Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުދިންތަކަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް

ފިޔަވަތީގެ ކުދިންތަކަކަށް އަނިޔާ ކުރިކަމަށް ނުބެލެވޭ، މައްސަލަ ދަނީ ބަލަމުން: ޖެންޑާ މިނިސްޓްރީ

އާއްމުންގެ މީހަކު މައްސަލަ ހުށަހަޅާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 10 ސެޕްޓެމްބަރު 2021 | ހުކުރު 07:21
ހުޅުމާލޭގައި ހުންނަ ފިޔަވަތި،

ހުޅުމާލޭގައި ހުންނަ ފިޔަވަތި،

ހުޅުމާލޭ ފިޔަވަތީގައި އުޅޭ ކުދިންތަކަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ބަލަމުންދާ ކަމަށާއި، މިހާތަނަށް ބެލިބެލުމުން އަނިޔާ ކުރި ކަމަށް ފާހަގަކުރެވިފައިނުވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެއެމްވީއަށް ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަަރު ފާތިމަތު ޔުމްނާ ވިދާޅުވީ ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އަނިޔާކުރާކަމަށް ބުނެ އާއްމުންގެ މީހަކު މައްސަލަ ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލައާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން އެކޭސްއަށް އެޓެންޑް ވެފައިވާ ކަމަށެވެ. އެމައްސަލަ ތަހުގީގު ކުރަމުންދާއިރު، މިހާތަނަށް އަނިޔާކުރި ކަމަށް ނުބެލެވޭ ކަމަށް ޔުމްނާ ވިދާޅުވިއެވެ.

ޔުމްނާ ވިދާޅުވީ މުވައްޒަފުންގެ މައްސަލަތައް ބެލުމަށް ވެސް ޚާއްސަ ކޮމެޓީއެއް އޮންނަ ކަމަށާއި، މުވައްޒަފެއްގެ މައްސަލައެއް ފާހަގަކުރެވިއްޖެނަމަ އެކޮމެޓީން މައްސަލަ ބަލާނެ ކަމަށެވެ. އަނިޔާގެ ފަދަ މައްސަލަތަކުގައި އަމަލުކުރަންޖެހޭ ޚާއްސަ އުސޫލެއް އޮންނަ ކަމަށާއި، މިފަދަ ކަމެއް ކުރިކަން ސާބިތުވާ ހިސާބުން އެމުވައްޒަފަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ޔުމްނާ ވިދާޅުވިއެވެ.

ޔުމްނާ ވިދާޅުވީ ކުދިންގެ ހައްގުތައް ކަށަވަރުކޮށްދިނުމާއި، އެކުދިންނަށް އަމާން ރައްކާތެރި މާހައުލެއް ގާއިމްކޮށް ދިނުމަށް ޚާއްސަ އިސްކަމެއް ދީގެން ޖެންޑާ މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކުއްޖަކަށް އަނިޔާއެއް ލިބިއްޖެކަމުގައިވާނަމަ އެކުދިންނާ ވާހަކަ ދެކެވި، އެކުދިންނަށް ދޭންޖެހޭ ފަރުވާތައް ދޭނެ ކަމަށް ޔުމްނާ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަކީ އެކި ބާވަތްތަކުގެ އަނިޔާ ލިބި، އެ ކަންކަމުގެ އަސަރު މުޅި ދިރިއުޅުމަށް ދެމިގެންދާ ފަދަ ކަންކަން ތަހައްމަލްކުރާ ކުދިން ކަމަށެވެ. އަދި އެ ކަންކަމަކީ ކުއްޖާގެ ނަފްސާނީ ސިއްހަތާ ގުޅިފައިވާ ކަންކަމަށްވާތީ އެ އިހުސާސްތައް އެކި ގޮތްގޮތަށް ބުނެދިނުމަށް މަސައްކަތް ކުރާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މިމަހުގެ 7 ވީ އަންގާރަ ދުވަހުގެ ރޭ ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއެއްގައި، ފިޔަވަތީ ތެރޭގައި ހުރި ކުއްޖަކު "އަނިޔާކުރަނީ" އޭ ބުނާ އަޑު ވެސް އިވެއެވެ. އޭރު އެ ސަރަހައްދަށް ބަޔަކު އެއްވެ ތިއްބެވެ.

ޖެންޑަރ މިނިސްޓްރީ

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''

24 ނޮވެމްބަރު 2025
''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''
28 ސެޕްޓެމްބަރު 2025

މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ

28 ސެޕްޓެމްބަރު 2025
މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ
18 މާރިޗު 2025

ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި

18 މާރިޗު 2025
ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި
09 އޮކްޓޯބަރު 2024

ސިޔާސީ ނިންމުންތަކަށް އެއްބަސްނުވާ ސިވިލް މުވައްޒަފުންނަށް އުދަނގޫތައް ކުރިމަތިކުރުވާ: ސޮބްރީ

09 އޮކްޓޯބަރު 2024
ސިޔާސީ ނިންމުންތަކަށް އެއްބަސްނުވާ ސިވިލް މުވައްޒަފުންނަށް އުދަނގޫތައް ކުރިމަތިކުރުވާ: ސޮބްރީ
04 އޮކްޓޯބަރު 2024

ސޯޝަލް މިނިސްޓްރީން ފެއަރވަލް ޕާޓީތައް ނުބާއްވަން އެންގި އެންގުން އެ މިނިސްޓްރީން ދޮގުކޮށްފި

04 އޮކްޓޯބަރު 2024
ސޯޝަލް މިނިސްޓްރީން ފެއަރވަލް ޕާޓީތައް ނުބާއްވަން އެންގި އެންގުން އެ މިނިސްޓްރީން ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު