Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ޓީމުގެ ތަމްރީނުތައް

ގައުމީ ޓީމުގެ ތަމްރީނުތައް ގަތަރުގައި ކުރިއަށް

12 ސެޕްޓެމްބަރު 2021 | އާދީއްތަ 11:15

ޓީމުގެ ހުރިހާ ކުޅުންތެރިންނާއި ކޯޗިން ސްޓާފުން ވަނީ ނެގެޓިވްވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 12 ސެޕްޓެމްބަރު 2021 | އާދީއްތަ 11:15
ގައުމީ ޓީމުން ގަތަރުގައި ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން

ގައުމީ ޓީމުން ގަތަރުގައި ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން

ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފުޓްބޯޅަ ޓީމުން ގަތަރުގައި ތަމްރީނުތައް ފަށައިފިއެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން ގަތަރުގައި ކޭމްޕުކުރާއިރު، ގަތަރު ކޭމްޕަށް ގައުމީ ޓީމު ފުރާފައިވަނީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މި ކޭމްޕް ފުރިހަމަކުރުމަށްފަހު ގައުމީ ޓީމު އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ އޯގަސްޓް މަހުގެ 26 ވަނަ ދުވަހު 34 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑަކާއެކު ގައުމީ ޓީމުން ފަރިތަކުރުންތައް ފެށިއިރު، ގަތަރުގައި ކޭމްޕުގައި ބައިވެރިވަނީ 30 ކުޅުންތެރިންނެވެ. ގައުމީ ޓީމު ހުކުރު ދުވަހު ގަތަރަށް ދިޔުމަށްފަހު ސްކޮޑުގައި ހިމެނޭ ހުރިހާ ކުޅުންތެރިންނާއި ކޯޗިން ސްޓާފުން ވަނީ ކޮވިޑް-19 އަށް ޓެސްޓުކޮށްފައެވެ. އަދި އެއަށްފަހު ހޮނިހިރު ދުވަހުގެރޭ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންގެ ނަތީޖާ ނެގެޓިވްކޮށް ލިބުމުން، އެރޭ ވަނީ ފަރިތަކުރުންތައް ފަށާފައެވެ.

ގައުމީ ޓީމުން ގަތަރުގައި ފަރިތަކުރުންތައް ފެށި ނަމަވެސް، ދާދި ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު ގަތަރު ކޭމްޕަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން ފުރާފައެއް ނުވެއެވެ.

މީގެ ކުރިން "ރާއްޖެ.އެމްވީ" އަށް ދިން އިންޓަވިއުއެއްގައި ސުޒޭން ބުނީ ކޮވިޑަށް ޕޮޒިޓިވްވުމުން އޭނާ ދެން ގަތަރު ކޭމްޕަށް ފުރާނީ 14 ދުވަސް ހަމަކުރުމަށްފަހު، ވައިރަހުން ރަނގަޅުވުމުން ކަމަށެވެ. އެއާއެކު ގަތަރު ކޭމްޕުގައި ގައުމީ ޓީމުގެ ކަންކަން ބަލަހައްޓާނީ އެސިސްޓަންޓް ކޯޗު އިސްމާޢީލް މަހްފޫޒް (އިންމަ) އެވެ.

މި ފަހަރުގެ ގަތަރުގައި ކުރިއަށްދާ ކޭމްޕުގައި ގައުމީ ޓީމުން ތަމްރީނު ތިން މެޗެއް ކުޅުމަށް ވަނީ ނިންމާފައެވެ. ކޭމްޕަށް ފުރުމުގެ ކުރިން މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި އިންމަ ބުނީ ގަތަރު ކޭމްޕުގައި ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއް ކުޅުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި، އެގޮތުން ސްރީ ލަންކާގެ ގައުމީ ޓީމާ ދެކޮޅަށް މެޗެއް ކުޅުމަށް މިހާރު އެދިފައިވާ ކަމަށެވެ. އަދި އެ މެޗުގެ އިތުރުން ގަތަރުގެ ދެ ޓީމަކާ ދެކޮޅަށްވެސް މެޗުތައް ކުޅުމަށް މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ވަނީ ބުނެފައެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ޓީމުން ގަތަރުގައި ކޭމްޕުކުރާއިރު، ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށްވެސް ތައްޔާރުވީ ގަތަރުގައި ކޭމްޕުކޮށްގެންނެވެ. އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބާއްވާއިރު، މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ފަސް ގައުމުގެ މެދުގައި ލީގު އުސޫލުން ކުޅުމަށްފަހު، އެންމެ ގަދަ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ.

ގައުމީ ފުޓްބޯޅަ ޓީމުސާފް ޗެމްޕިއަންޝިޕް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2025

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި
25 ސެޕްޓެމްބަރު 2025

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2025
ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ
26 އޯގަސްޓު 2024

ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

26 އޯގަސްޓު 2024
ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!
11 ޖޫން 2024

ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

11 ޖޫން 2024
ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ
11 އޮކްޓޯބަރު 2023

ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

11 އޮކްޓޯބަރު 2023
ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!
31 އޯގަސްޓު 2023

ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ

31 އޯގަސްޓު 2023
ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ
01 ޖުލައި 2023

ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް

01 ޖުލައި 2023
ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް
01 ޖުލައި 2023

އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް

01 ޖުލައި 2023
އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް
01 ޖުލައި 2023

އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ

01 ޖުލައި 2023
އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ
01 ޖުލައި 2023

އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި

01 ޖުލައި 2023
އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް