Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑްރަގް ވިޔަފާރިކުރުން

ޑްރަގް ވިޔަފާރި ކުރާކަމުގެ ތުހުމަތުވާ އިރުފާން ދޫކޮށްލީ ރަނގަޅަށް ނޫންކަމަށް ހައިކޯޓުން ޙުކުމްކޮށްފި

3 އޯގަސްޓު 2023 | ބުރާސްފަތި 07:55

2016 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތި ވިއްކުމާއި އެހެން ކުށްތަކުގެ ތުހުމަތު ކުރެވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 އޯގަސްޓު 2023 | ބުރާސްފަތި 07:55
އިބްރާހީމް އިރުފާން (ހައިވަކަރުގެ / ތ.ވިލިފުށި )

އިބްރާހީމް އިރުފާން (ހައިވަކަރުގެ / ތ.ވިލިފުށި )

ޑްރަގް ވިޔަފާރި ކުރާކަމުގެ ތުހުމަތުވާ އިބްރާހީމް އިރުފާން (ހައިވަކަރުގެ / ތ.ވިލިފުށި) ބަންދުން ދޫކޮށްލީ ރަނގަޅަށް ނޫންކަމަށް ހައިކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި ހިމެނޭ އިބްރާހީމް އިރުފާނަކީ އޭނާއާއި އިތުރުބަޔަކު ބައިވެރިވެގެން މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި 31 މެއި 2023 ގައި ހައްޔަރުކުރި މީހެކެވެ.

Advertisement - newsAdvertisement

އެއަށްފަހު ދެފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރު ކޮށްފައިވާއިރު، ދެވަނަ ފަހަރަށް އިތުރުކުރި މުއްދަތު ހަމަވުމުގެ ކުރިން ދައުލަތުން އަނެއްކާވެސް ވަނީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ ބަންދު ކުރުމަށް އަމުރުކޮށްދިނުމަށް އެދިފައެވެ.

އެއީ އިރުފާނުގެ މައްޗަށް ތުހުމަތުކުރާކުށް އޭނާ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ބަޔާންކޮށެވެ.

އެހެންނަމަވެސް ކޯޓުން ނިންމީ އިބްރާހީމް އިރުފާނު ޝަރުޠެއްނެތި ބަންދުން ދޫކޮށްލުމަށެވެ. ވުމާއެކު، ދައުލަތުން މި މައްސަލަ ހައިކޯޓަށް ހުށައެޅީއެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވީ އަލްއުސްތާޛު މުޙައްމަދު ނިޔާޒް, އަލްއުސްތާޛާ ދީބާނާޒް ފަހުމީ އަދި އަލްއުސްތާޛު އަޙްމަދު ޝަކީލްއެވެ.

ހައިކޯޓުން މި މައްސަލަ ބެލުމަށްފަހު ޙުކުމް ކޮށްފައިވަނީ އޭނާ ދޫކޮށްލުމަށް އޭރު ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާޠިލު ކަމަށާއި، މި މައްސަލައިގައި ކްރިމިނަލް ކޯޓުން އަލުން ގޮތެއް ކަނޑައަޅަންޖެހޭ ކަމަށެވެ.

އޭގެ އިތުރުން، އިބްރާހިމް އިރުފާނުގެ މައްޗަށް ތުހުމަތު ކުރެވުނު މަސްތުވާތަކެތީގެ ކުށް ކުރިކަމަށް ތުހުމަތެއް ވުޖޫދުވާ މިންވަރަށް ހެކި ހުށަހެޅިފައިނެތްކަމަށް ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށާއި، ތުހުމަތު ކުރެވޭ މީހާއާއި ދެކޮޅަށް ހުށަހެޅުނު ހެކި ވަޒަންކުރުމަށްފަހު، މި މަރުޙަލާގައި އެ ހެކިތައް ތަޢުނުކޮށް ފަނޑިޔާރު ނިންމުންތައް ނިންމުމަކ،ީ ކުރެވިދާނެ ކަމެއް ނޫންކަމަށް ހައިކޯޓުގެ ފަނޑިޔާރުން ވިދާޅުވިއެވެ.

ވުމާއެކު، އޭނާ ބަންދު ކުރުމަށް 7 ދުވަހުގެ ތެރޭގައި ކަމާބެހޭ ދަށު ކޯޓަށް ހުށައަޅައިފިނަމަ، ހައިކޯޓުގެ ގަޒިއްޔާގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް އޭނާ ބަންދު ކުރުމާމެދު އަލުން ގޮތެއް ނިންމުމަށް އަންގައި ތިން ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ޙުކުމް ކުރައްވާފައެވެ.

އޭނާއަކީ  ދައުލަތުން ދައުވާކުރާ ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއަކާއި ގުޅިގެން ކޯޓަށް ހާޒިރުވުމަށް ޗިޓު ފޮނުވުމުން ކޯޓަށް ހާޒިރުވާނެކަމުގެ މައުލޫމާތުދީ ތަކުރާރުކޮށް ކޯޓަށް އޮޅުވާލައި، ހުކުމް ކުރުމުގެ އަޑު އެހުމަށް ހާޒިރުވެފައި ނުވާތީއާއި، އޭނާގެ އަމަލުތައް ހުރި ގޮތުން ފިލާފާނެކަމުގެ އިހުތިމާލު އޮތުމުން ފުލުހުންގެ ބަންދުގައި ބައިތިއްބައިގެން 2022 އޮކްޓޯބަރ 04 ވަނަ ދުވަހުގެ 11:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ފުލުހުން ހޯދަން އިއުލާނުކުރި ދެމީހުންގެ ތެރޭގައިވެސް ހިމެނޭ މީހެކެވެ.

އޭގެ އިތުރުން، އޭނާއަކީ 2016 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތި ވިއްކުމާއި އަދި މަސްތުވާ ތަކެއްޗާއި ގުޅުން ހުރި އެހެނިހެން ކުށްތަކުގެ ތުހުމަތުގައި 6 ފަހަރު ހައްޔަރުކޮށް 2  ފަހަރު ބަންދުކޮށްފައިވާ ފަރާތެކެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

27 މެއި 2017

ރަމަޟާން މަހާ ގުޅިގެން އުފެދޭ ކުނި އުކާލުމަކީ ވިޔަފާރިއަކަށް ހަދައިގެން ނުވާނެ: ޝަމާއު

27 މެއި 2017
ރަމަޟާން މަހާ ގުޅިގެން އުފެދޭ ކުނި އުކާލުމަކީ ވިޔަފާރިއަކަށް ހަދައިގެން ނުވާނެ: ޝަމާއު
18 މެއި 2017

ރަމަޟާން މަހުގައި ވިޔަފާރިކުރެވޭނެ ވަގުތުތައް އިކޮނޮމިކް މިނިސްޓްރީ ކަނޑައަޅައިފި

18 މެއި 2017
ރަމަޟާން މަހުގައި ވިޔަފާރިކުރެވޭނެ ވަގުތުތައް އިކޮނޮމިކް މިނިސްޓްރީ ކަނޑައަޅައިފި
22 މާރިޗު 2017

ވިޔަފާރިވެރިންނަށް ފިއްތުމާއި ނުފޫޒް ފޯރުވުން ނިމުމަކަށް އަންނަން ބާކީ އޮތީ ފަސް ދުވަސް: ފާރިސް

22 މާރިޗު 2017
ވިޔަފާރިވެރިންނަށް ފިއްތުމާއި ނުފޫޒް ފޯރުވުން ނިމުމަކަށް އަންނަން ބާކީ އޮތީ ފަސް ދުވަސް: ފާރިސް
21 މާރިޗު 2017

ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު

21 މާރިޗު 2017
ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު
21 މާރިޗު 2017

ސިޔާސީ މަގުސަދު ހާސިލް ކުރުމަށް ވިޔަފާރިތަކަށް ދުއްތުރާ ނުކުރުމަށް އެމްޑީޕީން ގޮވާލައިފި

21 މާރިޗު 2017
ސިޔާސީ މަގުސަދު ހާސިލް ކުރުމަށް ވިޔަފާރިތަކަށް ދުއްތުރާ ނުކުރުމަށް އެމްޑީޕީން ގޮވާލައިފި
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
07 ފެބުރުއަރީ 2017

ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

07 ފެބުރުއަރީ 2017
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް