Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމޯލްޑިވްސް ލިވިން އެކްސްޕޯ

މޯލްޑިވްސް ލިވިން އެކްސްޕޯ ނޮވެމްބަރު މަހު ބާއްވަނީ

އެސްކްޕޯ އޮންނާނީ ނޮވެމްބަރު 18ން 20ށް ހުޅުމާލެ ސެންޓްރަލް ޕާކުގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 31 އޯގަސްޓު 2021 | އަންގާރަ 08:11
ހައިރައިޒްގެ ފަރާތުންވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު ޕާޓްނަރޝިޕްގައި ސޮއިކޮށްފައި

ހައިރައިޒްގެ ފަރާތުންވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު ޕާޓްނަރޝިޕްގައި ސޮއިކޮށްފައި

ނުވަ ވަނަ މޯލްޑިވްސް ލިވިން އެކްސްޕޯ ނޮވެމްބަރު 18ން 2ށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ އެކްސްޕޯ އިންތިޒާމްކުރާ، ހައިރައިޒް ޕްރައިވެޓް ލިމިޓެޑްއިން ހާމަކޮށްފިއެވެ.

މޯލްޑިވްސް ލިވިން އެކްސްޕޯ 2021 ބޭއްވުމަށްޓަކައި ހައިރައިޒްގެ ފަރާތުންވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އާއެކު ޕާޓްނަރޝިޕްގައި ސޮއިކޮށްފައެވެ. ހައިރައިޒްގެ ފަރާތުން ޕާޓްނަރޝިޕްގައި ސޮއިކުރެއްވީ، ޑިރެކްޓަރ އޮފް ސޭލްސް އެންޑް މާކެޓިން، މަރިޔަމް މާއިޝާ އެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ، އަހުމަދު އާތިފް އެވެ.

2013 ވަނަ އަހަރު ފެށި، މޯލްޑިވްސް ލިވިން އެކްސްޕޯގެ ކާމިޔާބު 8 އެޑިޝަންއަށްފަހު އެކްސްޕޯގެ 9 ވަނަ އެޑިޝަން އިއުލާނު ކުރަމުން ހައިރައިޒްއިން ބުނީ، މި އަހަރުގެ އެކްސްޕޯވެގެންދާނީ ރިއަލް އެސްޓޭޓްގެ ދާއިރާއިން މި ސަރަހައްދުގައި ފާހަގަކޮށްލެވޭ ކުންފުނިތަކާއި، އިމާރާތްތަކާއި ދިރިއުޅުމަށް ބޭނުންވާނެ ޚިދުމަތްތަކާއި އެހެންނިހެން ތަކެތީ ގެ ވިޔަފާރިތައް އެއްތަނަކަށް ގެނެސް އިތުރަށް ފުރިހަމަ ކުރެވިފައިވާ އެކްސްޕޯއެއް ކަމަށެވެ.

ގެދޮރުވެރިކަމާއި ރަށްވެހިކަމުގެ ޒަމާނީ ފެންވަރަށް ތަރައްގީކުރެވެމުންދާ ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި މި އަހަރުގެ ލިވިން އެކްސްޕޯ ބާއްވަން ހަމަޖެހިފައި ވާއިރު، އެކްސްޕޯގެ ޕާޓްނަރުންނާއި، ސްޕޮންސަރުންގެ އެއްބާރުލުމާއެކު މި އަހަރުގެ އެކްސްޕޯގައި އެންމެ އަގުބޮޑު އިމާރާތްތަކުން ފެށިގެން އަގު ހެޔޮ އިމާރާތްތަކާއި ދިރިއުޅުމަށް ބޭނުންވާ ތަފާތު އެކި ތަކެއްޗާއި ޚިދުމަތްތައް އެއްތަނަކުން ދައްކާލެވިގެންދާނެއެވެ. މޯލްޑިވްސް ލިވިން އެކްސްޕޯ އަކީ، ޕަބްލިކޭޝަން އަދި ޕީއާރް ދާއިރާ ގެ އިތުރުން އިވެންޓް މެނޭޖްމެންޓްގެ ދާއިރާއިން ރާއްޖޭގެ އެންމެ ކުރިއަރާފައިވާ އެއް ކުންފުނި ކަމަށްވާ ހައިރައިޒް ޕްރައިވެޓް ލިމިޓެޑްއިން އިންތިޒާމްކޮށް ރާވާ ހިންގާ އިވެންޓެކެވެ.

މޯލްޑިވްސް ލިވިން އެކްސްޕޯ ފާހަގަކޮށްލެވެނީ ފާއިތުވި 8 އަހަރު ލައިފްސްޓައިލް އަދި ރިއަލް އެސްޓޭޓްގެ ދާއިރާއިން ރާއްޖޭގައި ހަމައެކަނި ބާއްވާ އެކްސްޕޯގެ ގޮތުގައެވެ. ލިވިންއެކްސްޕޯގައި އާންމު ފަރާތްތަކަށާއި އިންވެސްޓަރުންނަށް ރިއަލްއެސްޓޭޓް ދާއިރާގެ ތަފާތު އެކި ޕްރޮޖެކްޓްތަކާއި، އިންޓީރިއާ، އެކްސްޓީރިއާގެ އިތުރުން ފައިސާގެ މުއާމަލާތްތައް ގެންދާނެ ގޮތުގެ މައުލޫމާތު އެއްތަނަކުން ލިބިގެންދާނެއެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި އެކްސްޕޯ ވެގެންދާނީ ވިޔަފާރިތަކަށް ބޭނުންވާ އެންމެ އެކަށޭނެ އިންވެސްޓަރުންނާއި އެ ވިޔަފާރިތައް އެއްތަންކުރުވާ ބައްދަލުކޮށްދޭ މެދުވެރިއަކަށެވެ

ހައިރައިޒް ޕްރައިވެޓް ލިމިޓަޑް

އިތުރަށް ކިޔާލަން

16 ސެޕްޓެމްބަރު 2023

ދިޔަނެރު ފަޅާ ގުޅޭގޮތުން މުއިއްޒު ހެއްދެވީ އިތުރުފުޅެއް

16 ސެޕްޓެމްބަރު 2023
ދިޔަނެރު ފަޅާ ގުޅޭގޮތުން މުއިއްޒު ހެއްދެވީ އިތުރުފުޅެއް
26 ފެބުރުއަރީ 2023

އެފްއެންޑްބީ ޝޯ ނިންމާލީ ކާމިޔާބުކަމާއެކު

26 ފެބުރުއަރީ 2023
އެފްއެންޑްބީ ޝޯ ނިންމާލީ ކާމިޔާބުކަމާއެކު
24 ފެބުރުއަރީ 2023

އެފް.އެންޑް.ބީ ޝޯގެ ދެވަނަ ދުވަސް: ތަރުހީބު ބޮޑު!

24 ފެބުރުއަރީ 2023
އެފް.އެންޑް.ބީ ޝޯގެ ދެވަނަ ދުވަސް: ތަރުހީބު ބޮޑު!
23 ފެބުރުއަރީ 2023

އެފްއެންޑްބީ ޝޯގެ 6 ވަނަ އެޑިޝަން ފަށައިފި

23 ފެބުރުއަރީ 2023
އެފްއެންޑްބީ ޝޯގެ 6 ވަނަ އެޑިޝަން ފަށައިފި
18 ޑިސެމްބަރު 2022

10 ވަނަ ލިވިން އެކްސްޕޯ އިން ތަފާތު ފެނުނު، ޓެކްނޮލޮޖީ އާއި ފައިނޭންޝަލް އޮޕްޝަން ތައް ގިނަ - ހައިރައިޒް

18 ޑިސެމްބަރު 2022
10 ވަނަ ލިވިން އެކްސްޕޯ އިން ތަފާތު ފެނުނު، ޓެކްނޮލޮޖީ އާއި ފައިނޭންޝަލް އޮޕްޝަން ތައް ގިނަ - ހައިރައިޒް
17 ޑިސެމްބަރު 2022

5000 ބައިވެރިންނާއެކު، 10 ވަނަ ލިވިންގ އެކްސްޕޯ ކާމިޔާބުކަމާއެކު ނިންމާލައިފި

17 ޑިސެމްބަރު 2022
5000 ބައިވެރިންނާއެކު، 10 ވަނަ ލިވިންގ އެކްސްޕޯ ކާމިޔާބުކަމާއެކު ނިންމާލައިފި
17 ޑިސެމްބަރު 2022

ލިވިންގ އެކްސްޕޯ: "ތަރުހީބު ރަނގަޅު، ކުރިއަށް އޮތް އަހަރުތަކުގައި އެކްސްޕޯ އިތުރަށް ފުރިހަމަވާނެ"

17 ޑިސެމްބަރު 2022
ލިވިންގ އެކްސްޕޯ: "ތަރުހީބު ރަނގަޅު، ކުރިއަށް އޮތް އަހަރުތަކުގައި އެކްސްޕޯ އިތުރަށް ފުރިހަމަވާނެ"
15 ޑިސެމްބަރު 2022

މޯލްޑިވްސް ލިވިންގ އެކްސްޕޯގެ 10 ވަނަ އެޑިޝަން ފަށައިފި

15 ޑިސެމްބަރު 2022
މޯލްޑިވްސް ލިވިންގ އެކްސްޕޯގެ 10 ވަނަ އެޑިޝަން ފަށައިފި
05 ނޮވެމްބަރު 2022

ލިވިންގ އެކްސްޕޯގެ 10 ވަނަ އެޑިޝަން އަންނަ މަހު ބާއްވަނީ

05 ނޮވެމްބަރު 2022
ލިވިންގ އެކްސްޕޯގެ 10 ވަނަ އެޑިޝަން އަންނަ މަހު ބާއްވަނީ
02 ޖޫން 2022

30 އެގްޒަބިޓަރުންނާއެކު، "ފުޑް އެންޑް ބެވަރެޖް ޝޯ"ގެ 5 ވަނަ އެޑިޝަން ފަށައިފި

02 ޖޫން 2022
30 އެގްޒަބިޓަރުންނާއެކު، "ފުޑް އެންޑް ބެވަރެޖް ޝޯ"ގެ 5 ވަނަ އެޑިޝަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު