Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އަޑޭ ގައުމީ ޓީމަށް ނެގުން

އަޑޭ ހިމެނުމާ މެދު ޖެހިލުންވާންޖެހޭ ކަމެއް ނެތް: ސުޒޭން

އަޑޭ ނެގުމުން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ފާޑުކިޔާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 28 އޯގަސްޓު 2021 | ހޮނިހިރު 10:19
ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ)

ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ)

ގައުމީ ފުޓްބޯޅަ ޓީމުގައި ހުނަރުވެރި މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) ހިމެނުމާ މެދު ޖެހިލުންވާންޖެހޭ އެއްވެސް ކަމެއް ނެތް ކަމަށް ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުރި މިހާރު އުމުރުން 34 އަހަރުގެ އަޑޭ ގައުމީ ޓީމަށް އަލުން ނެގިއިރު، އޭނާ ވަނީ 2018 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ގައުމީ ޓީމުން ރިޓަޔާކޮށްފައެވެ. އެ ފަހަރު އޭނާ ގައުމީ ޓީމުން ރިޓަޔާކުރީ އޭރުގެ ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓުގެ ކުއްލި ނިންމުމަކާ މެދު ހިތްހަމަނުޖެހިގެންނެވެ. އެކަމަކު އަންނަ އޮކްޓޯބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުން އެކުލަވާލި 34 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑުގައި އަޑޭ ވަނީ ހިމަނާފައެވެ.

ގައުމީ ޓީމަށް އަޑޭ ނެގުމުން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެ ނިންމުމަށް ފާޑުކިޔަމުންނެވެ. އެކަމާ ބެހޭގޮތުން ބުރާސްފަތި ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސުޒޭން ބުނީ އަޑޭ ގައުމީ ސްކޮޑުގައި ހިމެނުން ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔާނެ ކަމަށް ބެލެވުނު ކަމަށެވެ. އެކަމަކު އަޑޭ ޓީމުގައި ހުރުމުން ހިތްހަމަނުޖެހުން ފާޅުކޮށްފައި ހުރީ ދެތިން ކުއްޖަކު ކަމަށާއި، ގައުމީ ޓީމުގައި އަޑޭ ހިމެނީ ކޯޗިން ޓީމާ މަޝްވަރާ ކުރުމަށްފަހު ކަމަށްވެސް ބުންޏެވެ.

ސުޒޭން ބުނީ އަޑޭ ގައުމީ ޓީމަށް ނެގުމަށް އޭނާ އެންމެ ފަހުން ފަރިތަކުރި ޓީމު ކަމަށްވާ ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝާޒްލީއާވެސް މަޝްވަރާކުރި ކަމަށެވެ. އަދި އެ ނިންމުން ނިންމީ އޭނާގެ ފިޓްނަސް ރަނގަޅުވުމުން ކަމަށާއި، އެހެންކަމުން އަޑޭ ހިމެނުމާ މެދު ޖެހިލުންވާންޖެހޭ އެއްވެސް ކަމެއް ނެތް ކަމަށްވެސް ސުޒޭން ބުންޏެވެ.

އަޑޭ އަލުން ގައުމީ ޓީމުގައި ހިމެނިއިރު، ގައުމީ ޓީމުން 2007 ވަނަ އަހަރު ޖާގަ ހޯދި އަޑޭ ފާހަގަވެގެން ގޮސްފައިވަނީ ޖެހިލުން ކުޑަ މިޑްފީލްޑަރެއްގެ ގޮތުގައެވެ. އަދި އޭނާ ވަނީ ރާއްޖޭން 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕުގެ ތިންވަނަ ހޯދިއިރު މުހިއްމު ދައުރެއް އަދާކޮށްފައެވެ. މީގެ އިތުރުން އަޑޭ ވަނީ ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ގިނަ މެޗުތަކެއް ކުޅެފައެވެ.

ކުލަބު ގްރީން ސްޓްރީޓްސްއަށް 2018 ވަނަ އަހަރު ކުޅުމަށްފަހު ކަކުލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރުގައި ހުރި އަޑޭ، އެ އަނިޔާއިން ރަނގަޅުވެ އީގަލްސްއާ ގުޅުނީ މިދިޔަ މާޗު މަހުގެ ތެރޭގައި އޭއެފްސީ ކަޕާ ދިމާކޮށެވެ.

އީގަލްސްއަކީ ފުރަތަމަ ޑިވިޝަނުގައި އަޑޭ ކުޅުނު ހަވަނަ ޓީމެވެ. ކުލަބު ވެލެންސިއާއިން ކެރިއަރު ފެށި އަޑޭ ވަނީ ގްރީން ސްޓްރީޓްސްގެ އިތުރުން ވިކްޓަރީ ސްޕޯޓްސް ކުލަބު، ވީބީ އައްޑޫ އެފްސީ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށްވެސް ކުޅެފައެވެ. މީގެ ތެރެއިން ނިއު ރޭޑިއަންޓުން ވަނީ އޭނާގެ ކެޕްޓަންކަމުގެ ދަށުން 2015 ވަނަ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ. އަދި މާޒިޔާއާއެކު އަޑޭ ވަނީ 2014 ވަނަ އަހަރުގެ އެފްއޭ ކަޕާއި، 2016 ވަނަ އަހަރުގެ ދިވެހި ލީގުގެ އިތުރުން 2017 ވަނަ އަހަރުގެ މާލޭ ލީގު ކާމިޔާބުކޮށްފައެވެ.

އަސްހަދު އަލީ (އަޑުބަރޭ)ގައުމީ ފުޓްބޯޅަ ޓީމު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

11 އޮކްޓޯބަރު 2023
ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ

ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ

31 އޯގަސްޓު 2023
ޕެލޭ ސްޓޭޑިއަމް ހުޅުވި މެޗުން ގައުމީ ޓީމަށް މޮޅެއް

ޕެލޭ ސްޓޭޑިއަމް ހުޅުވި މެޗުން ގައުމީ ޓީމަށް މޮޅެއް

28 މެއި 2023
ޤައުމީ ޓީމުގެ ފިޓްނަސް ކޯޗަކަށް މުއީނާ، އަނެއްކާވެސް ތާރީޚުގެ ތެރެއަށް!

ޤައުމީ ޓީމުގެ ފިޓްނަސް ކޯޗަކަށް މުއީނާ، އަނެއްކާވެސް ތާރީޚުގެ ތެރެއަށް!

22 މެއި 2023

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު