Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެދު ޒިޔާރަތް އާބާތުރަފިލުވުން

މެދުޒިޔާރަތަށް ގެއްލުން ލިބެމުންދާތީ އެތަނުގައި ހުރި ބޮޑު ގަސް ނަގަނީ

26 އޯގަސްޓު 2021 | ބުރާސްފަތި 14:28

ބޮޑު ދިދަ ދަނޑީގެ ބުޑުގަނޑަށް ގަހުގެ މޫތައް ވަނީ ވަދެފައި

އަމްނާ އިމާދު
އަމްނާ އިމާދު | 26 އޯގަސްޓު 2021 | ބުރާސްފަތި 14:28
މެދުޒިޔާރާތުގައި ހުރި ގަސް،

މެދުޒިޔާރާތުގައި ހުރި ގަސް،

މާލޭ މެދުޒިޔާރާތަށް ގެއްލުން ލިބެމުންދާތީ، އެތަނުގައި ހުރި ބޮޑު ގަސް ނަގަން ނިންމައިފިއެވެ.

މެދުޒިޔާރާތުގެ އާބާތުރަފިލުވުމުގެ މަސައްކަތް ކުރަމުންދާތީ ބުރާސްފަތި ދުވަހު އެމަސައްކަތްތައް ކުރިއަށްދާ ގޮތް ނޫސްވެރިންނަށް ވަނީ ދައްކާލާފައެވެ. މަސައްކަތްތަކާއި ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހެރިޓޭޖް މިނިސްޓްރީގެ ސީނިއާ އެގްޒެކަޓިވް ޑިރެކްޓަރު، މުހައްމަދު ނާޒިމް ވިދާޅުވީ މެދުޒިޔާރާތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް އަބަދުވެސް ކުރާ ކަމަށެވެ. ނަމަވެސް ކޮވިޑް-19އާ ގުޅިގެން މަސައްކަތްތައް މެދުކެނޑުނުކަން އޭނާ ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

އާބާތުރަފިލުވުމުގެ މަސައްކަތަށް ގާތްގަނޑަކަށް 13 ދުވަސްވެފައިވާކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ ފާރު ވަށައި އުވަހާކާފައިވާ ކަމަށާއި، އިތުރަށް ރީތިކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ މެދުޒިޔާރާތުގައި ހުރި ބޮޑު ގަހުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށާއި، އެތަނުގައި ހުރި ބޮޑު ދިދަ ދަނޑީގެ ބުޑުގަނޑަށް ގަހުގެ މޫތައް ވަދެފައިވާ ކަމަށެވެ. ގަސް ކަނޑާލަން ނިންމީ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށްފަހު ކަމަށާއި ގަހުގެ މޫތައް މުޅި މެދުޒިޔާރާތަށް ފެތުރިފައިވާތީ އެ ގަސް ނަގަން ޖެހޭނީ ބުރިބުރި ކޮށްލައިގެން ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

މެދުޒިޔާރާތުގައި ހުރި ހަކާލުވެފައިވާ ބައިތައް ބަދަލުކޮށް އާބާތުރަފިލުވުމުގެ މަސައްކަތްތައް ކުރަމުންދަނީ ސްޓެލްކޯއާއި ގުޅިގެންނެވެ. އެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މާލޭ މެދުޒިޔާރަތަކީ ރާއްޖެއަށް އިސްލާމްދީނުގެ އަލިކަން ގެނެސްދެއްވި ފާރިސްކަރައިގެ ތަބްރޭޒަށް ނިސްބަތްވެވަޑައިގަންނަވާ ޔޫސުފް ތަބްރޭޒީގެފާނު ފަސްދާނުލެވިފައިވާ ޒިޔާރަތެވެ. ތަންކޮޅެއްފަހުން އެބޭކަލަކީ މަޣުރިބުކަރައިގެ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީ ކަމަށްވެސް ބައެއް މީހުން ކިޔައެވެ. ރާއްޖެއަށް އިސްލާމްދީން ތައާރަފްވީ މީލާދީން 1153 ވަނަ އަހަރުއެވެ.

ހެރިޓޭޖް މިނިސްޓްރީމެދު ޒިޔާރަތް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2025

މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!

29 އޮކްޓޯބަރު 2025
މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!
20 އޮކްޓޯބަރު 2025

ދާރުލްއާސާރުގެ ދޮރުމަތީގައި ސަތަރިއަޅައި ބަންދުކޮށްފައި ވަނީ ކޮން ބައެއް ކަމެއް އެނގިވަޑައިނުގަންނަވާ: މިނިސްޓަރު އާދަމް ނަސީރު

20 އޮކްޓޯބަރު 2025
ދާރުލްއާސާރުގެ ދޮރުމަތީގައި ސަތަރިއަޅައި ބަންދުކޮށްފައި ވަނީ ކޮން ބައެއް ކަމެއް އެނގިވަޑައިނުގަންނަވާ: މިނިސްޓަރު އާދަމް ނަސީރު
30 އެޕްރީލު 2025

ޅެމުން ފަރުވާ ދިނުމާ ގުޅޭގޮތުން ފުލުހުން ގައުމިއްޔަތު މިނިސްޓްރީއާއެކު މަޝްވަރާކޮށްފި

30 އެޕްރީލު 2025
ޅެމުން ފަރުވާ ދިނުމާ ގުޅޭގޮތުން ފުލުހުން ގައުމިއްޔަތު މިނިސްޓްރީއާއެކު މަޝްވަރާކޮށްފި
16 އެޕްރީލު 2025

ދިވެހި ބަހުން ވާހަކަ ދެއްކެވިއިރު ވެސް ހެރިޓޭޖް މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތައް ސާފެއް ނުވޭ: މެންބަރު ޒިޔާދު

16 އެޕްރީލު 2025
ދިވެހި ބަހުން ވާހަކަ ދެއްކެވިއިރު ވެސް ހެރިޓޭޖް މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތައް ސާފެއް ނުވޭ: މެންބަރު ޒިޔާދު
25 އެޕްރީލު 2024

އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރަނީ ތިން ރަށެއްގައި، ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

25 އެޕްރީލު 2024
އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރަނީ ތިން ރަށެއްގައި، ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
04 ފެބުރުއަރީ 2024

އާސާރީ ބައެއް ތަންތަން ބެލެހެއްޓުމަށް، ސްޓެލްކޯއާ ހެރިޓޭޖް މިނިސްޓްރީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

04 ފެބުރުއަރީ 2024
އާސާރީ ބައެއް ތަންތަން ބެލެހެއްޓުމަށް، ސްޓެލްކޯއާ ހެރިޓޭޖް މިނިސްޓްރީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި
24 އޮކްޓޯބަރު 2023

އެފްއެސްއެމް އިން ލިޔެކިޔުންތައް ނައްތާލި މައްސަލަ އަރުޝީފުން ފުލުހަށް ހުށަހަޅަނީ

24 އޮކްޓޯބަރު 2023
އެފްއެސްއެމް އިން ލިޔެކިޔުންތައް ނައްތާލި މައްސަލަ އަރުޝީފުން ފުލުހަށް ހުށަހަޅަނީ
27 އޮކްޓޯބަރު 2022

އާސާރުތައް ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތްތަކަށް ފަހިވެގެންދިޔައީ ސަރުކާރުން އެކަމަށްދިން ސަމާލުކަމުގެ ސަބަބުން: މިނިސްޓްރީ

27 އޮކްޓޯބަރު 2022
އާސާރުތައް ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތްތަކަށް ފަހިވެގެންދިޔައީ ސަރުކާރުން އެކަމަށްދިން ސަމާލުކަމުގެ ސަބަބުން: މިނިސްޓްރީ
21 އެޕްރީލު 2022

އެންމެ ލަސްވެގެން ޖުލައި މަހުގެ ކުރީކޮޅު އޮލިމްޕަހުގެ ޚިދުމަތް ދޭންފަށާނެ

21 އެޕްރީލު 2022
އެންމެ ލަސްވެގެން ޖުލައި މަހުގެ ކުރީކޮޅު އޮލިމްޕަހުގެ ޚިދުމަތް ދޭންފަށާނެ
01 ނޮވެމްބަރު 2021

އައްޑޫ ކޯގަންނު ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް މަސައްކަތް ކުރަނީ

01 ނޮވެމްބަރު 2021
އައްޑޫ ކޯގަންނު ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް މަސައްކަތް ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް