Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ޓީމުގެ ގަތަރު ކޭމްޕް

މި ފަހަރުވެސް ގޯލްކީޕަރުންނާ މެދު ޔަގީންކަން ބޮޑު: އަސްލަމް

14 ސެޕްޓެމްބަރު 2021 | އަންގާރަ 11:15

މި ފަހަރުގެ ކޭމްޕުގައި މިހާރު ބައިވެރިވަމުން އަންނަނީ ތިން ގޯލްކީޕަރުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 14 ސެޕްޓެމްބަރު 2021 | އަންގާރަ 11:15
ގަތަރު ކޭމްޕުގައި ގޯލްކީޕަރު ޓްރެއިނަރު އަސްލަމް އަބްދުލް ރަހީމް ދިން އިންޓަވިއުގެ ތެރެއިން

ގަތަރު ކޭމްޕުގައި ގޯލްކީޕަރު ޓްރެއިނަރު އަސްލަމް އަބްދުލް ރަހީމް ދިން އިންޓަވިއުގެ ތެރެއިން

ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕާ ކުރިމަތިލާއިރު، ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރުންނާ މެދު ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ގޯލްކީޕަރު ޓްރެއިނަރު އަސްލަމް އަބްދުލް ރަހީމް ބުނެފިއެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި ކޭމްޕުކުރަން ގައުމީ ޓީމު ފުރާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މި ކޭމްޕް ފުރިހަމަކުރުމަށްފަހު ގައުމީ ޓީމު އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހެވެ.

މި ކޭމްޕްގައި ހަތަރު ގޯލްކީޕަރުން ބައިވެރިކުރާ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް، އަނިޔާގެ ސަބަބުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ޒުވާން ގޯލްކީޕަރު ހުސެއިން ޝަރީފް (ހުސެން) ކޭމްޕުގައި ބައިވެރިވެފައެއް ނުވެއެވެ. ގައުމީ ޓީމުގެ ކޯޗު އިސްމާޢީލް މަހްފޫޒް (އިންމަ ބުނީ) ހުސެން މީގެ ކުރިންވެސް އުޅުނީ އަނިޔާގައި ކަމަށާއި، އެކަމަކު ފަހު ވަގުތާ ހަމައަށްވެސް ހުސެން ޓީމާ ބައިވެރިކުރެވޭތޯ ބެލި ކަމަށެވެ. ނަމަވެސް ކޭމްޕުގައި ބައިވެރިނުވާން ހުސެން ނިންމީ އަމިއްލައަށް ކަމަށްވެސް ވަނީ އިންމަ ވަނީ ބުނެފައެވެ.

އަނިޔާގެ ސަބަބުން ހުސެން ގައުމީ ޓީމުގެ ކޭމްޕުން ބާކީވުމުން، މިހާރު ގަތަރުގައި ކުރިއަށްދާ ކޭމްޕުގައި ބައިވެރިވަމުން އަންނަނީ ތިން ގޯލްކީޕަރުންނެވެ. އެ ތިން ގޯލްކީޕަރުންނަކީ ގައުމީ ޓީމުގެ އެއް ނަންބަރު ގޯލްކީޕަރު މުޙައްމަދު ފައިސަލް އާއި މިދިޔަ ސީޒަނުގައި ކުލަބު ވެލެންސިއާގައި މޮޅު ކުޅުމެއް ދެއްކި ގޯލްކީޕަރު މުޙައްމަދު ޝަފީއު (ޗެކް) އަދި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ޒުވާން ގޯލްކީޕަރު ނާޖިހު އަލީ (ނާޖީ) އެވެ.

ހޯމަ ދުވަހުގެރޭ ގަތަރުގައި ކުރިއަށްގެންދިޔަ ފަރިތަކުރުންތަކަށްފަހު ދިން އިންޓަވިއުއެއްގައި އަސްލަމް ބުނީ މި ފަހަރުގެ ކޭމްޕުގައި މިހާރު ބައިވެރިވަނީ ތިން ގޯލްކީޕަރުން ކަމަށާއި، އެ ތިން ކީޕަރުން 100 އިންސައްތަ ދެމުން އަންނަ ކަމަށެޗެ. އެހެންކަމުން އެ ކީޕަރުންނަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށްވެސް ބުންޏެވެ. އަދި ގޯލްކީޕަރު ކޯޗަކަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ލީގުގައި ކުޅެމުން އައި ކީޕަރުންތަކެއް ތަމްރީނުކުރުން ކަމަށާއި، އަދި މީގެ ކުރީ އަހަރުތަކާ އަޅާކިޔާއިރު ގޯލްކީޕަރުންގެ ފަރާތުން ގައުމީ ޓީމަށް މި ފަހަރު ކަންކަންވެފައި ހުރީ ވަރަށް ރަނގަޅަށް ކަމަށްވެސް އަސްލަމް ވަނީ ބުނެފައެވެ.

ގައުމީ ޓީމުގެ ގޯލްކީޕަރުން ތަމްރީނުކުރުމުގައި އަސްލަމް ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާއިރު، އޭނާގެ އިރުޝާދުތަކުގެ ބޭނުންހިފައި އެންމެ ފަހުން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭން ކާމިޔާބުކުރިއިރު، އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ގޯލްކީޕަރު ފައިސަލް ވަނީ ހޯދާފައެވެ. މިއީ ސާފް ޗެމްޕިއަންޝިޕެއްގައި މޮޅު ކުޅުންތެރިޔާގެ މަގާމު ގޯލްކީޕަރެއް ހޯދި ފުރަތަމަ ފަހަރެވެ.

އަސްލަމް ބުނީ ކުރިން ފަހަރު ފައިސަލް ހޯދި ފަދަ ކާމިޔާބަކަށް މި ފަހަރުވެސް އުއްމީދުކުރުމަށް ސަޕޯޓަރުންގެ ކިބައިން އެދޭ ކަމަށެވެ. އަދި އެ ވަރުގެ ބޮޑު ކާމިޔާބެއް މި ފަހަރުވެސް ފައިސަލް ހޯދާނެކަމުގެ 100 އިންސައްތަ ޔަގީންކަން އޭނާއަށް އެބައޮތް ކަމަށްވެސް އަސްލަމް ވަނީ ބުނެފައެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ޓީމުން ގަތަރުގައި ކޭމްޕުކުރަމުން އަންނައިރު، ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށްވެސް ތައްޔާރުވީ ގަތަރުގައި ކޭމްޕުކޮށްގެންނެވެ. އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބާއްވާއިރު، މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ފަސް ގައުމުގެ މެދުގައި ލީގު އުސޫލުން ކުޅުމަށްފަހު، އެންމެ ގަދަ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ.

ސާފް ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެ ހަވީރު ރާއްޖެ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ދެވަނަ މެޗުގައި އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުގެރޭ ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، ތިންވަނަ މެޗުގައި އެ މަހުގެ 10 ވަނަ ދުވަހުގެ ހަވީރު ރާއްޖެ ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުގެރޭ ރާއްޖެ ނުކުންނާނީ ވާދަވެރި އިންޑިއާއާ ދެކޮޅަށެވެ.

ގައުމީ ފުޓްބޯޅަ ޓީމުސާފް ޗެމްޕިއަންޝިޕް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2025

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި
25 ސެޕްޓެމްބަރު 2025

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2025
ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ
26 އޯގަސްޓު 2024

ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

26 އޯގަސްޓު 2024
ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!
11 ޖޫން 2024

ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

11 ޖޫން 2024
ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ
11 އޮކްޓޯބަރު 2023

ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

11 އޮކްޓޯބަރު 2023
ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!
31 އޯގަސްޓު 2023

ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ

31 އޯގަސްޓު 2023
ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ
01 ޖުލައި 2023

ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް

01 ޖުލައި 2023
ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް
01 ޖުލައި 2023

އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް

01 ޖުލައި 2023
އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް
01 ޖުލައި 2023

އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ

01 ޖުލައި 2023
އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ
01 ޖުލައި 2023

އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި

01 ޖުލައި 2023
އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް