ދެވޭއިރު، އެ ޖާގައަށް ހުރިހާ ކުދިންވެސް މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.

އަދި ހުރިހާ ކުޅުންތެރިންގެ ފަރާތުންވެސް މޯޓިވޭޝަން އާއި މަސައްކަތް ވަރަށް ރަނގަޅަށް ފެންނަ ކަމަށާއި، އެހެންކަމުން ދިވެހި ރައްޔިތުންނާއެކު މަސައްކަތްކޮށްގެން މި ފަހަރުގެ ތަށިވެސް ކާމިޔާބުކުރަން މަސައްކަތްކުރާނެ ކަމަށް އަކޫ ވަނީ ބުނެފައެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ޓީމުން ގަތަރުގައި ކޭމްޕުކުރަމުން އަންނައިރު، ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށްވެސް ތައްޔާރުވީ ގަތަރުގައި ކޭމްޕުކޮށްގެންނެވެ. އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބާއްވާއިރު، މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ފަސް ގައުމުގެ މެދުގައި ލީގު އުސޫލުން ކުޅުމަށްފަހު، އެންމެ ގަދަ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ.

ސާފް ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެ ހަވީރު ރާއްޖެ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ދެވަނަ މެޗުގައި އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުގެރޭ ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، ތިންވަނަ މެޗުގައި އެ މަހުގެ 10 ވަނަ ދުވަހުގެ ހަވީރު ރާއްޖެ ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުގެރޭ ރާއްޖެ ނުކުންނާނީ ވާދަވެރި އިންޑިއާއާ ދެކޮޅަށެވެ.

ގައުމީ ފުޓްބޯޅަ ޓީމުސާފް ޗެމްޕިއަންޝިޕް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2025

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި
25 ސެޕްޓެމްބަރު 2025

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2025
ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ
26 އޯގަސްޓު 2024

ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

26 އޯގަސްޓު 2024
ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!
11 ޖޫން 2024

ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

11 ޖޫން 2024
ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ
11 އޮކްޓޯބަރު 2023

ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

11 އޮކްޓޯބަރު 2023
ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!
31 އޯގަސްޓު 2023

ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ

31 އޯގަސްޓު 2023
ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ
01 ޖުލައި 2023

ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް

01 ޖުލައި 2023
ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް
01 ޖުލައި 2023

އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް

01 ޖުލައި 2023
އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް
01 ޖުލައި 2023

އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ

01 ޖުލައި 2023
އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ
01 ޖުލައި 2023

އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި

01 ޖުލައި 2023
އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް