Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ޓީމުން ފަރިތަކުރުންތައް ފެށުން

ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުން ފަރިތަކުރުންތައް ފަށައިފި

26 އޯގަސްޓު 2021 | ބުރާސްފަތި 18:44

އަންނަ ސެޕްޓެމްބަރު މަހުގެ ގައުމީ ޓީމުން ގަތަރުގައި ކޭމްޕުކުރާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 26 އޯގަސްޓު 2021 | ބުރާސްފަތި 18:44
ބުރާސްފަތި ދުވަހުގެރޭ ގައުމީ ޓީމުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

ބުރާސްފަތި ދުވަހުގެރޭ ގައުމީ ޓީމުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

އަންނަ އޮކްޓޯބަރު މަހު މާލޭގައި ކުރިއަށްދާ ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަަމަށްވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފުޓްބޯޅަ ޓީމުން ބުރާސްފަތި ދުވަހުގެރޭ ފަރިތަކުރުންތައް ފަށައިފިއެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުމުގެ ގޮތުން ގައުމީ ޓީމުން ބުރާސްފަތި ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ފަރިތަކުރުންތައް ފެށިއިރު، މި ފަހަރުގެ މުބާރާތާ ރާއްޖެ ކުރިމަތިލާނީ މުޅިން ދިވެހި ކޯޗުންގެ ޓީމަކާއެކުއެވެ. އެގޮތުން ގައުމީ ޓީމުން މިހާރު ވަނީ ކޯޗުގެ މަގާމުގައި މީގެ ކުރިން ހުރި ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ އެއްބަސްވުން އުވާލައި، ރާއްޖޭގެ އެންމެ ކާމިޔާބު ކޯޗު އަލީ ސުޒޭނަށް އެ ޒިންމާ ހަވާލުކޮށްފައެވެ. އަދި އެފްއޭއެމުން ވަނީ އެސިސްޓަންޓް ކޯޗުންގެ ގޮތުގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ ކުރީގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) އާއި، ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުޙައްމަދު ހަމަޖައްސާފައެވެ.

ބުރާސްފަތި ދުވަހުގެރޭ ގައުމީ ޓީމުން ފަރިތަކުރުންތައް ފަށާފައިވަނީ 34 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑަކާއެކުއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށްގެންދިޔަ މި ފަރިތަކުރުންތައް ފެށުމުގެ ކުރިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ ބައްދަލުކޮށް ހިތްވަރުދީފައެވެ.

ގައުމީ ޓީމުން މާލޭގައި ފަރިތަކުރުންތައް ކުރިއަށްގެންދާއިރު، އަންނަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ގައުމީ ޓީމުން ގަތަރުގައި ކޭމްޕުކުރާނެއެވެ. އަދި މި ކޭމްޕުގައި ގައުމީ ޓީމުން ހަތަރު ވަރަކަށް މެޗު ކުޅެން ހަމަޖެހިފައިވާ ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ޓީމުން ގަތަރުގައި ކޭމްޕުކުރާއިރު، ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށްވެސް ތައްޔާރުވީ ގަތަރުގައި ކޭމްޕުކޮށްގެންނެވެ.

އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބާއްވާއިރު، މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ފަސް ގައުމުގެ މެދުގައި ލީގު އުސޫލުން ކުޅުމަށްފަހު، އެންމެ ގަދަ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެ ހަވީރު ރާއްޖެ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ދެވަނަ މެޗުގައި އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުގެރޭ ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، ތިންވަނަ މެޗުގައި އެ މަހުގެ 10 ވަނަ ދުވަހުގެ ހަވީރު ރާއްޖެ ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުގެރޭ ރާއްޖެ ނުކުންނާނީ ވާދަވެރި އިންޑިއާއާ ދެކޮޅަށެވެ.

ގައުމީ ފުޓްބޯޅަ ޓީމު

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2025

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި
11 އޮކްޓޯބަރު 2023

ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

11 އޮކްޓޯބަރު 2023
ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!
31 އޯގަސްޓު 2023

ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ

31 އޯގަސްޓު 2023
ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ
28 މެއި 2023

ޕެލޭ ސްޓޭޑިއަމް ހުޅުވި މެޗުން ގައުމީ ޓީމަށް މޮޅެއް

28 މެއި 2023
ޕެލޭ ސްޓޭޑިއަމް ހުޅުވި މެޗުން ގައުމީ ޓީމަށް މޮޅެއް
22 މެއި 2023

ޤައުމީ ޓީމުގެ ފިޓްނަސް ކޯޗަކަށް މުއީނާ، އަނެއްކާވެސް ތާރީޚުގެ ތެރެއަށް!

22 މެއި 2023
ޤައުމީ ޓީމުގެ ފިޓްނަސް ކޯޗަކަށް މުއީނާ، އަނެއްކާވެސް ތާރީޚުގެ ތެރެއަށް!
21 މެއި 2023

ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް ޕްރެކްޓިސް ފަށައިފި

21 މެއި 2023
ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް ޕްރެކްޓިސް ފަށައިފި
15 މާރިޗު 2023

ރާއްޖެ – ޕާކިސްތާން ފުޓްބޯޅަ މެޗު ލ. ގަމުގައި

15 މާރިޗު 2023
ރާއްޖެ – ޕާކިސްތާން ފުޓްބޯޅަ މެޗު ލ. ގަމުގައި
04 އޮކްޓޯބަރު 2022

ކުރެއަދޫގައި ކުޅުނު މެޗުގެ ފައިސާ ބަހާފައި ނުވަނީ ވިލާއިން ދޭން ނިންމި ފައިސާ ނުދޭތީ: އެފްއޭއެމް

04 އޮކްޓޯބަރު 2022
ކުރެއަދޫގައި ކުޅުނު މެޗުގެ ފައިސާ ބަހާފައި ނުވަނީ ވިލާއިން ދޭން ނިންމި ފައިސާ ނުދޭތީ: އެފްއޭއެމް
02 އޮކްޓޯބަރު 2022

ސިމާއޯ ރުޅި ގަދަވަނީ ކޯޗަށް އޭނާގެ ބޭނުން ކެނޑުމުން: ޖަވާ

02 އޮކްޓޯބަރު 2022
ސިމާއޯ ރުޅި ގަދަވަނީ ކޯޗަށް އޭނާގެ ބޭނުން ކެނޑުމުން: ޖަވާ
11 ސެޕްޓެމްބަރު 2022

ރާއްޖޭގެ ސެމީ ފައިނަލު ކުޅުމުގެ ހުވަފެން ފެނަށް

11 ސެޕްޓެމްބަރު 2022
ރާއްޖޭގެ ސެމީ ފައިނަލު ކުޅުމުގެ ހުވަފެން ފެނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް