Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގައުމީ ދާރުލްއާސާރު

ދާރުލްއާސާރުގެ ދޮރުމަތީގައި ސަތަރިއަޅައި ބަންދުކޮށްފައި ވަނީ ކޮން ބައެއް ކަމެއް އެނގިވަޑައިނުގަންނަވާ: މިނިސްޓަރު އާދަމް ނަސީރު

މެންބަރު ނާޒިލްގެ ގިނަ ސުވާލުތަކަށް ސީދާ ޖަވާބު ދެއްވާފައިނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 20 އޮކްޓޯބަރު 2025 | ހޯމަ 06:16
ގައުމީ ދާރުލްއާސާރު ދޮރުމަތީގައި ސަތަރިއަޅާ ބަންދުކޮށްފައި

ގައުމީ ދާރުލްއާސާރު ދޮރުމަތީގައި ސަތަރިއަޅާ ބަންދުކޮށްފައި

ގައުމީ ދާރުލްއާސާރުގެ ދޮރުމަތީގައި ސަތަރިއަޅައި ބަންދުކޮށްފައިވަނީ ކޮން ބައެއް ކަމަށް އެނގިވަޑައިނުގަންނަވާ ކަމަށް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު ވިދާޅުވެއެއްޖެއެވެ.

ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވަނީ ތަކުރާރުކޮށް، ގައުމީ ދާރުލްއާސާރުގެ ދޮރުމަތީގައި ސަތަރިއަޅައިފައިވާތީ އެކަމާ ގުޅޭގޮތުން ތަކުރާރުކޮށް ސުވާލު ކުރައްވާފައެވެ. ގިނަ ސުވާލުތަކަށް ސީދާ ޖަވާބު ނުދެއްވައި، މިނިސްޓަރު އާދަމް ނަސީރު ވީދާޅުވެފައިވަނީ އެ މަސައްކަތް ކޮށްފައިވަނީ ހެރިޓޭޖް މިނިސްޓްރީން ނޫން ކަަމަށެވެ.

Advertisement - newsAdvertisement

ދާރުލްއާސާރު ދޮރުމަތީގައި ސަތަަރި އަޅައި ކުރަމުންދާ މަސައްކަތް ސާފުކޮށް ނުދިނުމާއި ގުޅިގެން ރައްޔިތުން މަޖިލީހުގައި ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ވަނީ އެމަސައްކަތް ކުރަނީ ކޮންބައެއްކަން މިނިސްޓަރު އާދަމް ނަސީރަށް އެނގިލައްވާތޯ ސުވާލު ކުރައްވާފައެވެ.

މިސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އާދަމް ނަސީރު ވިދާޅުވީ، ގައުމީ ދާރުލްއާސާރުގެ ދޮރުމަތީގައި ސަތަރި ދަމާފައި ހުރީ ކޮންބައެއް، ކިހިނެތްތޯ ބަލާލަންޖެހޭ ކަމަށެވެ.

ގައުމީ ދާރުލްއާސާރުގެ ދޮރުމަތީގައި ސަތަރި ދަމާފައި ހުރީ ކޮންބައެއް ކިހިނެތްތޯ އަޅުގަނޑު ޖެހޭނީ ބަލާލަން. މި ވުޒާރާއިން އަދި ސަރުކާރުގެ އެހެން ވުޒާރާއަކުން ވެސް ނޫން އަޅުގަނޑަށް ޔަގީން އެނގޭތޯ. އެއީ ކަށަވަރު ކަމެއް. ދެން ދެވަނަ ކަމަކީ ކުރިން ވެސް އަޅުގަނޑު ދަންނަވާލިހެން މަރާމާތާ ތަރައްގީއަށް ކުރަންޖެހޭ މަސައްކަތްތަކަކީ ކުރަމުންދާނެ މަސައްކަތްތަކެއް.
ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު

މިނިސްޓަރު އާދަމް ނަސީރު ވިދާޅުވީ، ދާރުލްއާސާރުގެ ކުރިމަތީގައި އޮތް ސަރަހައްދު ރަނގަޅު ގޮތުގައި ބޭނުންކުރުމަކީ ދާރުލްއާސާރަށްށާއި، މިނިސްޓްރީއަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެކަން އެގޮތަށް ކުރަން ބޭނުންވާ ކަމަށެވެ.

ގައުމީ ދާރުލްއާސާރު ދޮރުމަތީގައި ސަތަރިއަޅާ ބަންދުކޮށްފައި
ގައުމީ ދާރުލްއާސާރު ދޮރުމަތީގައި ސަތަރިއަޅާ ބަންދުކޮށްފައި

ގައުމީ ދާރުލްއާސާރުގެ ދޮރުމަތީގައި ސަތަރިއަޅައި ބަންދުކޮށްފައިވަނީ ކޮން ބައެއް ކަމަށް އެނގިވަޑައިނުގަންނަވާ ކަމަށް މިނިސްޓަރު އާދަމް ނަސީރު ވިދާޅުވެފައިވާއިރު، އެސަރަހައްދުގައި ސަތަރި އަޅައި ބަންދުކޮށްފައި ހުންނަތާ ގާތްގަނޑަކަށް ވަނީ އަހަރު ދުވަސްވެފައެވެ.

އާދަމް ނަސީރުއިބްރާހިމް ނާޒިލްހުސެއިން ސަމީރުހެރިޓޭޖް މިނިސްޓްރީރައްޔިތުންގެ މަޖިލިސްގައުމީ ދާރުލް އާސާރު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު