Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ޓީމު ގަތަރަށް ފުރުން

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ޓީމު ގަތަރަށް

10 ސެޕްޓެމްބަރު 2021 | ހުކުރު 02:22

ގަތަރުގައި ކޭމްޕުގައި ބައިވެރިވަނީ 30 ކުޅުންތެރިން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 10 ސެޕްޓެމްބަރު 2021 | ހުކުރު 02:22
ގަތަރަށް ފުރި ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން

ގަތަރަށް ފުރި ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން

އަންނަ އޮކްޓޯބަރު މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފުޓްބޯޅަ ޓީމު ގަތަރަށް ފުރައިފިއެވެ.

ގަތަރުގައި ބާއްވާ ކޭމްޕަށް ގައުމީ ޓީމު ފުރާފައިވަނީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މި ކޭމްޕް ފުރިހަމަކުރުމަށްފަހު ގައުމީ ޓީމު އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހެވެ. ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ އޯގަސްޓް މަހުގެ 26 ވަނަ ދުވަހު 34 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑަކާއެކު ގައުމީ ޓީމުން ފަރިތަކުރުންތައް ފެށިއިރު، ގަތަރުގައި ކޭމްޕުގައި ބައިވެރިވަނީ 30 ކުޅުންތެރިންނެވެ.

އެކަމަކު ދާދި ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު ގަތަރު ކޭމްޕަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން ފުރާފައެއް ނުވެއެވެ. މީގެ ކުރިން "ރާއްޖެ.އެމްވީ" އަށް ދިން އިންޓަވިއުއެއްގައި ސުޒޭން ބުނީ ކޮވިޑަށް ޕޮޒިޓިވްވުމުން އޭނާ ދެން ގަތަރު ކޭމްޕަށް ފުރާނީ 14 ދުވަސް ހަމަކުރުމަށްފަހު، ވައިރަހުން ރަނގަޅުވުމުން ކަމަށެވެ. އެއާއެކު ގަތަރު ކޭމްޕުގައި ގައުމީ ޓީމުގެ ކަންކަން ބަލަހައްޓާނީ އެސިސްޓަންޓް ކޯޗު އިސްމާޢީލް މަހްފޫޒް (އިންމަ) އެވެ.

ގަތަރަށް ފުރުމުގެ ކުރިން މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި އިންމަ ބުނީ ކޯޗިން ސްޓާފުންގެ ދަތިތަކެއް ހުރި ނަމަވެސް، ހުރިހާ ކޯޗުންނަށްވެސް ވަރަށް ރަނގަޅަށް މުއާމަލާތް ކުރެވޭނެ ކަމަށެވެ. އަދި ގަތަރު ކޭމްޕް ފުރިހަމަކުރުމަށްފަހު އެނބުރި ރާއްޖެ އަންނައިރު ޓީމު އޮންނާނީ ސާފް ޗެމްޕިއަންޝިޕަށް އެންމެ ފުރިހަމައަށް ތައްޔާރުވެފައި ކަމަށްވެސް ވަނީ ބުނެފައެވެ.

މި ފަހަރުގެ ގަތަރުގައި ކުރިއަށްދާ ކޭމްޕުގައި ގައުމީ ޓީމުން ތަމްރީނު ތިން މެޗެއް ކުޅުމަށް ވަނީ ނިންމާފައެވެ. އިންމަ ބުނީ ގަތަރު ކޭމްޕުގައި ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއް ކުޅުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި، އެގޮތުން ސްރީ ލަންކާގެ ގައުމީ ޓީމާ ދެކޮޅަށް މެޗެއް ކުޅުމަށް މިހާރު އެދިފައިވާ ކަމަށެވެ. އަދި އެ މެޗުގެ އިތުރުން ގަތަރުގެ ދެ ޓީމަކާ ދެކޮޅަށްވެސް މެޗުތައް ކުޅުމަށް މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ވަނީ ބުނެފައެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ޓީމުން ގަތަރުގައި ކޭމްޕުކުރާއިރު، ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށްވެސް ތައްޔާރުވީ ގަތަރުގައި ކޭމްޕުކޮށްގެންނެވެ. އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބާއްވާއިރު، މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ފަސް ގައުމުގެ މެދުގައި ލީގު އުސޫލުން ކުޅުމަށްފަހު، އެންމެ ގަދަ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ.

ގޯލްކީޕަރުން: ހުސެއިން ޝަރީފް (ހުސެން), މުޙައްމަދު ފައިސަލް, މުޙައްމަދު ޝަފީއު (ޗެކް)، އަލީ ނާޖިހު

ޑިފެންޑަރުން: އަޙްމަދު ނޫމާން (ހެލްމެޓް)، ހުސެއިން ސިފާއު ޔޫސުފް (ކުރޯ)، ހައިޝަމް ހަސަން (ބިޑި)، އަލީ ޝާމިސް (ތޮއްޕޭ)، އަކުރަމް އަބްދުލް ޣަނީ (އަކޫ)، ސަމޫހު އަލީ (ސަމުއްޓެ)، އަޙްމަދު އަބްދުﷲ (ލިލީ)، މޫސާ ޔާމީން (ޔާމްބެ)، ގާސިމް ސައްމާމު (ސައްމެ)

މިޑްފީލްޑަރުން: ޔަސްފާދު ހަބީބު (މުލަކޭ)، އަސްހަދު އަލީ (އަޑުބަރޭ)، އިބްރާހިމް އައިސަމް، މުޙައްމަދު އުމެއިރު، ހުސެއިން ނިހާން (ނިހާޓް)، ހަމްޒާ މުޙައްމަދު (ހަމްޕު)، އިސްމާޢީލް އީސަ (މެސީ)، އިބްރާހީމް ވަހީދު ހަސަން (އިއްބެ)

ފޯވާޑުން: ހަސަން ރާއިފް އަޙްމަދު (ހަންނަ)، މުޙައްމަދު ނާއިމް، ހަސަން ނަޒީމް (ޗޯޓު)، އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)، އަސަދުﷲ އަބްދުﷲ (އަސަކޮ)، އަލީ ފާސިރު (ސެންޓޭ)، އަލީ އަޝްފާގު (ދަގަނޑޭ)، ނާއިޒު ހަސަން (ދާދު)، އަލީ ހައިޝަމް (ޗުމްޕު)

ގައުމީ ފުޓްބޯޅަ ޓީމުސާފް ޗެމްޕިއަންޝިޕް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2025

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި
25 ސެޕްޓެމްބަރު 2025

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2025
ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ
26 އޯގަސްޓު 2024

ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

26 އޯގަސްޓު 2024
ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!
11 ޖޫން 2024

ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

11 ޖޫން 2024
ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ
11 އޮކްޓޯބަރު 2023

ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

11 އޮކްޓޯބަރު 2023
ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!
31 އޯގަސްޓު 2023

ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ

31 އޯގަސްޓު 2023
ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ
01 ޖުލައި 2023

ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް

01 ޖުލައި 2023
ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް
01 ޖުލައި 2023

އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް

01 ޖުލައި 2023
އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް
01 ޖުލައި 2023

އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ

01 ޖުލައި 2023
އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ
01 ޖުލައި 2023

އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި

01 ޖުލައި 2023
އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް