Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަޟްހާ އީދު ފާހަގަކުރުން

އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރަނީ ތިން ރަށެއްގައި، ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

25 އެޕްރީލު 2024 | ބުރާސްފަތި 08:04

އީދު ފާހަގަކުރާނެ ރަށެއް ކަނޑައެޅުމުގައި އަގެއް ނުނަގާ އެރަށަކުން ކޮށްދޭނެ ކަންތައްތަކުގެ މައްޗަށް ބަލާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 25 އެޕްރީލު 2024 | ބުރާސްފަތި 08:04
ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން ބޭއްވި މާލި ކުޅިވަރުގެ ތެރެއިން- ފައިލް ފޮޓޯ

ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން ބޭއްވި މާލި ކުޅިވަރުގެ ތެރެއިން- ފައިލް ފޮޓޯ

މި އަހަރުގެ އަޟްހާ އީދު ކުލަ ގަދަކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ތިން ރަށެއްގައި ކަމަށާއި ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބުރާސްފަތި ދުވަހު މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖުން ބުނީ އެ މިނިސްޓްރީއާ ގުޅިގެން މިއަހަރުގެ އަޟްހާ އީދު ފާހަގަ ކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

ހުށަހަޅާ ޕްރޮޕޯޒަލްތަކުގެ ތެރެއިން އަޟްހާ އީދު ފާހަގަކުރާނެ ރަށެއް ކަނޑައެޅުމުގައި ބަލާނީ އަޟްހާ އީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި ކައުންސިލުން ކުރާނެ ޚަރަދުތަކާއި އަދި އަގެއް ނުނަގާ އެރަށަކުން ކޮށްދޭނެ ކަންތައްތަކުގެ މައްޗަށް ބަލައިގެން ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ މިއަހަރު އަޟްހާ އީދު ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ތިން ރަށެއްގައި ކަމަށެވެ.

އެގޮތުން ތިން ރަށެއް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ހުށަހަޅާ ޕްރޮޕޯސަލްތައް މިނިސްޓްރީގެ ފަރާތުން ބެލުމަށްފަހު އެންމެ ރަނގަޅު ތިން ޕްރޮޕޯސަލެއް ހުށަހަޅާ ތިން ރަށެއްގައި ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މިނިސްޓްރީއާ ގުޅިގެން އަތޮޅުގެ އެއްވެސް ރަށަކުން މިއަހަރުގެ އަޟްހާ އީދު ފާހަގަ ކުރުމަށް ބޭނުންވާނަމަ، އެ ރަށްރަށުން ޕްރޮޕޯޒަލް ތައްޔާރުކުރުމަށްފަހު 9 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ޕްރޮޕޯޒަލް އީމެއިލް ކުރަންޖެހޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

އީމެއިލް ކުރާނީ events@mdlch.gov.mv އަށެވެ. އަދި މިކަމުގައި މިނިސްޓްރީގެ ފަރާތުން ވިލަރެސް ވެރިއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މިނިސްޓްރީގެ އިވެންޓްސް އެންޑް އައުޓްރީޗު ސެކްޝަންގެ ޑެޕިއުޓީ ޑިރެކްޓަރު އައްބާސް މުހައްމަދު އެވެ. އަދި 7699595 މި ނަންބަރަށް ގުޅައިގެން އެހީތެރިކަން ހޯދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ އަޟްހާ އީދު ދުވަހަކީ 17 ޖޫން 2024 އެވެ.

އަޟްހާ އީދުހެރިޓޭޖް މިނިސްޓްރީ

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2025

މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!

29 އޮކްޓޯބަރު 2025
މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!
20 އޮކްޓޯބަރު 2025

ދާރުލްއާސާރުގެ ދޮރުމަތީގައި ސަތަރިއަޅައި ބަންދުކޮށްފައި ވަނީ ކޮން ބައެއް ކަމެއް އެނގިވަޑައިނުގަންނަވާ: މިނިސްޓަރު އާދަމް ނަސީރު

20 އޮކްޓޯބަރު 2025
ދާރުލްއާސާރުގެ ދޮރުމަތީގައި ސަތަރިއަޅައި ބަންދުކޮށްފައި ވަނީ ކޮން ބައެއް ކަމެއް އެނގިވަޑައިނުގަންނަވާ: މިނިސްޓަރު އާދަމް ނަސީރު
07 ޖޫން 2025

އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކުގައި ދުއްވައިގެން 11 މީހަކު ޖޫރިމަނާ ކޮށްފި

07 ޖޫން 2025
އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކުގައި ދުއްވައިގެން 11 މީހަކު ޖޫރިމަނާ ކޮށްފި
05 ޖޫން 2025

އަޟްޙާ ޢީދު: ދުނިޔެމަތީގައި ﷲ ލެއްވި އެންމެ މާތް އަދި މަތިވެރި އެއް ދުވަސް!

05 ޖޫން 2025
އަޟްޙާ ޢީދު: ދުނިޔެމަތީގައި ﷲ ލެއްވި އެންމެ މާތް އަދި މަތިވެރި އެއް ދުވަސް!
05 ޖޫން 2025

އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ

05 ޖޫން 2025
އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ
04 ޖޫން 2025

އީދު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފި

04 ޖޫން 2025
އީދު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފި
30 އެޕްރީލު 2025

ޅެމުން ފަރުވާ ދިނުމާ ގުޅޭގޮތުން ފުލުހުން ގައުމިއްޔަތު މިނިސްޓްރީއާއެކު މަޝްވަރާކޮށްފި

30 އެޕްރީލު 2025
ޅެމުން ފަރުވާ ދިނުމާ ގުޅޭގޮތުން ފުލުހުން ގައުމިއްޔަތު މިނިސްޓްރީއާއެކު މަޝްވަރާކޮށްފި
16 އެޕްރީލު 2025

ދިވެހި ބަހުން ވާހަކަ ދެއްކެވިއިރު ވެސް ހެރިޓޭޖް މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތައް ސާފެއް ނުވޭ: މެންބަރު ޒިޔާދު

16 އެޕްރީލު 2025
ދިވެހި ބަހުން ވާހަކަ ދެއްކެވިއިރު ވެސް ހެރިޓޭޖް މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތައް ސާފެއް ނުވޭ: މެންބަރު ޒިޔާދު
07 ޖޫން 2024

މިމަހުގެ 20 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސް ހަމަޖައްސަވައިފި

07 ޖޫން 2024
މިމަހުގެ 20 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސް ހަމަޖައްސަވައިފި
04 ފެބުރުއަރީ 2024

އާސާރީ ބައެއް ތަންތަން ބެލެހެއްޓުމަށް، ސްޓެލްކޯއާ ހެރިޓޭޖް މިނިސްޓްރީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

04 ފެބުރުއަރީ 2024
އާސާރީ ބައެއް ތަންތަން ބެލެހެއްޓުމަށް، ސްޓެލްކޯއާ ހެރިޓޭޖް މިނިސްޓްރީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް