Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއދ. އޮމަދޫގައި ތުއްތު ކުއްޖަކު ނިޔާވުން

އދ. އޮމަދޫގައި 11 މަހުގެ ކުއްޖަކު މަސް ފެންގަނޑަކަށް ވެއްޓި ނިޔާވެއްޖެ

އެ މައުލޫމާތު ފުލުހުންނަށް ލިބުނީ ހޮނިހިރު ދުވަހުގެ 18:30ގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 އޯގަސްޓު 2021 | ހޮނިހިރު 17:56
އ.ދ އޮމަދޫ- މި ޙާދިސާ ހިނގިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ހޮނިހިރު ދުވަހުގެ 18:30ގައި

އ.ދ އޮމަދޫ- މި ޙާދިސާ ހިނގިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ހޮނިހިރު ދުވަހުގެ 18:30ގައި

އދ. އޮމަދޫގައި 11 މަހުގެ ކުއްޖަކު މަސްފެންގަނޑަކަށް ވެއްޓި ނިޔާވެއްޖެއެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ އދ. އޮމަދޫގެ ގެއެއްގެ ގޯތި ތެރޭގައި ހުރި މަސްފެންގަނޑަކަށް 11 މަހުގެ ފިރިހެން ކުއްޖަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ހޮނިހިރު ދުވަހުގެ 18:30ގައި ލިބުނު ކަމަށެވެ. އަދި އެ ރަށު ސިއްޙީ މަރުކަޒަށް ކުއްޖާ ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ސިއްޙީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

މި ޙާދިސާއާގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި ތަހުގީގު ކުރަމުންދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އެކަމާ ގުޅޭގޮތުން ޖެންޑަރ މިނިސްޓްރީންވެސް ވަނީ މި ހާދިސާ އެއަތޮޅުގެ އެފް.ސީ.އެސް.ސީގެ ސަމާލުކަމަށް އައިސްފައިވާކަން ފާހަގަކޮށް، މި ހާދިސާއާގުޅިގެން ކަމާގުޅުންހުރި ފަރާތްތަކުގެ ހާލަތު ދެނެގަނެ އެފަރާތްތަކަށް ދޭންޖެހޭ އިޖުތިމާޢީ އަޅާލުން ފޯރުކޮށްދިނުމަށް ކުރަންޖެހޭ ކަންކަން، އަތޮޅު އެފް.ސީ.އެސް.ސީ އާއި, ރަށު ކައުންސިލްއާއި, ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސް ގުޅިގެން މިހާރު ފަށާފައިވާކަމަށް ބުނެފައެވެ.

އާއިލާއަށް ކުރިމަތިވެފައިވާ ހިތާމަވެރި މި ވަގުތުގައި، އެންމެހާ ފަރާތްތަކުން ވެސް އާއިލާގެ ކަރާމާތަށް އިޙްތިރާމް ކުރެއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްޕޮލިސް

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2025

911 އަށް ގުޅުމުން 5 ސިކުންތުން ފޯނު ނަގާ ކަމަށް ބުނެ ފުލުހުން ހެދީ ދޮގެއް!

23 ޑިސެމްބަރު 2025
911 އަށް ގުޅުމުން 5 ސިކުންތުން ފޯނު ނަގާ ކަމަށް ބުނެ ފުލުހުން ހެދީ ދޮގެއް!
23 ޑިސެމްބަރު 2025

ގަވާއިދާއި ޚިލާފަށް އެތެރެކޮށްފައި ވަނިކޮށް އަތުލައިގަތް ދުންފަތު ގެ ބާވަތްތަކު ގެ މަގުމަތީ އަގު ހަތް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު!

23 ޑިސެމްބަރު 2025
ގަވާއިދާއި ޚިލާފަށް އެތެރެކޮށްފައި ވަނިކޮށް އަތުލައިގަތް ދުންފަތު ގެ ބާވަތްތަކު ގެ މަގުމަތީ އަގު ހަތް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު!
21 ޑިސެމްބަރު 2025

ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް ދަނީ އިތުރުވަމުން، ބެލެނިވެރިން ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ: ކޮމިޝަނަރ އޮފް ޕޮލިސް

21 ޑިސެމްބަރު 2025
ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް ދަނީ އިތުރުވަމުން، ބެލެނިވެރިން ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ: ކޮމިޝަނަރ އޮފް ޕޮލިސް
17 ޑިސެމްބަރު 2025

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

17 ޑިސެމްބަރު 2025
ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު